logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަހުވަގުތު ލުކްމަން އެތްލެޓިކޯ މެޑްރިޑްއަށް ބަދަލުވެ އެކަން އިޢުލާނުކޮށްފި

އަބްދުﷲ ޣާނިމް
2 ފެބްރުއަރީ 2026 - 04:27
ފަހުވަގުތު ލުކްމަން އެތްލެޓިކޯ މެޑްރިޑްއަށް ބަދަލުވެ އެކަން އިޢުލާނުކޮށްފި

އިޓަލީގެ އެޓަލަންޓާއަށް ކުޅެމުން އަންނަ ނައިޖީރިއާގެ ފޯވާޑް އަޑެމޯލާ ލުކްމަން އެ ކްލަބުން އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށް އެއްބަސްވުމަކަށް އަތުވެފައިވާކަން ސްޕެއިންގެ ކްލަބުން މިއަދު އިއުލާނުކޮށްފިއެވެ.

އުމުރުން 28 އަހަރުގެ ލުކްމަން މިހާރު ހުރީ މެޑްރިޑުގައެވެ. އޭނާ އެތުލެޓިކޯއަށް ބަދަލުވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ މެޑިކަލް ޓެސްޓުތަކާއި، ކޮންޓްރެކްޓްގައި ސޮއިކުރުމުގެ އެންމެ ފަހުގެ މަރުހަލާތައް ކުރިއަށް އޮތް ވަގުތުތަކުގައި ކުރިއަށްދާނެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލުކްމަން އެޓަލަންޓާއާ ގުޅުނީ 2022 ވަނަ އަހަރު އާރްބީ ލައިޕްޒިގުންނެވެ. އޭގެ ފަހުން އޭނާ ވަނީ އެޓަލަންޓާއަށް ކުޅުނު މެޗުތަކުގައި ޖުމްލަ 55 ލަނޑު ކާމިޔާބުކޮށްދީފައެވެ. އޭނާގެ އެންމެ ފާހަގަކޮށްލެވޭ ކާމިޔާބީއަކީ 2024 ވަނަ އަހަރުގެ ޔޫރޮޕާ ލީގު ފައިނަލުގައި ބަޔާ ލެވަކޫސަންއާ ދެކޮޅަށް ހެޓްރިކް ހަދައި، އެޓަލަންޓާއަށް އެ ކްލަބުގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕްގެ ތައްޓެއް ހޯދައިދިނުމެވެ.

މި ޓްރާންސްފާގެ ހުރިހާ ކަމެއް ނިމުމަކަށް އަންނާނީ މެޑިކަލް ޓެސްޓުތަކުން ފާސްވެ، ކްލަބާއި ކުޅުންތެރިޔާއާ ދެމެދު ވާންޖެހޭ ރަސްމީ އެއްބަސްވުންތަކުގައި ސޮއިކުރުމުންނެވެ. މި ބަދަލަކީ އެތުލެޓިކޯ މެޑްރިޑުގެ ކުރިމަގު ވަރުގަދަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށްކުޅިވަރު | 4 ގަޑިއިރު ކުރިންފޮނުއަރުވާފަ އުޅުނު ބާސެލޯނާ ކޮޕަޑެލްރޭ އިން ބޭރުކޮށްލައިފިކުޅިވަރު | 15 ދުވަސް ކުރިންއެތްލެޓިކޯ މެޑްރިޑް ބްރޫގޭ އާއި އެއްވަރުވެއްޖެކުޅިވަރު | މަހެއް ކުރިންބޮޑެތި ޓީމު ބަލިކުރާގޮތް ރެއާލްއަށް އެނގޭނެކަމަށްބުނެ ސެމީއަށް ނިކުތް ބާސާއަށް އެތްލެޓިކޯ ކުރިމަތީހައި ކުޑަކަކޫ ޖަހައިފިކުޅިވަރު | މަހެއް ކުރިން