logo
Bank of Maldives

Bank of Maldives

ކުޅިވަރު

ނިއުރޭޑިއަންޓްގެ ކޯޗު ސުޒޭންގެ ބައްޕަ ނިޔާވެއްޖެ

އަބްދުﷲ ޣާނިމް
7 ފެބްރުއަރީ 2026 - 05:39
ފޮޓޯ: ދަޢުލަތުގެ މީޑިއާ
ފޮޓޯ: ދަޢުލަތުގެ މީޑިއާ

ރާއްޖޭގެ މަޝްހޫރު ދެ ފުޓްބޯޅަ ކޯޗުން ކަމަށްވާ އަލީ ސުޒޭން އާއި މުހައްމަދު ނަޒީހުގެ ބައްޕަ، ހަސަން އަލީ ރޭގެ ވަގުތެއްގައި ނިޔާވެއްޖެ އެވެ. ރާއްޖޭގެ ކުޅިވަރު އާއިލާއަށް ބޮޑު ހިދުމަތްތަކެއް ކޮށްދެއްވި ހަސަން އަލީ ނިޔާވިއިރު އުމުރަކީ 78 އަހަރެވެ.

ހަސަން އަލީގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިއަދު މެންދުރު ނަމާދުގެ ފަހުގައި، މއ. އާސަހަރާ މިސްކިތުގަ އެވެ. ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ކަށުނަމާދުގައި ބައިވެރިވުމަށް އާންމުންނަށް ދައުވަތު ދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސުޒޭން އާއި ނަޒީހުގެ އިތުރުން އިބްރާހިމް ޝިނާޒް އަދި ކުޅަދާނަ ގޯލްކީޕަރު ޓްރެއިނަރު އަހުމަދު ރިޔާޒް (ގާނާ) ގެ ބައްޕަ ހަސަން އަލީ އަކީ ދިވެހި ކުޅިވަރުގެ ޒަމާންވީ ހިދުމަތްތެރިއެކެވެ. އޭނާ އަކީ ރާއްޖޭގެ އެކި ކުޅިވަރުތަކުގައި ފާހަގަކޮށްލެވޭ ކްލަބް އީގަލްސްގެ މަސްއޫލުވެރިޔާ އެވެ. މާފަންނުގައި އީގަލްސްގެ ހަރަކާތްތައް ފަށައިގަތުމުގައި އިސްކޮށް އުޅުއްވައި، 1980 ގެ ފަހުކޮޅު އެ ކްލަބް ރެޖިސްޓްރީ ކުރުމުގައި އޭނާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފަ އެވެ.

ހަސަން އަލީއާ ގުޅިފައިވާ އެންމެ ހާއްސަ އެއް ހަނދާނަކީ 2016 ވަނަ އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗެވެ. އެ މެޗަކީ ލީގުގެ ތާރީހުގައި ވެސް އެއްބަނޑު އެއްބަފާ ދެބެން ކޯޗުންގެ ގޮތުގައި ދެ ޓީމަކާ ހަވާލުވެ ތިބެ ބައްދަލުކުރި ފުރަތަމަ މެޗެވެ. ސުޒޭންގެ އިރުޝާދުގެ ދަށުން ކުޅުނު މާޒިޔާ އާއި ނަޒީހުގެ ވިކްޓަރީ ބައްދަލުކުރި އެ މެޗުގެ ޝަރަފްވެރި މެހެމާނަކީ ވެސް އެ ދެ ބޭފުޅުންގެ ބައްޕަ ހަސަން އަލީ އެވެ.

ކުޅިވަރުގެ ދާއިރާގައި ޝާމިލުވާން ބޭނުންވި ގިނަ ޒުވާނުންތަކަކަށް ފުރުސަތުތައް ހޯދައިދިނުމުގައި ހަސަން އަލީ ވަނީ ނަމޫނާ މަސައްކަތްތަކެއް ކުރައްވާފަ އެވެ. އޭނާގެ ވަކިވުމަކީ ދިވެހި ކުޅިވަރު އާއިލާއަށް ލިބުނު ފޫނުބެއްދޭނެ ބޮޑު ދެރައެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިއުރޭޑިއަންޓްގެ ކޯޗު ސުޒޭންގެ ބައްޕަ ނިޔާވެއްޖެކުޅިވަރު | 2 ގަޑިއިރު ކުރިންފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | މަހެއް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިންގޯލްޑަން ފުޓްސަލް ޗެލެންޖު 2026 ގައި ކުޅޭ މާވަށު ޓީމަށް ޖާޒީ ހަވާލުކޮށްފިކުޅިވަރު | މަހެއް ކުރިން