logo
Bank of Maldives

Bank of Maldives

ދުނިޔެ

މިސައިލް ޕްރޮގްރާމަކީ މަޝްވަރާ ނުކުރެވޭނެ ރަތް ރޮނގެއް: އީރާން

އިސްމާޢިލް ރާތިޢު
12 ފެބްރުއަރީ 2026 - 11:38
ފޮޓޯ: ދަ އިކޮނިމިކް ޓައިމްސް
ފޮޓޯ: ދަ އިކޮނިމިކް ޓައިމްސް

އީރާނުގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމަކީ މަޝްވަރާއަށް ހުޅުވައިލެވޭނެ މައުޟޫޢެއް ނޫން ކަމަށާއި، އެއީ "ރަތް ރޮނގެއް" ކަމުގައި އެ ޤައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ. އީރާނުގެ ރޫހީ އެންމެ މަތީ ވެރިޔާ އާޔަތުالله ޢަލީ އަލް-ޙާމަނާޢީގެ އިސް މުޝީރެއް ކަމުގައިވާ ޢަލީ ޝަމްޚާނީ މި މޭރުމުން ވިދާޅުވެފައި މި ވަނީ، އީރާންގެ ނިއުކްލިޔަރ ހަކަތަ އުފެއްދުމުގެ ޕުރޮގުރާމާ ގުޅޭގޮތުން ތަހްރާނާއި ވޮޝިންގްޓަނާ ދެމެދު ނުރަސްމީ މަޝްވަރާތަކެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ހުސްވި ހަފުތާގައި ދެ ފަރާތުގެ ދެމެދުގައި މަޝްވަރާތައް ބާއްވާފައި ވަނީ އޮމާނުގައެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމުގެ އިތުރުން އެ ޕުރޮގުރާމާ ގުޅިގެން ދެ ޤައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ނިމުމެއް ގެނައުމަކީ އެ މަޝްވަރާތަކުގެ މައިގަނޑު އަމާޒެކެވެ. އީރާންގެ އިސްލާމީ އިންޤިލާބަށް 47 އަހަރު ފުރުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަމްޚާނީ ވިދާޅުވީ، އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމުގެ ޤާބިލުކަމަކީ މަޝްވަރާއަށް ހުޅުވައިލެވޭނެ މައުޟޫޢެއް ނޫން ކަމުގައެވެ.

އީރާނަށް ބިރު ދައްކައި، މަޝްވަރާ ކުރުމަށް މަޖުބޫރު ކުރުވުމުގެ ގޮތުން އެމެރިކާއިން ވަނީ ބިޔަ އަސްކަރީ ލަޝްކަރެއް އީރާން ކައިރިއަށް ޖަމާކޮށްފައެވެ. އޭގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރު، ޔޫއެސްއެސް އެބްރަހަމް ލިންކަން ހިމެނެއެވެ. އޮމާންގައި ކުރިއަށްދާ ނުރަސްމީ ވާހަކަތަކުގެ ތެރެއިން އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް އެމެރިކާއިން ދަނީ އެ ޤައުމަށް ބާރު އަޅަމުންނެވެ. ނަމަވެސް، އީރާނުން ތަކުރާރުކޮށް ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ.

އީރާނުގެ އެންމެ ބޮޑު ދުޝްމަނަކީ ޔަހޫދީ އިސްރާއީލެވެ. އީރާނަށް އިތުރަށް ފިއްތުންތައް ކުރިމަތި ކުރުމަށް ޔަހޫދީން މިހާރު ވެސް ދަނީ އެމެރިކާއަށް ބާރުއަޅަމުންނެވެ. ޒަޔަނިސްޓު ދައުލަތުގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ވޮޝިންގްޓަނަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކޮށް، މަޝްވަރާތަކުގައި އީރާންގެ ބެލިސްޓިކް މިސައިލް ޕުރޮގުރާމު ހުއްޓުވުމުގެ މައުޟޫޢު ހިމެނުމަށް ޓްރަމްޕަށް ބާރު އަޅާނެއެވެ. ނަމަވެސް، އީރާންގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރާޤިޖީ ވިދާޅުވީ، ތަހްރާންގެ މިސައިލް ޕުރޮގުރާމާ ގުޅޭ މައުޟޫޢު، މަޝްވަރާތަކުގެ އެޖެންޑާގައި ހިމަނާފައި ނުވާ ކަމުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިސައިލް ޕުރޮގުރާމަކީ މަޝްވަރާ ނުކުރެވޭނެ ރަތް ރޮނގެއް: އީރާންދުނިޔެ | 3 ގަޑިއިރު ކުރިންއީރާނަށް ހަމަލާދިނުމަށް އިސްރާއީލުން ދަނީ އެމެރިކާގެ ކިބައިން އެދެމުން، ޓްރަމްޕް ހުރީ ހިމޭނުން: ރިޕޯޓުދުނިޔެ | 8 ދުވަސް ކުރިންއީރާނަށް ހަމަލާއެއް ދީފިނަމަ އުރުދުން އާއި ޔޫއޭއީ އިން އެމެރިކާއަށް އެހީތެރިކަން ފޯރުކޮށްދޭނެ: އިސްރާއީލްގެ މީޑިއާދުނިޔެ | 17 ދުވަސް ކުރިންޓްރަމްޕަކީ ކުށްވެރިއެއް، މުޒާހަރާތަކާއި މަރުވި މީހުންގެ ޒިންމާ އޭނާ ނަގަންޖެހޭނެ: ޚާމަނާއީޚަބަރު | މަހެއް ކުރިން