logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފި

އަބްދުﷲ ޣާނިމް
1 ފެބްރުއަރީ 2026 - 16:23
ޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފި

ސްޕެނިޝް ލަލީގާގައި މިރޭ ކުޅުނު ފޯރިގަދަ މެޗުގައި ކީލިއަން އެމްބާޕޭ މެޗުގެ 100 ވަނަ މިނެޓުގައި ކާމިޔާބުކުރި ޕެނަލްޓީއާއެކު ރެއާލް މެޑްރިޑުން 2-1 އިން ރަޔޯ ވަޔެކާނޯ ބަލިކޮށްފިއެވެ. ސެންޓިއާގޯ ބާނަބިއު ކްލަބްގައި ކުޅުނު މި މެޗު ރަޔޯ ވަޔެކާނޯއިން ނިންމާލީ އެ ޓީމުގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދެއްކުމުން ނުވަ ކުޅުންތެރިންނާއެކުގައެވެ.

މެޗުގެ ފުރަތަމަ ލަނޑު 15 ވަނަ މިނެޓުގައި ރެއާލް މެޑްރިޑަށް ކާމިޔާބުކޮށްދިނީ ވިނީޝިއަސް ޖޫނިއާ އެވެ. އޭނާ ވަނީ އޭރިއާ ތެރެއަށް ވަދެ ހިތްގައިމު ހަމަލާއެއް ގޯލުގެ މަތީ ކަނަށް ފޮނުވާލައިފައެވެ. ނަމަވެސް، މެޗުގެ ކުރީކޮޅު ރެއާލްގެ މުހިންމު ކުޅުންތެރިޔާ ޖޫޑް ބެލިންގްހަމްއަށް އަނިޔާވެގެން ބަދަލުކުރަން ޖެހުމަކީ އެ ޓީމަށް ކުރިމަތިވި ގޮންޖެހުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރަޔޯ ވަޔެކާނޯއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ ހޯޖޭ ޑި ފްރުޓޯސް ކާމިޔާބުކުރި ލަނޑުންނެވެ. އޭނާ މި ލަނޑު ޖެހީ އަލްވާރޯ ގާސިއާ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މެޗުގެ ފޯރިގަދަވެގެން ދިޔައިރު، ރަޔޯގެ ޕާތޭ ސިސްއަށް ވަނީ ސެބާޔޮސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން މެޗުގެ ފަހު 10 މިނެޓަށް ވީއިރު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ.

މެޗުގެ އެންމެ ފަހު ވަގުތުކޮޅުގެ ތެރޭގައި ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނީ ރަޔޯގެ ނޯބެލް މެންޑީ ބްރަހިމް ޑިއާޒްއަށް ކުރި ފައުލަކާ ގުޅިގެންނެވެ. މި ޕެނަލްޓީ އެމްބާޕޭ ކާމިޔާބުކުރިއިރު، މިއީ މި ސީޒަނުގައި އޭނާ ލަލީގާގައި ޖެހި 22 ވަނަ ލަނޑެވެ. މެޗުގެ ފަހު ސިކުންތުކޮޅުގައި ރަޔޯގެ ޕެޕް ޗަވަރިއާއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދެއްކުމުން އެ ޓީމުގެ ކުޅުންތެރިންގެ އަދަދު ނުވަޔަކަށް މަދުވިއެވެ.

މި މޮޅާއެކު ރެއާލް މެޑްރިޑް މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށްވުރެ އެންމެ ޕޮއިންޓެއް ފަހަތުގައެވެ. މެޗަށްފަހު ވާހަކަދައްކަމުން ތަޖުރިބާކާރުން ފާހަގަކުރި ގޮތުގައި، އެމްބާޕޭއަށް ބައެއް ރަނގަޅު ފުރުސަތުތައް ގެއްލުނު ނަމަވެސް، ޕެނަލްޓީ ޖެހުމުގައި އޭނާ ދައްކަމުންދާ އިތުބާރަކީ ރެއާލްއަށް ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕެނަލްޓީ އެފްސީ އަނެއްކާވެސް ޕެނަލްޓީގެ ބާރުގައި ފަހުވަގުތު މޮޅުވެ ބާސާއަށް ޕްރެޝަރުކޮށްފިކުޅިވަރު | 2 ގަޑިއިރު ކުރިންރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒާ ދެކޮޅަށް ސަޕޯޓަރުން ވަރުގަދަ މުޒާހަރާއެއް ރާވަނީކުޅިވަރު | ދުވަހެއް ކުރިންފަހުސިކުންތުގައި ގޯލުކީޕަރު ބޮލުންޖެހި ގޯލާއެކު ރެއާލް ބޮޑު ބައްޔަަކުން ބަލިކޮށް ބެންފީކާ ޕްލޭއޮފްގެ ޖާގައެއް ހޯދައިފިކުޅިވަރު | 4 ދުވަސް ކުރިންވިލަރެއާލް ބަލިކޮށް ރެއާލް މެޑްރިޑް ލީގުގެ ތާވަލުގެ އެއްވަނައަށް ޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިން