logo
Bank of Maldives

Bank of Maldives

ޚަބަރު

ބައްސާމާ ދެކޮޅު ހުށަހެޅި ހެކިތަކެއް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެ

އަޙްމަދު ޒަލީފް
8 އޮކްޓޯބަރު 2024 - 08:39
ބައްސާމާ ދެކޮޅު ހުށަހެޅި ހެކިތަކެއް ސިއްރުކޮށްދޭން ދައުލަތުން އެދިއްޖެ

އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާ ދެކޮޅަށް ހުށަހަޅާފައިވާ 7 ހެއްކެއް ސިއްރުކޮށްދިނުމަށް ދައުލަތުގެ ފަރާތުން މިއަދު ކްރިމިނަލް ކޯޓުގައި އެދިއްޖެއެވެ.

އެފްއޭއެމްގެ ފައިސާއަށް ހިޔާނާތްތެރިވި މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގ އަދި ހިޔާނާތްތެރިވުމުގެ ދަޢުވާ އުފުލާފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައަކީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ ސިއްރުކޮށްދިނުމަށް އެދިފައިވަނީ ބީއެމްއެލްގައި ހުޅުވާފައިވާ ހަތް އެކައުންޓެއްގެ ސްޓޭޓްމަންޓްތައް ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ އެފްއޭއެމްގެ ނަމުގައި ބޭންކް އޮފް ސިލޯންގައި ހުޅުވާފައިވާ އެކައުންޓަކުން ބައްސާމްގެ ނަމުގައި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކުރި ފައިސާގެ މަޢުލޫމާތާއި، ބައްސާމްގެ އަމިއްލަ ބޭނުންތަކަށް ފައިސާ ޖަމާކޮށްފައިވާ އެހެން ފަރާތްތަކުގެ އެކައުންޓް ސްޓޭޓްމަންޓްތަކެވެ.

ބައްސާމްގެ ވަކީލު އިބްރާހިމް ޝަމީލް ވިދާޅުވެފައިވަނީ ހެކި ރައްކާތެރިކުރުމުގެ އަމުރަކަށް އެދިފައިވާކަން މީގެ ކުރިން އެނގިފައި ނުވާ ކަމަށާއި، އެކަމާ ގުޅޭ ފޯމު ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ. ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވެފައިވަނީ އެ ފޯމު ހަވާލުކުރައްވާނެ ކަމަށާއި، ދެން އޮންނަ އަޑުއެހުމުގައި ހެކި ރައްކާތެރިކުރުމާ ބެހޭގޮތުން ގޮތެއް ނިންމަވާނެ ކަމަށެވެ.

މި މައްސަލައިގައި ބައެއް ލިޔެކިއުންތައް މަދުވާތީ އާއި ދިރާސާކުރަން ވަގުތު ބޭނުންވާތީ ދިފާޢުން އެދިފައިވާތީ، އެ ލިޔެކިއުންތައް ހިއްސާކުރުމަށް މި މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް މައްސަލަ ބައްލަވާ ޤާޟީ ވަގުތު ދެއްވާފައިވެއެވެ.

މި މައްސަލައިގެ ތަޙްޤީޤު ފެށިފައިވަނީ 2018 ވަނަ އަހަރު އެފްއޭއެމްއަށް ފީފާއިން ލިބުނު ފައިސާގެ ތެރެއިން 9،999 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި ކަމަށް ތުހުމަތު ކުރެވުމާ ގުޅިގެންނެވެ. މި މައްސަލައިގައި ބައްސާމްގެ މައްޗަށް މަނީ ލޯންޑަރިންގ އަދި ހިޔާނާތްތެރިވުމުގެ ދަޢުވާ އުފުލާފައިވާއިރު، މައްސަލައިގެ ޝަރީޢަތް މިހާރު ދަނީ ކްރިމިނަލް ކޯޓުގައި ކުރިއަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޔާނާތުގެ ދައުވާއިން ދިފާއުވާން ބައްސާމް ދައްކާ ވާޙަކަތަކަށް ކުރީގެ ޕީޖީ ޝަމީމްގެ ތަފްސީލީ ރައްދެއްޚަބަރު | 2 ގަޑިއިރު ކުރިންފާއިޒް، ފަނޑިޔާރުކަމުން ވަކިކޮށްފިޚަބަރު | ދުވަހެއް ކުރިންރައީސް ނަޝީދަށް އިންޒާރު ދިން މީހާއަށް 10 އަހަރުގެ ޖަލު ޙުކުމެއްޚަބަރު | 6 ދުވަސް ކުރިންހައްޔަރުކުރި އެންޑީއޭގެ މުވައްޒަފުގެ ބަންދަށް 15 ދުވަސްޚަބަރު | 12 ދުވަސް ކުރިން