logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބޮޑެތި ޓީމު ބަލިކުރާގޮތް ރެއާލްއަށް އެނގޭނެކަމަށްބުނެ ސެމީއަށް ނިކުތް ބާސާއަށް އެތްލެޓިކޯ ކުރިމަތީހައި ކުޑަކަކޫ ޖަހައިފި

އަބްދުﷲ ޣާނިމް
13 ފެބްރުއަރީ 2026 - 04:56
ބޮޑެތި ޓީމު ބަލިކުރާގޮތް ރެއާލްއަށް އެނގޭނެކަމަށްބުނެ ސެމީއަށް ނިކުތް ބާސާއަށް އެތްލެޓިކޯ ކުރިމަތީހައި ކުޑަކަކޫ ޖަހައިފި

ކޮޕާ ޑެލް ރޭ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި އެތުލެޓިކޯ މެޑްރިޑުން ބާސެލޯނާގެ މައްޗަށް 4-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ. މެޓްރޯޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ހަތަރު ލަނޑުވެސް އެތުލެޓިކޯއިން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ ހަވަނަ މިނެޓުގައި ބާސެލޯނާގެ އެރިކް ގާސިއާ އަތުން ބައިކޮޅަށް ވަން ލަނޑަކުން އެތުލެޓިކޯއިން ވަނީ ލީޑު ނަގާފައެވެ. އޭގެ އަށް މިނެޓު ފަހުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 33 ވަނަ މިނެޓުގައި އެޑެމޯލާ ލުކްމަން ތިންވަނަ ލަނޑު ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއީ ޑިސެމްބަރު މަހުގެ ކުރީކޮޅަށްފަހު އަލްވަރޭޒް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ހަވަނަ މިނެޓުގައި ބާސެލޯނާގެ ޕާއު ކުބާސީ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ރޮބަޓް ލެވަންޑޮސްކީ އޮފްސައިޑްގައި ހުރުމުން އެ ލަނޑު ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. މެޗުގެ 85 ވަނަ މިނެޓުގައި ބާސެލޯނާގެ އެރިކް ގާސިއާ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރް ބެލުމަށްފަހު އޭނާއަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލާފައެވެ. މިއާއެކު އޭނާ ވެފައިވަނީ 2004-05 ވަނަ ސީޒަނަށްފަހު އެއް މެޗެއްގައި ބައިކޮޅަށް ލަނޑެއް ޖަހައި އަދި ރަތް ކާޑު ހޯދި ބާސެލޯނާގެ ފުރަތަމަ ކުޅުންތެރިޔާއަށެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއީ 2004-05 ވަނަ ސީޒަނަށްފަހު ބާސެލޯނާގެ ކޮޅަށް މެޗެއްގެ ފުރަތަމަ ހާފުގައި ހަތަރު ލަނޑު ވަން ދެވަނަ ފަހަރެވެ. މީގެ ކުރިން މިފަދަ ނަތީޖާއެއް ބާސެލޯނާއަށް ކުރިމަތިވީ 2020 ވަނަ އަހަރު ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 8-2 އިން ބަލިވި މެޗުގައެވެ. މީގެ އިތުރުން، މިއީ އަމިއްލަ ދަނޑުގައި ބާސެލޯނާ އަތުން ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި އޮތް އޮތުމަށް އެތުލެޓިކޯއިން ނިމުން ގެނައި މެޗުވެސް މެއެވެ.

މި ބޮޑު މޮޅާއެކު އެތުލެޓިކޯ މެޑްރިޑަށް ވަނީ ފައިނަލުގެ ފުރުސަތު ބޮޑުވެފައެވެ. މި ދެ ޓީމުގެ މެދުގައި ކުޅޭ ސެމީ ފައިނަލްގެ ދެވަނަ ލެގު އޮންނާނީ އަންނަ މާޗް މަހުގެ 3 ވަނަ ދުވަހުއެވެ.
މެޗުަށްފަހު ބާސެލޯނާގެ ކޯޗު ހާންސީ ފްލިކް ވަނީ މެޗު ރެފްރީއާދިމާލަށް ވަރަށްބޮޑަށް ފާޑުކިޔާފައެވެ. އަދި މެޗުގެ ރެފްރީންތިބީ ވަރަށް ބޮޑަށް އެތްލެޓިކޯ ކޮޅަށްޖެހިފައިކަމަށް ފްލިކް ބުނެފައިވެއެވެ.
މިމުބާރާތުގެ ރައުންޑް ގަދަ 16 އިން މީގެ ކުރިން ރެއާލް މެޑްރިޑްވެސް ވަނީ ތިންވަނަ ޑިވިޝަނުގެ ޓީމެއް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޮޑެތި ޓީމު ބަލިކުރާގޮތް ރެއާލްއަށް އެނގޭނެކަމަށްބުނެ ސެމީއަށް ނިކުތް ބާސާއަށް އެތްލެޓިކޯ ކުރިމަތީހައި ކުޑަކަކޫ ޖަހައިފިކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާ ބަނގުރުޓުން ސަލާމަތްވެ، ދުބާއީގައި ރިއަލް އެސްޓޭޓް މާކެޓަށްކުޅިވަރު | 3 ދުވަސް ކުރިންމިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީކުޅިވަރު | 3 ދުވަސް ކުރިންއަރައުހޯގެ ގޯލާއެކު ބާސެލޯނާގެ ފޭވަރިޓް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިކުޅިވަރު | 9 ދުވަސް ކުރިން