logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ރާއްޖޭގެ 5 ސަރަޙައްދެއްގައި ނިއުރޭޑިއަންޓުން އެކަޑެމީ ޤާއިމުކުރަނީ

އަބްދުﷲ ޣާނިމް
8 ފެބްރުއަރީ 2026 - 13:26
ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ރާއްޖޭގެ 5 ސަރަޙައްދެއްގައި ނިއުރޭޑިއަންޓުން އެކަޑެމީ ޤާއިމުކުރަނީ

ރާއްޖޭގައި އުފައްދާ ފުރަތަމަ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ނިއުރޭޑިއަންޓުން ރާއްޖޭގެ ފަސް ސަރަޙައްދެއްގައި އެކަޑެމީތައް އިފްތިތާޙުކުރަން ނިންމައި އެކަން އިޢުލާނުކޮށްފިއެވެ. މިއަދު ނިއުރޭޑިއަންޓުގެ ފަރާތުން މީޑިއާތަކަށް ބައްދަލުކޮށް އެކަން ވަނީ ރަސްމީކޮށް އިޢުލާނުކޮށްފައެވެ.

ނިއުގެ ފަރާތުން ރާއްޖޭގެ ޖުމްލަ ފަސް ސަރަޙައްދެއްގައި އެކަޑެމީ ޤާއިމްކުރަން ނިންމި ސަރަޙައްދުތަކަކީ ހުޅުމާލެ އާއި މާލެއާއި ފ.ނިލަންދޫ އާއި އިހަވަންދޫ އާއި ގދ.ތިނަދޫ އެވެ. މީގެ އިތުރުންވެސް ކުރިޔަށް އޮތްތަނުގައި އެހެނިހެން ރަށްރަށުގައިވެސް ނިއުރޭޑިއަންޓްގެ އެކަޑެމީތައް ހުޅުވިގެންދާނެކަމަށް ކުލަބުގެ ފަރާތުން މަޢުލޫމާތުދީފައިވެއެވެ.
މީގެ އިތުރުން ނިއުރޭޑިއަންޓްގެ އެކަޑެމީ އާއި ރާއްޖޭގެ އެހެން އެކަޑެމީތަކާއި ތަފާތުވާނެކަމަށް ކަމަށާއި މުސްތަޤުބަލުގައި ބޭނުންކުރާނީ އެކަޑެމީއިން ތަރައްޤީކުރާ ކުޅުންތެރިންނަށް ފުރަތަމަ ޓީމުން ޖާގަދީގެން އެކުލަވާލެވޭ މޮޑެލްއެއް ތަރައްޤީކުރުންކަމުގައި މަޢޫލޫމާތުދީފައިވެއެވެ. އެގޮތުން ނިއުރޭޑިއަންޓާއި މިހާރު ގުޅިފައިވާ ސްޕެއިންގެ ޓެކްނިކަލް ޑައިރެކްޓްރުން މިހާރު އެކަޑެމީގެ މަސައްކަތް ފަށައި، ކުރިޔަށް އޮތް ދުވަސްތަކުގައި ބޭރުގެ ތަޖުރިބާކާރު ކޯޗުން އެކަޑެމީއާއި ގުޅޭނެކަމަށް މަޢުލޫމާތު ދީފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

7a164a50-9d11-4961-8925-db9e60223dad.jpg

ނިއުއާއި އަލަށް ގުޅުނު ޓެކްނިކަލް ޑައިރެކްޓަރ. ފޮޓޯ: ނިއުރޭޑިއަންޓް މީޑިއާ


ކުލަބުގެ ޗެއާމަން އަހުމަދު މުބީން ވިދާޅުވީ، މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން އައު ޓެކްނިކަލް ޑައިރެކްޓަރު އަންދްރޭސް އަންނަނީ އެ ކުލަބާއެކު މަސައްކަތް ކުރަމުން ކަމަށެވެ. އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުލަބުގެ އޭ ޓީމާއި، ބީ ޓީމުގެ އިތުރުން އަންހެން ޓީމުތަކާއި އެކަޑަމީގެ ޓެކްނިކަލް ހުރިހާ ކަމެއް ބެލެހެއްޓުން ހިމެނެއެވެ. މުބީން ފާހަގަކުރެއްވި ގޮތުގައި އަންދްރޭސްގެ އިރުޝާދުގެ ދަށުން މުސްތަގުބަލަށް އަމާޒުކޮށްގެން އައު ޓީމުތަކެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަންދްރޭސް އަކީ ކޮވިޑް-19ގެ ދުވަސްވަރު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އައި އެކު ރާއްޖޭގައި މަސައްކަތްކޮށްފައިވާ ކޯޗެކެވެ. ސެލްގާޑް ފައުންޑޭޝަންގެ މެންބަރެއް ކަމަށްވާ އަންދްރޭސްއަކީ ޔޫރަޕްގައި ކުލަބުތަކާއި އެކަޑަމީތައް ހިންގާގޮތުގެ ތަޖުރިބާކާރެއް ކަމަށާއި، އޭނާގެ އިރުޝާދުގެ ދަށުން ދެން އަންނަ މުބާރާތްތަކަށް ނިއުރޭޑިއަންޓް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ނިއުގެ ފަރާތުން މިބައްދަލުވުމުގައި ވަނީ މަޢުލޫމާތުދީފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފުރަތަމަ ފަހަރަށް ރާއްޖޭގެ އަންހެން ފުޓްބޯޅަ އެކަޑެމީއާއެކު ރާއްޖޭގެ 5 ސަރަޙައްދެއްގައި ނިއުރޭޑިއަންޓުން އެކަޑެމީ ޤާއިމުކުރަނީކުޅިވަރު | 3 ގަޑިއިރު ކުރިންނިއުރޭޑިއަންޓްގެ ކޯޗު ސުޒޭންގެ ބައްޕަ ނިޔާވެއްޖެޚަބަރު | ދުވަހެއް ކުރިންފަހުވަގުތުގެ ދެގޯލާއެކު ނިއުއަށް މުހިންމު މޮޅެއްކުޅިވަރު | މަހެއް ކުރިންނިއު އާއި އޮޑި އެއްވަރުވެ، މާޒިޔާއަށް ލީގުގެ ކޮންޓްރޯލް އެއްކޮށް ލިބިއްޖެކުޅިވަރު | މަހެއް ކުރިން