logo
Bank of Maldives

Bank of Maldives

ޚަބަރު

ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ހެޔޮ ބަދަލެއް: ވަޒީރު އިޚްސާން

އައިޝަތު ނަޝާ
5 ފެބްރުއަރީ 2026 - 13:52
ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ހެޔޮ ބަދަލެއް: ވަޒީރު އިޚްސާން

އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ކަރެކްޝަންގެ މަސައްކަތުގައި ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

ކަރެކްޝަންގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން ސްޓްރެޓީޖިކް އެކްޝަން ޕްލޭން، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަނަރ ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާޙްކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އެއް ވިއުގައެއްގެ ތެރެއިން ހުރިހާ ޖަލެއްގައިވާ ޤައިދީންނާއި ބަންދުމީހުންގެ ޕަރސަނަލް ފައިލްތަކާއި މެޑިކަލް ރެކޯރޑްތަކާއި މޫވްމަންޓްތަކާއި އެހެނިހެން މަޢުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ މުވައްސަސާ ޢަމަލީ ސިފަ ޖެހެމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މައިއެމްސީއެސް ޕޯރޓަލްއާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ އިއްޔެ ހެނދުނު ހުޅުވުނު އެމްސީއެސްގެ އައު ފްރަންޓް އޮފީހަކީ އެކި ތަންތަނުން ދެމުން އައި ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ދޭ މަގު ފަހިވެގެންދިޔަ ކަމެއް ކަމަށާއި މައިއެމްސީއެސް ޕޯރޓަލްގެ ޒަރިއްޔާއިން، ރައްޔިތުން ޚިދުމަތް ހޯދަން އަންނަން ނުޖެހި ލުއި ފަސޭހަކަމާއެކު ޚިދުމަތްތަކަށް އެދެވޭނެ މަގުފަހިވެގެން ހިނގައްޖެ ކަމަށެވެ.

އަދި ކޮމިޝަނަރ އޮފް ޕްރިޒަންސްގެ ދުރު ވިސްނުމާއި ކާމިޔާބީތަކަށް ތަޢުރީފްކުރައްވަމުން ވަޒީރު ފާހަގަކުރެއްވީ، ޓީމެއް ޓީމެއްގެ ގޮތުގައި މަސައްކަތްކުރެވޭނީ މަގުދައްކާނެ ވެރިންނާއި އެ މަގުގައި ހިނގާނެ ފައުޖެއް އޮވެގެން ކަމަށާއި ކަރެކްޝަންގެ އަދުގެ ފައުޖަކީ މިފަދަ ފައުޖެއް ކަމަށާއި އެކަމަށް ވަޒީރު ފަޚުރުވެރިވާ ފަދަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ފައުޖެއް ކަމަށެވެ.

މިއީ މި މުވައްސަސާގެ ދިގު ބުރަ ތާރީޚުގައި ވިޝަން އެއް ރިއަލިޓީއަކަށް ހެދުމަށްޓަކައި ސޮފްހާތަކެއްގައި ލިޔެވިގެންދާ ދުވަހެއް. އަމާޒުތަކެއް ކަނޑައެޅި، އެ އަމާޒުތައް ވާސިލްކުރުމަށް މަގުތަކެއް ލިޔެވިގެންދާ ދުވަހެއް. މި މުވައްސަސާއިން ހޯދާނެ ކާމިޔާބީތައް ހޯދަމުންދާއިރު، އެ މެޝަރކުރެވޭނެ ގޮތްތަކެއް ލިޔެވިގެންދާ ދުވަހެއް. ވަޒީރު

ވަޒީރު ވަނީ އެމްސީއެސްގެ ކުރިއަށްއޮތް 3 އަހަރު ދުވަހުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭން އިފްތިތާޙުކުރުމުން، އެމްސީއެސްގެ ލީޑަރޝިޕްއަށާއި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ދަންނަވާފައެވެ.

މިއީ އެގޮތުން އެޅިގެންދިޔަ ފުރަތަމަ ފިޔަވަޅު ކަމަށާއި ދެން އޮންނާއި އެ ޕްލޭނާ އެއްގޮތަށް މަސައްކަތައް 100 ޕަސަންޓްގައި ޑެލިވަރކުރުން ކަން ވަޒިރު ފާހަގަކުރެއްވިއެވެ.

އަދި އެކަން ކާމިޔާބުކުރާނެ ކަމުގެ ޔަޤީންކަން އެބަ އޮތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޤައިދީންނާ ގުޅޭ މައުލޫމާތުތައް ޑިޖިޓަލްކޮށް ފެނިގެން ދިއުމަކީ ހެޔޮ ބަދަލެއް: ވަޒީރު އިޚްސާންޚަބަރު | ގަޑިއިރެއް ކުރިންވަޒީރުގެ ޝުކުރު ޑީއެންއާރަށާއި އިމިގްރޭޝަންގެ ހީވާގި މުވައްޒަފުންނަށްޚަބަރު | 4 މަސް ކުރިންކޮރަޕްޝަން ހުއްޓުވޭނީ ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކުގެ މައްޗަށް ގާނޫނު ތަންފީޒު ކުރުމުން: އިހްސާންޚަބަރު | 4 މަސް ކުރިންފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ރައީސް މަސައްކަތްޕުޅުތަކެއް ކުރައްވާ: ވަޒީރު އިޙުސާންޚަބަރު | 5 މަސް ކުރިން