logo
Bank of Maldives

Bank of Maldives

ޚަބަރު

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ޒިދާން މުޙައްމަދު
12 ފެބްރުއަރީ 2026 - 14:23
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކު ގްރޫމްކޮށް، އެކްސްޕްލޮއިޓްކޮށް އެ ކުއްޖާއަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ހދ. ކުޅުދުއްފުށި / ސިލްވަސްޓާ އަލީ ހަސަން (44އ) އާއި ހދ. ކުޅުދުއްފުށި / ކަސްތޫރިގެ، މުޙައްމަދު އިޙްސާން (21އ) އެވެ.

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނާއި، ކްރައިމް އިންޓެލިޖެންސް އަދި އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަނެއް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ ޚިދުމަތުން ބުނި ގޮތުގައި އަލީ ޙަސަން ހައްޔަރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހުއެވެ. އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާޗް 1 ވަނަ ދުވަހަށް ކަމަށް ފުލުހުންގެ ޚިދުމަތުން ބުންޏެވެ.

މުޙައްމަދު އިޙްސާން ހައްޔަރުކޮށްފައިވަނީ މިމަހުގެ ތިން ވަނަ ދުވަހުއެވެ. މީނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން މިހާރު ދީފައިވާ މުއްދަތު ހަމަވާނީ މާޗް 6 ވަނަ ދުވަހަށް ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފައިވެއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މި މައްސަލާގައި ގްރޫމްކޮށް އެކްސްޕްލޮއިޓްކޮށް، ޖިންސީގޯނާ ކޮށްފައިވަނީ 15 އަހަރުގެ ދިވެހި އަންހެން ކުއްޖަކަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިޚަބަރު | ގަޑިއިރެއް ކުރިންބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީޚަބަރު | 5 ގަޑިއިރު ކުރިންފުލުހުންގެ 42 ވަނަ އަސާސީ ތަމްރީނު އައްޑޫގައި ފަށައިފިޚަބަރު | 5 ގަޑިއިރު ކުރިންއެއް ދުވަހު މަރުވި ދެ ގައިދީންގެ ހަށިގަނޑު އޮޓޮޕްސީހެދުމަށް އިންޑިއާއަށްޚަބަރު | 8 ގަޑިއިރު ކުރިން