logo
Bank of Maldives

Bank of Maldives

ޚަބަރު

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް 'ވޯކް ފްރޮމް ހޯމް' ދެނީ

އައިޝަތު ނަޝާ
7 ފެބްރުއަރީ 2026 - 06:36
ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންނަށް 'ވޯކް ފްރޮމް ހޯމް' ދެނީ

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ބެލެނިވެރިންގެ ތެރެއިން، ސިވިލް ސާވިސް ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ގޭގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ފުރުސަތު އަންނަ މާޗު މަހުން ފެށިގެން ދިނުމަށް ސަރުކާރުން ނިންމައިފިއެވެ.

މިކަން އިއުލާން ކުރެއްވީ، ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ފެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ބުރާސްފަތި ދުވަހު ދެއްވި ރިޔާސީ ބަޔާނުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ، ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި، ކޮންމެ އަހަރަކު، ހާއްސަ އެހީއަށް ބޭނުންވާ އިތުރު 500 ފަރާތަކަށް ވަޒީފާ ހަމަޖައްސައިދިނުމެވެ. އަދި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބާރުވެރިކުރުވައި، އެފަރާތްތަކުގެ ހުނަރުތައް ތަރައްގީކޮށް، މާލީ ތަނަވަސްކަން އިތުރުކުރުމަށް، އެކި ފުރުސަތުތައް ފަހިކޮށްދިނުމުގެ މަގްސަދުގައި ގާއިމުކުރާ "އެމްޕަވަރމަންޓް ހަބް"ގެ އަމަލީ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފަށާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް އިތުރަށް ވިދާލުވީ، ދަރިވަރުގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ނުވަތަ ނަފްސާނީ ހާލަތު ހުރި މިންވަރަށް ބަލައި، ހެދޭ އެސެސްމަންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައެޅޭ ގަވާއިދަކާ އެއްގޮތްވާ ގޮތުގެ މަތީން، އެފަދަ ކުދިންނަށް ހޯމް ސްކޫލިންގ ޕާތުވޭ ފަހިކޮށްދިނުމަށް ގާނޫނަށް، އިސްލާހު ގެނައުމަށް، މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގައި ހުށަހަޅާނަން ކަމަށެވެ.

މީގެ އިތުރުން އެކުދިންނަށް، އެކި މާއްދާތަކުގެ ހާއްސަ ފޮތްތައް ތައްޔާރުކުރުމާއި، އެ ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި، އޯ ލެވެލްއަށް ތައްޔާރުވުމަށް ހާއްސަ މަސައްކަތްތަކެއް ރާވައި ތަންފީޒުކުރަން، މި އަހަރުގެ ތެރޭގައި ފަށާނެ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަރްހޫމް ޝަކޫރު ވަނީ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށް އިސްދައުރެއް އަދާކޮށްފަ: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއް: ރައީސްޚަބަރު | 5 ގަޑިއިރު ކުރިންބާރެއް އޮތުމުން އެ ބާރެއް ބޭނުންކުރަން ވާނީ ޒިންމާދާރު ކަމާއެކުގައި: ރައީސް ޚަބަރު | 20 ގަޑިއިރު ކުރިންޕާކިސްތާނު ޑޭ ގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ފޮނުއްވައިފިޚަބަރު | 20 ގަޑިއިރު ކުރިން