logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެތްލެޓިކޯ މެޑްރިޑް ބްރޫގޭ އާއި އެއްވަރުވެއްޖެ

އަބްދުﷲ ޣާނިމް
19 ފެބްރުއަރީ 2026 - 06:01
އެތްލެޓިކޯ މެޑްރިޑް ބްރޫގޭ އާއި އެއްވަރުވެއްޖެ

ޗެމްޕިއަންސް ލީގުގެ ޕްލޭ-އޮފް ފުރަތަމަ ލެގުގައި ކްލަބް ބްރޫޖާއި އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރި ފޯރިގަދަ މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެއެވެ. ޖެން ބްރޭޑަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ 89 ވަނަ މިނެޓުގައި ކްރިސްޓޯސް ޒޯލިސް ޖެހި ލަނޑާއެކު ބްރޫޖުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ ކުރީކޮޅު އެތުލެޓިކޯއިން ވަނީ ވަރުގަދަ ކުޅުމެއް ދައްކާފައެވެ. އަށްވަނަ މިނެޓުގައި ބްރޫޖުގެ ޔަކީން ސޭސް އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީއަކުން ޖޫލިއަން އަލްވަރޭޒް ވަނީ އެތުލެޓިކޯއަށް ކުރިހޯދައިދީފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އެންޓޮއިން ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން އެޑެމޯލާ ލޫކްމަން ވަނީ އެތުލެޓިކޯގެ ދެވަނަ ލަނޑު ޖަހައިދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ބްރޫޖުން ވަނީ ކުޅުން ރަނގަޅުކޮށް މެޗުގެ ތެރެއަށް އެނބުރި އައިސްފައެވެ. އެގޮތުން ރަފައެލް އޮންޔެޑީކާ ބްރޫޖުގެ ފުރަތަމަ ލަނޑު ޖަހައިދިންއިރު، މެޗުގެ 60 ވަނަ މިނެޓުގައި ނިކޮލޯ ޓްރެސޯލްޑީ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްފައެވެ. ނަމަވެސް 79 ވަނަ މިނެޓުގައި ބްރޫޖުގެ ޖޮއެލް އޯޑޯނޭޒް އަތުން ބައިކޮޅަށް ވަން ލަނޑާއެކު އެތުލެޓިކޯއަށް އަލުން ކުރި ލިބުނެވެ.

މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ޒޯލިސް ޖެހި ލަނޑަކީ އޮންޔެޑީކާ ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ. މި ލަނޑާއެކު އަންނަ ހަފުތާގައި ކުޅޭ ދެވަނަ ލެގަށް ދާއިރު ދެ ޓީމު އޮތީ އެއްވަރުގެ ފުރުސަތެއްގައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ދެ ލަނޑުގެ ލީޑެއްގައި އޮވެ އެތުލެޓިކޯ މެޑްރިޑް މެޗަކުން މޮޅުނުވެ ނިންމާލަން ޖެހުނު ފުރަތަމަ ފަހަރެވެ. މެޗުގައި ބްރޫޖުން 17 ހަމަލާ އުފެއްދިއިރު، އެތުލެޓިކޯއަށް މެޗުގެ ކޮންޓްރޯލް ދަމަހައްޓަން ވަނީ އުނދަގޫވެފައެވެ.

މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ޒޯލިސް ވަނީ މުޅި މެޗުގައި ފަސް ހަމަލާ އުފައްދައި، އޭރިއާ ތެރޭގައި އެންމެ ގިނަ ފަހަރު ބޯޅަ ކޮންޓްރޯލް ކުރި ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ބްރޫޖުގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމުން ދެއްކި ހިތްވަރުގަދަ ކުޅުމަށް ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެތްލެޓިކޯ މެޑްރިޑް ބްރޫގޭ އާއި އެއްވަރުވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންބޮޑެތި ޓީމު ބަލިކުރާގޮތް ރެއާލްއަށް އެނގޭނެކަމަށްބުނެ ސެމީއަށް ނިކުތް ބާސާއަށް އެތްލެޓިކޯ ކުރިމަތީހައި ކުޑަކަކޫ ޖަހައިފިކުޅިވަރު | 6 ދުވަސް ކުރިންފަހުވަގުތު ލުކްމަން އެތްލެޓިކޯ މެޑްރިޑްއަށް ބަދަލުވެ އެކަން އިޢުލާނުކޮށްފިކުޅިވަރު | 17 ދުވަސް ކުރިންއެތްލެޓިކޯ މެޑްރިޑް ވިއްކާލައިފިކުޅިވަރު | 3 މަސް ކުރިން