logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރިއަށް އޮތީ ވެރިކަމުގަ އޮންނަ ޕާޓީއަކުން އެންމެ ގިނަ ގޮނޑި ނަގާނެ އިންތިހާބު: އިނާޒް

އައިޝަތު ނަޝާ
2 ފެބްރުއަރީ 2026 - 05:22
ކުރިއަށް އޮތީ ވެރިކަމުގަ އޮންނަ ޕާޓީއަކުން އެންމެ ގިނަ ގޮނޑި ނަގާނެ އިންތިހާބު: އިނާޒް

2026 ވަނަ އަހަރުގެ ލޯކަލް ކައުންސިލް އިންތިހާބު ވެގެންދާނީ،ދިވެހި ރާއްޖޭގެ ސިޔާސީ ހަޔާތުގައި އެ އިރެއްގެ ވެރިކަމުގަ އޮންނަ ޕާޓީއަކުން އެންމެ ގިނަ ގޮނޑި ނަގާނެ އިންތިހާބު ކަމަށް ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވަރކްސް ގެ ޑެޕިއުޓީ މިނިސްޓަރ އިނާޒު އަލީ ވިދާޅުވެއްޖެއެވެ.

އިނާޒު މިހެން ވިދާޅުވީ މެންދުރު ޓީވީން ގެނެސްދޭ މައުޟޫ ޕްރޮގްރާމް ގައި ވާހަކަ ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިނާޒު އިތުރަށް ވިދާޅުވީ، ކުރީީގެ ސަރުކާރުތަކަށް ގޮނޑިތަށް ކާމިޔާބު ނުކުރެވުނީ ވަރަށް ގިނަ ސަބަބުތަކާ ހެދި ކަމަށާާއި،އެހެންނަމަވެސް ރައީސް ޑރ މުހައްމަުދު މުއިއްޒު ގެ ސަރުކާރުން ވަކި ރަށެއް ތަފާތުނުކޮށް ހުރިހާ ރަށެއްގެ ތަރައްޤީއަށް މަސައްކަތްކޮށްދީ،ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކޮށްދިނުމަކީ ކާމިޔާބަށް ވާސިލްވުމުގެ ސަބަބު ކަމަށެވެ.

ފާއިތުވި ހުރިހާ ސަރުކާރެއް ނިމިގެން ދިޔައިރު، ރައީސް ޑރ މުހައްމަދު މުއިއްޒު ފަދައިން ، ރައްޔިތުން ބޭނުންވާ ސުވާލެއް ކުރުމަށް ބައްދަލުވުންތަށް ބާއްވާ ،ރައްޔިތުންގެ އަޑު އެއްސެވި ވެރިއެއް މިހާތަނަށް ރާއްޖޭގައި ވެރިކަން ކޮށްފައި ނުވާ ކަމަށް ވެސް އިނާޒްގެ ވާހަކާގައި ފާހަގަ ކޮށްފައިވެއެވެ. އެހެންކަމުން މިއީ ދިވެހި ރައްޔިތުން މި ސަރުކާރު ބަލައިގެން އެންމެ ބޮޑު ސަބަބު ކަމަށް އިނާޒު ފާހަގަ ކުރެއްވިއެވެ.

މީގެއިތުރުން އިނާޒް ވިދާޅުވީ، ކުރިއަށް އޮތް ކައުސިލް އިންތިހާބު ގައި، %70 ޔަޤީނުންވެސް މި ސަރުކާރުގެ ޕާޓީން ކާމިޔާބު ކުރާނެކަމާށާއި، އެހެންކަމުން ރައްޔިތުން ބޭނުންވާ އިތުރު ކަންތައްތައް މިހާރަށް ވުރެ ބާރަށް ކުރިއަށްދާނެ ކަމަށެވެ.

މީގެއިތުރުން، އިދިކޮޅު ޕާޓިތަކުން ބޭނުންވާނި މިސަރުކާރަށް އެއްވެސް ކަމެއް ވިޔަ ނުދީ ރައީސް ގެ މަސައްކަތްޕުޅަށް ހުރަސްއަޅަން ކަމަށާއި،އެހެންކަމުން އިދިކޮޅަށް ލިބޭ ކޮންމެ ކައުންސިލް ގޮނޑިއަކީ މި ސަރުކާރުގެ މެނިފެސްޓޯއަށްށާއި، ސަރުކާރުން މިހާރު ރަށްރަށުގައި ފަށާފައިހުރި މަޝްރޫއުތަކަށް ވަރަށް ގިނަ ހުރަސްތަކެއް އެޅިގެންދާނެ ކަމެއް ކަމަށް ވެސް އިނާޒް ވިދާޅުވިއެވެ.

އެހެންކަމުން ރައްޔިތުންގެ އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވެގެންދާނީ،ސަރުކާރަަށް އެއްބާރުލުންދޭ އަދި ސަރުކާރުގެ ޕާޓީއަށް ނިސްބަތްވާ ކެންޑިޑޭޓުން އިންތިހާބު ކޮށްގެން ކަމަށް އިނާޒް ވިދާުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތީ ވެރިކަމުގަ އޮންނަ ޕާޓީއަކުން އެންމެ ގިނަ ގޮނޑި ނަގާނެ އިންތިހާބު: އިނާޒްޚަބަރު | 3 ގަޑިއިރު ކުރިންކައުންސިލް އިންތިހާބަށް އަތޮޅުތެރޭގައި އޮފިޝަލުން ތަމްރީނު ކުރުން މާދަމާޚަބަރު | 23 ދުވަސް ކުރިންލޯކަލް/ޑަބްލިޔުޑީސީ އިންތިޚާބުގައި ޖުމްލަ 621 ވޯޓު ފޮށި، ރާއްޖެއިން ބޭރުގައި 2 ފޮށި ޚަބަރު | 25 ދުވަސް ކުރިންއަންނަ އިންތިޚާބުގައި ވޯޓުދިނުމުގެ ހައްގު 294،937 މީހަކަށް، ޝަކުވާ ހުށަހެޅުމަށް ހުޅުވާލައިފިޚަބަރު | 25 ދުވަސް ކުރިން