ޖަނަވަރީ މަހު ރެކޯޑު އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރާތްކުރި
2 ފެބްރުއަރީ 2026 - 04:36

ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި އެއް މަސްދުވަހުގެ ތެރޭގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަހުގެ ގޮތުގައި 2026 ވަނަ އަހަރުގެ ޖަނަވަރީ މަސް ރެކޯޑް ކުރެވިއްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ޖަނަވަރީ މަހު ރާއްޖެއަށް ޖުމްލަ 224,788 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މީގެ ކުރިން އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަސް ކަމަށްވާ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ރެކޯޑަށްވުރެ އިތުރު އަދަދެކެވެ. 2025 ޑިސެމްބަރު މަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 224,455 ފަތުރުވެރިންނެވެ.

Ad by Hajj Corporation
މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ ޖަނަވަރީ މަހުގެ 11 ވަނަ ދުވަހުއެވެ. އެ ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 9،596 ފަތުރުވެރިންނެވެ.
މި އާ ރެކޯޑާއެކު މިއަހަރުގެ ފަތުރުވެރިކަމުގެ ސިނާއަތަށް ވަނީ ވަރަށް އުންމީދީ އަދި ފޯރިގަދަ ފެށުމެއް ލިބިފައެވެ. މިއީ އެންމެން ގުޅިގެން އެއް އަމާޒަކަށް މަސައްކަތް ކުރުމުން ހާސިލްކުރެވޭނެ ނަތީޖާކަން މި ހިސާބުތަކުން ސާބިތުވެއެވެ.
މި ކާމިޔާބީއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރާއްޖޭގެ ފަތުރުވެރިކަން އައު އުސްމިންތަކަކަށް ގެންދިއުމަށާއި، ފަތުރުވެރިކަމުގެ މަންފާ ހުރިހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ދުރުވިސްނުންތެރި ސިޔާސަތުތަކުގެ ހެއްކެކެވެ. ރައީސް މުޢިއްޒުގެ ސަރުކާރުން އަންނަނީ ރާއްޖޭގެ އިޤްތިޞާދުގެ މައިނާރު ކަމަށްވާ ފަތުރުވެރިކަން ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.


