logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

މުޙައްމަދު އަފްރާޙް
5 ފެބްރުއަރީ 2026 - 04:41
ކުރީ ސަރުކާރުން މޮރިޝަސް އަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެންނަވަން ނިންމަވާފައި ކަމަށް ރައީސްުލްޖުމްހޫރޮއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާންކުރައްވައިފިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ކުރީ ސަރުކާރުގެ ނިންމުންތަކުގެ ސަބަބުން އިޔާދަ ނުކުރެވޭ ގެއްލުން ލިބިފައިވާ ކަމަށާއި އެކަމާ ގުޅޭ ގޮތުން ސުވާލުކޮށް، ގާނޫނީ ފިޔަވަޅު އަޅަން ކޮމިޝަން އޮފް އިންކުޔަރީއެއް ހަދަން ނިންމައިފައިވާކަމަށެވެ. އަދި އަދި ރާއްޖޭގެ ސަރަހައްދުތަކުގެ އޮފީހެއް ހައްދަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ގެއްލޭ ގޮތަށް އިޓްލޮސްއިން ނިންމައިފައިވާ ކަމަށާއި އެއީ މިދިޔަ ސަރުކާރުން ދޫކޮށްލި ސަރަހައްދެއް ކަމަށް ރައީސް ވިދާޅިވިއެވެ. އަދި އެ ކަނޑުގެ ސަރަހައްދު ހޯދަން ގާނޫނީ ގޮތުން މަސައްކަތް ކުރަން ބަންޑާރަ ނައިބަށް އަންގަވައިފައިވާނެ ކަމަށާއި، އެ ކޮމިޓީގެ ރިޕޯޓު މިދިޔަ މަހު 22 ގައި އެ މަނިކުފާނަށް ހުށަހަޅައިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެއިތުރުން ކެބިނެޓުން މިހާރު ވަނީ އެ ރިޕޯޓާ ގުޅިގެން ފިޔަވަޅު އަޅަން ފަށައިފައި ކަމަށާއި ޗާގޯސް ނުވަތަ ފޯޅަވަހީގެ ތާރީޚެއް ރާއްޖެއަށް އޮތް ކަމަށާއި، އެއީ އޭރުވެސް މިހާރު ވެސް ދިވެހީން މަހަށް ނުކުމެ ތިބޭ ސަރަހައްދެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފޯޅަވަހި މޮރިޝަސްއަށް ދިނުމާ ދެކޮޅަށް، ރާއްޖޭން 18 ޖަނަވަރީ 2026ގައި އިނގިރޭސިވިލާތަށް އިއުތިރާޒު ހުށަހަޅައިފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް މުޢިއްޒުގެ ޔަޤީންކަން: 2028 އަށް ދާއިރު ގިނަ ބަޔަކަށް ބޯހިޔާވަހިކަން ކަށަވަރުވާނެޚަބަރު | 5 ގަޑިއިރު ކުރިންއާސަންދަ އަށް ގެންނަ ބަދަލާއެކު އަހަރަކު 287 މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންއާރުޑީސީއާއި ފެނަކަ އުވާލައި، އެގްރޯ މިފްކޯގެ ދަށަށް ގެންނަނީޚަބަރު | 6 ގަޑިއިރު ކުރިންފަތުރާ ދޮގުތަކަށް އެންމެން އެކީ 'ނޫނެކޭ' ބުނަން ރައީސް އެދިވަޑައިގެންފިޚަބަރު | 6 ގަޑިއިރު ކުރިން