logo
Bank of Maldives

Bank of Maldives

ޚަބަރު

އައްޑޫ ސިޓީ އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފި

މުޙައްމަދު އަފްރާޙް
7 ފެބްރުއަރީ 2026 - 18:00
ފޮޓޯ: އޭއީއެޗް
ފޮޓޯ: އޭއީއެޗް

އައްޑޫ ސިޓީ އައިނު ފިހާރައާއި ކެތު ލެބް ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލުގައި އޮތް ހާއްސަ ރަސްމިއްޔާތުގައި ފިހާރަ ހުޅުވައިދެއްވީ ޞިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހީމްއެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލްގެ ސީއީއޯ ޑރ. އިބްރާހިމް ޔާސިރް އަހުމަދު ވަނީ ބައިވެރިވެފައެވެ. މިއީ އަތޮޅުތެރޭގައި ޤާއިމުކުރި ފުރަތަމަ އައިނު ފިހާރައާއި ކެތު ލެބެވެ.

މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ މި ކެތު ލެބްގެ ޚިދުމަތުގެ ސަބަބުން އައްޑޫސިޓީގެ އިތުރުން މުޅި ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުން ހިތުގެ ބަލިތަކަށް ފަރުވާކުރުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރެވިގެންދާނެ ކަމަށެވެ. އަދި ޚިދުމަތް ފުޅާކުރުމަށް ކުރެވޭ މަސައްކަތުގައި އޭއީއެޗްގައި ނެހެދޭ ބައެއް ޓެސްޓުތަކުގެ ސާންޕަލްތައް ނަގައި މާލޭގެ ބައެއް ޕްރައިވެޓް ލެބޯޓަރީތަކަށް ފޮނުވުމާއި ބައެއް ޓެސްޓުތައް ހެދުމަށް ސާމްޕަލް ފޮނުވާއިރު، އާންމުންގެ އަތުން ކޯ ޕޭމަންޓެއް ނަގަމުން ދާތީ އެކަމަށް ދާއިމީ ހައްލެއް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ކެތު ލެބްގެ ކަންކަން ބަލަހައްޓާ ހިނގުމާއި އައިނު ފިހާރައާއި ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް އައިޖީއެމްއެޗްއާއި އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލާއި ދެމެދުވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އައްޑޫ އިން ސީދާ މައްކާއަށް އުމްރާ ދަތުރުތައް ފެށަނީ! ޚަބަރު | 18 ދުވަސް ކުރިންރާއްޖޭގެ 3 ސިޓީގައި ސިންތެޓިކް ޓްރެކް އަޅަނީޚަބަރު | 21 ދުވަސް ކުރިންމަރްުހޫމް ސާލިހު ވަނީ އައްޑޫގެ ކުރިއެރުމަށާއި ތަރައްޤީއަށް މުހިންމު ޚިދުމަތްތަކެއް ކޮށްދެއްވާފަ: ރައީސްޚަބަރު | މަހެއް ކުރިންއައްޑޫގައި ބިދޭސީ އަކު މަރުވެފައި އޮއްވާ ފެނިއްޖެޚަބަރު | 2 މަސް ކުރިން