logo
Bank of Maldives

Bank of Maldives

ޚަބަރު

ތަންފީޒު ކުރާނީ އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެކުލަވާލައިފައިވާ ސިޔާސަތެއް: ރައީސް

މުޙައްމަދު އަފްރާޙް
5 ފެބްރުއަރީ 2026 - 04:17
ތަންފީޒު ކުރާނީ އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެކުލަވާލައިފައިވާ ސިޔާސަތެއް: ރައީސް

ތަންފީޒު ކުރާނީ އިސްލާމް ދީނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެކުލަވާލައިފައިވާ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި، ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވަނީ ޒަކާތުގެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރާ މަސައްކަތްތަކުން އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ލިބި، ޒަކާތް ދައްކާ މިންވަރު އިތުރުވެފައިވާ ކަމަށާއި މި އަހަރުގެ ހައްޖާ ގުޅޭ ކަންކަން ސައުދީ އަރަބިއާގައި 100 ޕަސެންޓު ފުރިހަމަ ކުރި ގައުމަކަށް ރާއްޖެވެފައިވާ ކަމަށް ވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ހާފިޒުންގެ އަގު ވަޒަންކޮށް، ގުރުއާން ހިތުދާސް ކުރުމަށް ހިތްވަރު ދިނުމަށް ހާފިޒުންނަށް ދޭ ފައިސާގެ އަދަދު މިދިޔަ އަހަރު 2،000 އިން 4،000 ރުފިޔާއަށް ބޮޑުކުރިކަން ފާހަގަކުރައްވާ ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގުރުއާން ކިޔަވައިދިނުމަށް ތަމްރީނު ކުރުމަށް ޚާއްސަ މަސައްކަތްތަކެއް މިހާރު ކުރާނެ ކަމަށް އިއުލާންކުރެއްވިއެވެ.

އެމަނިކުފާނު ވިދާޅުވީ ވޭތުވެދިޔަ އަހަރު 74 މިސްކިތް އަޅައި، މުޅިއަކު 90 މަޝްރޫއުގެ އަމަލީ މަސައްކަތްތައް ކުރިއަށްގެންދިޔަ ކަމަށެވެ. އަދި މިދިޔަ އަހަރު، 19.4 މިލިއަން ރުފިޔާ މިސްކިތްތައް މަރާމާތު ކުރުމަށް ހޭދަކުރި ކަމަށާއި މި އަހަރު އެ މަސައްކަތަށް 15 މިލިއަން ހަމަޖައްސައިފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 5 ގަޑިއިރު ކުރިންއާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންއާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީޚަބަރު | 6 ގަޑިއިރު ކުރިންފަތުރާ ދޮގުތަކަށް އެންމެން އެކީ 'ނޫނެކޭ' ބުނަން ރައީސް އެދިވަޑައިގެންފިޚަބަރު | 6 ގަޑިއިރު ކުރިން