logo
Bank of Maldives

Bank of Maldives

ޚަބަރު

ވެލިދޫ ޓުއަރިޒަމް ވިލެޖުން ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
2 ފެބްރުއަރީ 2026 - 07:25
ވެލިދޫ، ފޮޓޯ: ވިޒިޓް ވެލިދޫ
ވެލިދޫ، ފޮޓޯ: ވިޒިޓް ވެލިދޫ

ނ. ވެލިދޫ ޓުއަރިޒަމް ވިލެޖް 1 އިން ގެސްޓްހައުސް ތަރައްޤީކުރުމަށްޓަކައި 2500 އަކަފޫޓުގެ ބިމެއް 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމައިފިއެވެ.

މި މަޝްރޫޢަކީ ރަށުގެ ފަތުރުވެރިކަން ފުޅާކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބިމަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މީގެ އިތުރުން، ބިޑު ހުށަހަޅާ ފަރާތަކީ ވެލިދޫ ކައުންސިލަށް އެއްވެސް ފައިސާއެއް ދައްކަންޖެހި ނުދައްކާ އޮތް ފަރާތަކަށް ވެގެންނުވާނެ ކަމަށް ކައުންސިލުން ބުނެއެވެ.

މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 10 ފެބުރުވަރީ 2026 ވާ ބުރާސްފަތި ދުވަހުގެ 11:30 އަށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރަންޖެހެއެވެ. ބީލަމުގެ ބިޑްފޮތް ވިއްކުމަށް ހަމަޖެހިފައިވަނީ 08 ފެބްރުވަރީ 2026 އިން ފެށިގެން 10 ފެބުރުވަރީ 2026 ގެ ނިޔަލަށެވެ. ބިޑް ފޮތެއްގެ އަގަކީ 5,000 (ފަސް ހާސް) ރުފިޔާ އެވެ.

ބިޑްފޮތް ގަތުމަށާއި މަޢުލޫމާތު ސާފުކުރުމަށް ހާޟިރުވާ ފަރާތްތަކުން ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ ގެންނަންވާނެއެވެ.

ބީލަން ހުށަހެޅުން އޮންނާނީ 08 މާރިޗް 2026 ވާ އާދިއްތަ ދުވަހުގެ 11:30 ގައެވެ. ކައުންސިލުން ބުނިގޮތުގައި ބިޑްފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ބީލަމުގައި ބައިވެރިވުމުގެ ފުރުޞަތެއް ނުލިބޭނެއެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވެލިދޫ ޓުއަރިޒަމް ވިލެޖުން ގެސްޓްހައުސް ތަރައްޤީކުރުމަށް ބިން ދޫކުރަނީޚަބަރު | ގަޑިއިރެއް ކުރިންު ވެލިދޫއަށް ސީޕްލޭން ދަތުރުތައް ފަށައިފިޚަބަރު | 10 ދުވަސް ކުރިންސްކޭމްގެ މައްސަލަތަކަށް ހޭލުންތެރިކުރުވުމަށް ވެލިދޫގައި ޕްރޮގްރާމެއް ޚަބަރު | 6 މަސް ކުރިންއަންނަ ޖަނަވަރީ މަހު ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކޮށް ޚިދުމަތް ފަށަނީޚަބަރު | 6 މަސް ކުރިން