logo
Bank of Maldives

Bank of Maldives

ދުނިޔެ

އިނގިރޭސިވިލާތު މަޝްހޫރު ރެޕް ފަންނާނު "ސެންޓްރަލް ސީ" ލައިވް އިވެންޓެއްގައި އިސްލާމްވިކަން ޢިއުލާންކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
9 ފެބްރުއަރީ 2026 - 17:33
"ސެންޓްރަލް ސީ" 
"ސެންޓްރަލް ސީ" 

 

އިނގިރޭސިވިލާތުގެ ހުޅަނގު ލަންޑަނަށް ނިސްބަތްވާ ދުނިޔޭގެ މަޝްހޫރު ރެޕް ފަންނާނު "ސެންޓްރަލް ސީ" އިސްލާމްދީން ގަބޫލުކޮށް މުސްލިމަކަށް ވެއްޖެއެވެ. އުމުރުން 27 އަހަރުގެ މި ފަންނާނު މިކަން ހާމަކޮށްފައިވަނީ ކޮންޓެންޓް ކްރިއޭޓަރ "ޕްލެކްބޯއި މެކްސް" އާއެކު ކުރިއަށްދިޔަ ލައިވްސްޓްރީމެއްގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ލައިވްސްޓްރީމްގައި ސެންޓްރަލް ސީ ބުނެފައިވަނީ، "އަހަރެން މިހާރު ނަން ބަދަލުކޮށް ޝަހާދަތް ކިޔައިފިން. އަހަރެންނަކީ މިހާރު މުސްލިމެއް،" ކަމަށެވެ. އޭނާ މިކަން ހާމަކުރި ވަގުތު އެތަނުގައި ތިބި އެކުވެރިން ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ މާކެޓިންގ އުކުޅެއްގެ ބަދަލުގައި އޭނާގެ އަމިއްލަ ދިރިއުޅުމުގައި ނިންމި އިޚްލާސްތެރި ނިންމުމެކެވެ.

އިސްލާމްވުމަށްފަހު އޭނާ އިޚްތިޔާރުކޮށްފައިވާ ނަމަކީ "އަގީލް" އެވެ. މިއީ އަރަބި ބަހުން "ބުއްދިވެރި" ނުވަތަ "ވިސްނުންތެރިޔާ" މި މާނަ ދޭހަވާ ނަމެކެވެ. އަމިއްލަ ނަން ބަދަލުކުރި ނަމަވެސް، މިއުޒިކީ ދާއިރާގައި ބޭނުންކުރާ ފަންނީ ނަން ނުވަތަ "ސްޓޭޖް ނޭމް" ބަދަލުކުރާނެ ކަމެއް އޭނާ އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ.

1998 ވަނަ އަހަރު އުފަންވި ސެންޓްރަލް ސީ އިސްލާމްދީނަށް ޝައުގުވެރިކަން ހުރިކަން ފާއިތުވި އަހަރުތަކުގައި ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން އޭނާގެ އިންސްޓަގްރާމް ކެޕްޝަންތަކުގައި އަރަބި ބަސް ބޭނުންކުރުމާއި، 2025 ވަނަ އަހަރު ނެރުނު "ބޫގާ" ފަދަ ލަވަތަކުގައި ތައުބާވުމާއި ނަމާދާ ގުޅޭ ގޮތުން ހިމަނާފައިވާ ޅެންބައިތަކުން އޭނާގެ ހިތުގައި ދީނަށް އޮތް ލޯބި ވަނީ ފެނިގެން ގޮސްފައެވެ.

ސެންޓްރަލް ސީގެ މި ނިންމުން ޢިއުލާންކޮށްފައި ވަނީ އޭނާގެ ކާމިޔާބު "ކާންޓް ރަޝް ގްރޭޓްނަސް" ވޯލްޑް ޓުއާ ނިންމާލި ދަނޑިވަޅުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިނގިރޭސިވިލާތު މަޝްހޫރު ރެޕް ފަންނާނު "ސެންޓްރަލް ސީ" ލައިވް އިވެންޓެއްގައި އިސްލާމްވިކަން ޢިއުލާންކޮށްފިދުނިޔެ | 2 ގަޑިއިރު ކުރިންއެޕްސްޓީންގެ އެކައުންޓެއް އޮންލައިންވެ އިސްރާއީލުގައި ހުރެގެން އޮންލައިން ގޭމް ކުޅެނީ؟ދުނިޔެ | 2 ދުވަސް ކުރިންފަލަސްތީނަށް ތާއީދުކޮށް ސްޓިކާ ހަރުކުރި އިނގިރޭސިވިލާތުގެ ދެ ފަތުރުވެރިއަކަށް އިންޑިއާ ދޫކޮށް ދިއުމަށް އަމުރުކޮށްފިދުނިޔެ | 6 ދުވަސް ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 6 ދުވަސް ކުރިން