logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހް

އައިޝަތު ނަޝާ
8 ފެބްރުއަރީ 2026 - 08:36
އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހް

 އިދިކޮޅު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ތެރޭގައި އޮތް ސިޔާސީ ކޯޅުމުގެ ސަބަބުން އެ ޕާޓީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބަށް ވާދަކުރާ ކެންޑިޑޭޓުން އެ ޕާޓީއާއެކު ކުރިއަށްދާން ބޭނުން ނުވާ ކަމަށް ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ފަލާހު މިފަދައިން ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް، އައްޑޫ ސިޓީގައި ޕީއެންސީގެ ކެމްޕެއިން އިފްތިތާހު ކުރުމުގެ ގޮތުން ރޭ އެ ސިޓީގައި ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރޭގެ ޖަލްސާގައި ވާހަކަދައްކަމުން ފަލާހު ވިދާޅުވީ، އިންތިހާބު ނުބާއްވަނީސް މިހާރުވެސް ގާތްގަނޑަކަށް %7 ގޮނޑި ޕީއެންސީއަށް ޔަގީންވެފައިވާ ކަމަށާއި، އެކަމުންވެސް ޕާޓީއަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އޮތް ތާއީދު ހާމަވާ ކަމަށެވެ.

ކެންޑިޑޭޓުންގެ ނަން ނެގުމަށް އަންނަ ބުރާސްފަހި ދުވަހުގެ ނިޔަލަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މުއްދަތު ދީފައިވާއިރު، އެ މުއްދަތުގެ ތެރޭގައި ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމުން އިންތިހާބަކާ ނުލައި %10 ގޮނޑި ޕީއެންސީއަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށްވެސް ފަލާހް ވިދާޅުވިއެވެ.

 ބައެއް ރަށްރަށުގެ ކައުންސިލުގެ ގޮނޑިތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިތަކަށް ޕީއެންސީ ކެންޑިޑޭޓުން ފިޔަވައި އިތުރު ބަޔަކު ކުރިމަތިލާފައެއް ނުވެއެވެ. އެހެންކަމުން، އެ ގޮނޑިތައް ވަނީ ޕީއެންސީއަށް ކަށަވަރުވެފައެވެ.

އީސީން އާންމުކޮށްފައިވާ ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބަށް ޖުމްލަ 2،993 ކެންޑިޑޭޓުން ވާދަކުރެއެވެ.އެއީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 1،610 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކަށް ވާދަކުރާ 1،383 ކެންޑިޑޭޓުންނެ

. އޭގެ ތެރޭގައި އެންމެ ގިނައީ ވެރިކަންކުރާ މައި ޕާޓީ، ޕީއެންސީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޑީޕީގެ ތެރޭގައި އޮތް ކޯޅުމުގެ ސަބަބުން އެ ޕާޓީއާއެކު ކުރިއަށްދާން ކެންޑިޑޭޓުން ބޭނުމެއް ނުވޭ: ފަލާހްޚަބަރު | 4 ގަޑިއިރު ކުރިންޕީއެންސީ ކުޅުދުއްފުށީ ސިޓީގެ މޭޔަރު ކެންޑިޑޭޓު ސިޓީއަށް އޮތީ ވަރުގަދަ ތަސައްވުރެއްޚަބަރު | 17 ގަޑިއިރު ކުރިންއެމްޑީޕީގެ ދެ ވެރިކަމުގައިވެސް ރާއްޖޭގެ އިގްތިސޯދަށް ފައިދާވާނެ ކަމެއް ކޮށްފައިނުވޭ: ފަލާހްޚަބަރު | ދުވަހެއް ކުރިންކުޅުދުއްފުށި ހައުސިންގ ޔުނިޓުތަކުގެ މަސައްކަތް މިއަހަރު ފަށާނަން: މިނިސްޓަރޚަބަރު | ދުވަހެއް ކުރިން