logo
Bank of Maldives

Bank of Maldives

ކުޅިވަރު

ބާސާ ކަޓުވާލައިދިޔަ އެތްލެޓިކޯ ފައިނަލުގައި ސޮސިޑާޑް އަތުން ބަލިވެ ތަށިގެއްލުވާލައިފި

އަބްދުﷲ ޣާނިމް
19 އޭޕްރީލު 2026 - 03:27
ބާސާ ކަޓުވާލައިދިޔަ އެތްލެޓިކޯ ފައިނަލުގައި ސޮސިޑާޑް އަތުން ބަލިވެ ތަށިގެއްލުވާލައިފި

ވާދަވެރި ކުޅުމަކަށްފަހު ޕެނަލްޓީ ޝޫޓްއައުޓްގައި 4-3 އިން އެތުލެޓިކޯ މެޑްރިޑް ބަލިކޮށް، ރެއާލް ސޮސިއެދާދުން މިއަހަރުގެ ކޮޕާ ޑެލް ރޭ ކާމިޔާބުކޮށްފިއެވެ. ލަ ކާޓޫޖާ ސްޓޭޑިއަމްގައި ކުޅުނު މި ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ހަމަވިއިރު ދެ ޓީމު އޮތީ 2-2 އިން އެއްވަރުވެފައެވެ.

މެޗު ފެށިގެން އެންމެ 14 ސިކުންތުގެ ތެރޭގައި އެންޑަރ ބަރެނެޓްޒިއާ ވަނީ ސޮސިއެދާދަށް ލީޑު ނަގައިދީފައެވެ. މިއީ މި މުބާރާތުގެ ފައިނަލެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ގްރީޒްމަން ތަނަވަސްކޮށްދިން ފުރުސަތަކުން އެޑެމޯލާ ލުކްމަން ވަނީ އެތުލެޓިކޯއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔަރޒަބަލް އަލުން ސޮސިއެދާދަށް ލީޑު ހޯދައިދިނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗު ނިމެން ހަތް މިނެޓަށް ވެފައި ވަނިކޮށް ހޫލިއަން އަލްވަރޭޒް ޖަހައިދިން ގޯލާއެކު އެތުލެޓިކޯއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރިއެވެ. މެޗުގެ ފަހުކޮޅު އެތުލެޓިކޯއަށް މެޗުން މޮޅުވާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެލެކްސް ބައޭނާ އާއި ޖޯނީ ކާޑޯސޯއަށް އެ ފުރުސަތުތަކުގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމަށް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނެވެ. އެގޮތުން އަލްވަރޭޒް ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ހުރަސް ދަނޑީގައި ޖެހުނުއިރު، ސޮސިއެދާދުގެ ކާލޯސް ސޯލާ އާއި އޮކްސާސަން ފޮނުވާލި ހަމަލާތައް އެތުލެޓިކޯގެ ކީޕަރު މުސޯ ވަނީ ދިފާއުކޮށްފައެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ސޮސިއެދާދުގެ ކީޕަރު އުނާއި މަރޭރޯ ވެގެންދިޔައީ އެ ޓީމުގެ ބަތަލަށެވެ. އޭނާ ވަނީ އެތުލެޓިކޯގެ ސޯލޮތު އާއި އަލްވަރޭޒް ފޮނުވާލި ޕެނަލްޓީތައް ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ. ސޮސިއެދާދަށް ތަށި ކަށަވަރުވީ އެ ޓީމުގެ ފަހު ޕެނަލްޓީ ޕަބްލޯ މާރިން ކާމިޔާބުކުރުމުންނެވެ.

މިއީ ރެއާލް ސޮސިއެދާދުން މި މުބާރާތުގެ ތަށި އުފުލާލި ތިންވަނަ ފަހަރެވެ. މީގެ ކުރިން އެ ޓީމުން ވަނީ 1986-87 އަދި 2019-20 ވަނަ އަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. މިއަދުގެ މެޗުގައި ލަނޑު ޖެހި އޮޔަރޒަބަލް ވެފައިވަނީ ސޮސިއެދާދުގެ ތާރީޚުގައި ކޮޕާ ޑެލް ރޭގެ ދެ ފައިނަލެއްގައި ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށެވެ.
މިއީ މިމުބާރރާތުގެ ސެމީގައި ބާސާ ކަޓުވާލާފައި ފައިނަލަށް ދިޔަ އެތްލެޓިކޯ މެޑްރިޑްއަށް ހިތްދަތި ނަޔީޖާއެކެވެ. އެތްލެޓިކޯ މެޑްރިޑް އަށް މިސީޒަނުގައި ވާދަކުރެވޭން އޮތް ހަމައެކަނި ތަށްޓަކީ މިހާރު ޗެންޕިއަންަސް ލީގެވެ. އެގޮތުން މިމަހުގެ ފަހުކޮޅުގައި އެތްލެޓިކޯ ޗެންޕިއަންސް ލީގުގެ ސެމީގައި އާސެނަލް އާއި ދެކޮޅަށް ވާދަކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާ ކަޓުވާލައިދިޔަ އެތްލެޓިކޯ ފައިނަލުގައި ސޮސިޑާޑް އަތުން ބަލިވެ ތަށިގެއްލުވާލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންޖެހިޖެހިގެން ތިންފަހަރު ކަޓައިގެންދިޔަ އެންމެ ޒުވާން ކުޅުންތެރިޔާގެ އެވޯޑް ހިފައިގެން ޔަމާލު ބާސާއާއެކު ގެޔަށްކުޅިވަރު | 4 ދުވަސް ކުރިންބާސެލޯނާގެ އަމިއްލަ ދަނޑުގައި އެތްލެޓިކޯއަތުން ހިތިގޮތަކަށް ބަލިވެ ޗެންޕިއަންސް ލީގުން ކެޓުމުގެ ބިރުހީވެއްޖެކުޅިވަރު | 10 ދުވަސް ކުރިންރެފްރީންގެ ނުކިއްސަރު ނިންމުންތަކާއެކުވެސް ރެއާލް އިން 10 ކުޅުންތެރިންނާއެކު ފަހަތުން އަރައި އެތްލެޓިކޯ ބަލިކޮށްފިކުޅިވަރު | މަހެއް ކުރިން