logo
Bank of Maldives

Bank of Maldives

ކުޅިވަރު

ގެޔޯޜކެރޭސްގެ ދެ ލަނޑާއެކު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓުގެ ލީޑެއްނަގައި ލީގު ހޯދުމާ ގާތަށް

އަބްދުﷲ ޣާނިމް
8 ފެބްރުއަރީ 2026 - 03:30
ގެޔޯޜކެރޭސްގެ ދެ ލަނޑާއެކު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓުގެ ލީޑެއްނަގައި ލީގު ހޯދުމާ ގާތަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ސަންޑަލޭންޑް އަތުން 3-0 އިން މޮޅުވެ، ތާވަލުގެ އެއްވަނައިގައި އާސެނަލުން ނުވަ ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ. މި މޮޅާއެކު އާސެނަލަށް މިވަނީ ލީގު ތާވަލުގެ ކުރީގައި ބޮޑު ލީޑެއްހޯދައި ލީގު ކާމިޔާޞު ކުރުމާއި ގާތަށް ޖެހިލާފައެވެ.

މެންޗެސްޓާ ސިޓީ އާދީއްތަ ދުވަހާ ހަމައަށް މެޗެއް ކުޅެން ނެތުމާއި، އެސްޓަން ވިލާ އާއި ބޯންމައުތު ބައްދަލުކުރި މެޗު އެއްވަރުވުމުގެ ފައިދާ އާސެނަލުން ވަނީ ވަރަށް ރަނގަޅަށް ހިފާފައެވެ. މެޗުގެ ފުރަތަމަ ހާފުގައި އާސެނަލުން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ލީޑު އެޓީމުން ނެގީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. ލިއަންޑްރޯ ޓްރޮސާޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ މާޓިން ޒުބިމެންޑީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އާސެނަލްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ފެނިގެންދިޔައީ މެޗުގެ ދެވަނަ ހާފުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަ މިނެޓު ތެރޭގައި ވިކްޓަރ ގިޔޮކެރޭސް ވަނީ އާސެނަލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ގަބްރިއަލް މާޓިނެލީ ތަނަވަސްކޮށްދިން ފުރުސަތަކުން ގިޔޮކެރޭސް ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށް މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްލާފައެވެ.

މިއީ 2003-04 ވަނަ އަހަރުގެ ސީޒަނަށްފަހު، ލީގު ތާވަލުގެ ކުރީގައި އާސެނަލުން ނުވަ ޕޮއިންޓުގެ ލީޑެއް ނެގި ފުރަތަމަ ފަހަރެވެ. އެ ސީޒަނަކީ އެއްވެސް މެޗަކުން ބަލިނުވެ އާސެނަލުން ލީގު ޗެމްޕިއަންކަން ހޯދި ތާރީޚީ ސީޒަނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެޔޯޜކެރޭސްގެ ދެ ލަނޑާއެކު ތާވަލުގެ ކުރީގައި ނުވަ ޕޮއިންޓުގެ ލީޑެއްނަގައި ލީގު ހޯދުމާ ގާތަށްކުޅިވަރު | 2 ގަޑިއިރު ކުރިންޗެލްސީ ބަލިކޮށް އާސެނަލުން ޓްރަސްޓް ދަ ޕޮރޮސެސްގެ ދިގު އިންތިޒާރު ނިމުމަކާ ގާތަށްކުޅިވަރު | 4 ދުވަސް ކުރިންލީޑްސް ބަލިކޮށް އާސެނަލް ތާވަލުގެ ކުރީގައި ހަތް ޕޮއިންޓުގެ ލީޑެއް ނަގައި ލީގުގެ ކޮންޓްރޯލް ނަގައިފިކުޅިވަރު | 8 ދުވަސް ކުރިންޔުނައިޓެޑުން ކޯނަރ އެފްސީ އަމިއްލަ ދަނޑުގައި ކޯނަރެއްގެ ބާރުގައި އެންމެ ޕޮއިންޓެއްވެސް ހޯދިޔަނުދީ ހުއއްޓުވައިފިކުޅިވަރު | 13 ދުވަސް ކުރިން