logo
Bank of Maldives

Bank of Maldives

ޚަބަރު

ޙައްޖާ ގުޅޭ ކަންކަން ފުރިހަމަ ކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ!

ޒިދާން މުޙައްމަދު
5 ފެބްރުއަރީ 2026 - 05:13
ޙައްޖާ ގުޅޭ ކަންކަން ފުރިހަމަ ކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ!

ޙައްޖުގެ މަތިވެރި އަޅުކަމާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި 100 އިންސައްތައަށް ފުރިހަމަ ކުރި 8 ގައުމުގެ ތެރޭގައި، މިއަހަރު ތެރޭގައި ރާއްޖެ ހިމެނޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ މިއަހަރުގެ ޙައްޖާ ގުޅޭ ކަންކަން ސަޢުދީ ޢަރަބިއްޔާގައި 100 އިންސައްތަ ފުރިހަމަ ކުރި 8 ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށެވެ. އޭގެ ތެރޭގައި މައްކާއާ މަދީނާގައި ހުރުމުގެ ކަންތައްތަކާއި ޙައްޖާ ގުޅިފައިވާ އެހެނިހެން ކަންކަން ރާއްޖެއިން ފުރިހަމަކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.

ޙައްޖުގެ އަޅުކަމަށް މައްކާއާއި މަދީނާއަށް ދަތުރުކުރާ ޙައްޖާޖީންނަށް ލުއިފަސޭހަ ގޮތްތައް މެދުވެރިވެފައި ނެތުމުން އެތައް ވޭނަކާއި ތަކުލީފެއް މީގެ ކުރިން ކުރިމަތިވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޔާސީ ބަޔާނުގައި، މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ދިވެހި ޙައްޖުވެރިންނަށް ހަމަޖައްސައިދިން ކަންކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ ޙައްޖީޖިންގެ ލުއިފަސޭހައަށް ސަޢުދީ ޢަރަބިއްޔާއިން ތަޢާރަފްކޮށްފައިވާ މައްކާ ރޫޓް އިނީޝިއޭޓިވްގެ ދައިމީ މެންބަރުކަން 8 ވަނައަށް ރާއްޖެއަށް ލިބިފައިވާކަމަށެވެ. މީގެ ސަބަބުން ދިވެހި ޙައްޖާޖީންނަށް ރާއްޖޭގެ ތަރީޚުގައިވެސް ދުވަހަކު ލިބިފައިނެތް ފަސޭހަތައް ތަނަވެސްވެފައިވާކަމަށެވެ.

މިނާގައި ޒަމާނުއްސުރެ ދިވެހިން ތިބެމުން އައީ ސީ ކެޓަގަރީގައި ނަމަވެސް ބީ ކެޓަގަރީއަށް މަތިކޮށް އެތައް ގޮތަކުން ޚިދުމަތްތައް ފުޅާކޮށްފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި މައްކާ ރޫޓް އިނީޝިއޭޓިވްގެ ދައިމީ މެންބަރުކަން ލިބުމުން، މައްކާއިން މަދީނާއަށް ކުރަމުން އައި ދަތުރު ފުރަތަމަ ފަހަރަށް އޭސީކޮށްފައިވާ ހައިސްޕީޑް ރޭލްތަކުގައި ކުރަން ފެށި ދަތުރުގެ ދިގުމިން 7 ގަޑިއިރުން 2 ގަޑިއިރަށް ކުރުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ހިލޭ ބޭސްފަރުވާ ކުރުމާއި، ޙައްޖުވެރިންގެ ސިއްޙީ ކަންކަން ކަށަވަރުކުރުމަށްޓަކައި ސަޢުދީގެ ހޮސްޕްިޓަލަކާއެކު އެއްބަސްވުމެއް އެކުލަވާލަފާއިވާކަމަށެވެ. އަދި މިހުރިހާ ޚިދުމަތެއް ޙައްޖާޖީންނަށް ދެމުން އައިސްފައިވަނީ އިތުރަށް އެއްވެސް އަގެއް ނެގުމަކާ ނުލާކަން ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ ދިވެހި ޙައްޖުވެރިންނަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސަވާ ދެއްވާތީ ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށާއި ވަލީ އަޙުދު ސަލްމާން ބިން ޢަބްދުލް ޢަޒީޒްއަށް ޝުކުރު އަދާކުރައްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހި ސަގާފަތް ތަޖުރިބާކުރެވޭ ގޮތަށް އުސްގެކޮޅު ދާރުލްއާސާރަކަށް ބަދަލުކުރަނީޚަބަރު | ގަޑިއިރެއް ކުރިން1 ބިލިއަން ޑޮލަރާއެކު، ރާއްޖޭގެ ރިޒާވްގައި ރެކޯޑް އަދަދެއް ހުރިކަން ރައީސް ހާމަކުރައްވައިފިޚަބަރު | 2 ގަޑިއިރު ކުރިންޙައްޖާ ގުޅޭ ކަންކަން ފުރިހަމަ ކުރި މަދު ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ!ޚަބަރު | 2 ގަޑިއިރު ކުރިންދިފާއީ ބާރު ހަރުދަނާކުރުމަށް ފުނަދޫ އެއާ ސްޓޭޝަނުން މިއަހަރު ޚިދުމަތް ދޭން ފަށާނީޚަބަރު | 2 ގަޑިއިރު ކުރިން