logo
Bank of Maldives

Bank of Maldives

ކުޅިވަރު

މިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީ

އަބްދުﷲ ޣާނިމް
10 ފެބްރުއަރީ 2026 - 07:07
މިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީ

ބާސެލޯނާގެ ރިޔާސީ އިންތިޚާބު ގެ ވޯޓުލުން ފަށާފައިވާއިރު ކްލަބުގެ ކުރިމަގާއި މިހާރު ކުރިއަށްދާ މަޝްރޫޢުތަކާ މެދު ވަނީ ނުތަނަވަސްކަން އުފެދިފައެވެ. އައު ރައީސަކު އިންތިޚާބުވެއްޖެނަމަ ކްލަބުގެ ކަންކަން ބަދަލުވެގެންދާނެ ގޮތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މިހާރުގެ ރައީސް ޖޮއާން ލަޕޯޓާގެ ދައުރުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް، ކްލަބަށް ކުރިމަތިވެފައިވާ މާލީ ދަތިތަކުން އަރައިގަތުމަށް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ޒުވާން ކުޅުންތެރިންގެ މައްޗަށް ބިނާކޮށް ވަރުގަދަ ޓީމެއް އެކުލަވާލައި، ބާސެލޯނާ އަލުން ބޮޑެތި މުބާރާތްތަކުގެ ވާދަވެރިކަމަށް އޭނާ ވަނީ ގެނެސްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޯޗު ހަންސީ ފްލިކް އަކީ ލަޕޯޓާގެ މި މަޝްރޫޢުގެ އެންމެ މުހިންމު އެއް ތަނބެވެ. ފްލިކް އަކީ ލަޕޯޓާގެ ފުރިހަމަ އިތުބާރު އޮތް ކޯޗަކަށް ވާއިރު، އިންތިޚާބުގެ ނަތީޖާއަކީ ފްލިކްގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ ކަމެކެވެ. ފްލިކް އަމިއްލައަށްވެސް ދެކެނީ އޭނާއަކީ ލަޕޯޓާގެ ޕްރޮޖެކްޓުގެ ބައެއްގެ ގޮތުގައެވެ.

މާކާ (MARCA) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހަންސީ ފްލިކް ހުރީ ޑެކޯ އަދި ލަޕޯޓާގެ އިރުޝާދުގެ ދަށުން މަސައްކަތް ކުރުމަށް ވަރަށް ހިތްހަމަޖެހިފައެވެ. އަދި ލަޕޯޓާ އަލުން އިންތިޚާބުވެއްޖެނަމަ، ކެޓަލޯނިއާގައި މަޑުކުރުމުގެ މުއްދަތު އިތުރުކުރުމަށްވެސް އޭނާ ހުރީ ތައްޔާރަށެވެ. މީގެ އިތުރުން ޖޮއާން ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާދޫކޮށްލާނެކަމަށް މަޝްހޫރު ޖާނަލިސްޓް ފަބްރީޒިއޯވެސް ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ކޯޗާއި ރައީސާ ދެމެދު މިހާރުވެސް މަޝްވަރާ ކުރެވިފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް، ލަޕޯޓާ އިންތިޚާބު ކާމިޔާބުކޮށް ރަސްމީކޮށް މަޤާމާ ހަވާލުވާ ޖުލައި 1 ގެ ކުރިން މިކަމާ ގުޅޭ އެއްވެސް ރަސްމީ އިޢުލާނެއް ނުކުރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާ ބަނގުރުޓުން ސަލާމަތްވެ، ދުބާއީގައި ރިއަލް އެސްޓޭޓް މާކެޓަށްކުޅިވަރު | 2 ގަޑިއިރު ކުރިންމިހާރު ކުރިޔަށްދާ އިންތިޚާބުގައި ލަޕޯޓާއަށް ނާކާމިޔާބުވެއްޖެނަމަ ފްލިކް ބާސާ ދޫކޮށްލަނީކުޅިވަރު | 2 ގަޑިއިރު ކުރިންއަރައުހޯގެ ގޯލާއެކު ބާސެލޯނާގެ ފޭވަރިޓް މުބާރާތުގެ ސެމީއަށް ދަތުރުކޮށްފިކުޅިވަރު | 6 ދުވަސް ކުރިންޔަމާލްގެ ގޯލާއެކު ބާސާއިން ތާވަލުގެ އެއްވަނައިގައި ލީޑު ފުޅާކޮށްފިކުޅިވަރު | 9 ދުވަސް ކުރިން