logo
Bank of Maldives

Bank of Maldives

ދުނިޔެ

ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން ޔަހޫދީން ފޭރިގެންފި

އިސްމާޢިލް ރާތިޢު
13 ފެބްރުއަރީ 2026 - 11:56
 ފޮޓޯ: އޭއެފްޕީ
ފޮޓޯ: އޭއެފްޕީ

2023ވަނަ އަހަރު ޔަހޫދީން ފާސްކުރި ޤާނޫނެއްގެ ދަށުން ފަލަސްޠީނުގެ ދެ ރައްޔިތެއްގެ ރަށްވެހިކަން އަތުލައި އެ މީހުން ޑިޕޯޓުކުރުމަށް އަމުރުކޮށްފިއެވެ.

މިއީ ފަލަސްޠީނުގެ ބިންތައް ފޭރިގަނެ ޔަހޫދީން އުފައްދާފައިވާ ޔަހޫދީ ދައުލަތުގެ ރަށްވެރިކަން ފަލަސްޠީނުގެ ރައްޔިތެއްގެ އަތުން މި ޤާނޫނުގެ ދަށުން އަތުލާފައިވާ ފުރަތަމަ ފަހަރެވެ.

ޔަހޫދީންގެ އެ ޤާނޫނަކީ ޔަހޫދީ ދަޢުލަތުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީން އިސްތިޢުމާރުކޮށްފައިވާ އިރުމަތީ ޤުދުސްގައި ރަށްވެހިވެފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް އަމާޒުކޮށް ފާސްކޮށްފައިވާ ޤާނޫނެކެވެ. އެ ޤާނޫނުގައި ބުނާ ގޮތުގައި ޔަހޫދީން އެ މީހަކާ ދެކޮޅަށް ވަކި ދައުވާއެއް އުފުލާފައިވާ މީހުންނާއި ވަކި ހުކުމެއް އިއްވާފައިވާ މީހުންގެ ރަށްވެހިކަން ޔަހޫދީންނަށް އަތުލެވޭނެއެވެ.

ޔަހޫދީން ޑިޕޯޓްކޮށްލުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި ޔަހޫދީ ޖަލެއްގައި 23 އަހަރު ހޭދަކުރުމަށް ފަހު 2024ވަނަ އަހަރުގެ ތެރޭގައި މިނިވަންވެފައިވާ މީހަކު ހިމެނެއެވެ. ދެވަނަ މީހާއަކީ 2016ވަނަ އަހަރުން ފެށިގެން ޔަހޫދީ ޖަލެއްގައި 18 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ މީހެކެވެ. ޔަހޫދީން ވަނީ ކުރިއަށް އޮތް ތަނުގައި ފަލަސްޠީނުެގެ އިތުރު ރައްޔިތުންގެ ރަށްވެހިކަން އަތުލައި ޑިޕޯޓްކޮށްލާނެ ކަމުގެ އިންޒާރު ދީފައެވެ.

އިންސާނީ ހައްޤުތަކާ ބެހޭ ޖަމްޢިއްޔާތަކާއި އެހެން ޖަމްޢިއްޔާތަކުން ވަނީ ޔަހޫދީންގެ އެ ޤާނޫނަކީ ވަރަށް ނުރައްކާތެރި ޤާނޫނެއްގެ ގޮތުގައި ސިފަކޮށްފައެވެ. މިއީ ހުޅަނގުގެ ޑިކޮމްރަސީއަކުން ސިޔާސީ ސަބަބަކާ ހުރެ ބައެއްގެ ރަށްވެހިކަން ނިގުޅައިގަތުމަށް ފުރުޞަތުދޭ ހަމައެކަނި ޤާނޫނު ކަމަށް ބައެއް ޖަމްޢިއްޔާތަކުން ވަނީ ފާހަގަކޮށްފައެވެ. ޔަހޫދީ ދައުލަތުގެ 10 މިލިޔަން މީހުންގެ އާބާދީގެ 20 އިންސައްތައަކީ ފަލަސްޠީނުގެ ރައްޔިތުން ކަމަށް ވީއިރު، ކުރިއަށް އޮތް ދުވަސްތަކުގައި ފަލަސްޠީނުގެ އެތައް ރައްޔިތެއްގެ ރަށްވެހިކަން އަތުލުމުގެ ފުރުޞަތު އޮތް ކަމުގެ ކަންބޮޑުވުން ޖަމްޢިއްޔާތަކުން ދަނީ ފާޅުކުރަމުންނެވެ.

ބެލެވޭ ގޮތުގައި ޔަހޫދީން މި ޤާނޫނުގެ ދަށުން ދެ މީހެއްގެ ރަށްވެހިކަން ނިގުޅައިގެންފައި މި ވަނީ އޮކްޓޯބަރު މަހުގައި ބާއްވާ ޔަހޫދީންގެ ޤާނޫނުހަދާ މަޖިލީހުގެ އިންތިޚާބާ ގުޅުވައި ފަލަސްޠީނުގެ ރައްޔިތުންނާއި ޔަހޫދީ ދައުލަތާ ދެމެދު ނުތަނަވަސްކަން އިތުރުކުރުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަލަސްތީނުގެ މައެއްގެ ދެ ދަރިން ޝަހީދުކޮށްލުމުން ކުރި އަސަރުގަދަ ވަދާއީ ސަލާމް، '' އޭ ދުނިޔެއާ، އެ ކުދިން ކުރީ ކޮން ކުށެއް؟''ދުނިޔެ | 12 ދުވަސް ކުރިންފީފާ ކޮންފަރެންސްގައި ބައިވެރިވާ ފަލަސްޠީނުގެ ޑެލިގޭޓުންނަށް ވިސާދޭން ޑެންމާކުން ދެކޮޅުހަދައިފިކުޅިވަރު | 18 ދުވަސް ކުރިންއޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | 20 ދުވަސް ކުރިންފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކޮށް، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ރާފުޅި ހިފައިގެން ނަށައިފިދުނިޔެ | މަހެއް ކުރިން