logo
Bank of Maldives

Bank of Maldives

ދުނިޔެ

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓް

މުހައްމަދު މޫސާމުހައްމަދު މޫސާ
15 އޭޕްރީލު 2026 - 14:26
އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓް

 

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ޣައިރު ގާނޫނީ ގޮތެއްގައި ހިފާފައިވާ ހުޅަނގު އައްސޭރިން ފަލަސްތީނުގެ 1،700 ކުޑަކުދިން ހައްޔަރުކޮށްފައިވާ ކަމަށް ހިއުމަން ރައިޓްސް ގްރޫޕަކުން ހާމަކޮށްފިއެވެ. ޕަލަސްޓީނިއަން ސެންޓަރ ފޯ ދަ ޑިފެންސް އޮފް ޕްރިޒަނާސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ އިތުރުން ޣައްޒާއިން ވެސް އެތައް ސަތޭކަ ކުދިންނެއް ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ކުދިންނަށް ވީނުވީއެއް ނޭނގި މައުލޫމާތު ވަނީ މަދުވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

"އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނު ކުޑަކުދިން ބަންދުކޮށްފައިވާ ހަގީގަތް" މި ސުރުޚީގެ ދަށުން އެ ސެންޓަރުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، 1967 ވަނަ އަހަރުން ފެށިގެން މިހާތަނަށް 55،500 އަށް ވުރެ ގިނަ ކުޑަކުދިން ހައްޔަރުކޮށްފައިވާކަން ވަނީ ލިޔެކިޔުންތަކުން ފެންނާށެވެ. މިހާރުވެސް އިސްރާއީލުގެ ޖަލުތަކުގައި ގާތްގަނޑަކަށް 350 ކުދިން ތިބިއިރު، އޭގެ ތެރޭގައި ހުކުމް ތަންފީޒު ކުރަމުންދާ ކުދިންނާއި އެއްވެސް ދައުވާއަކާ ނުލައި އިދާރީ ބަންދުގައި ތިބި ކުދިން ހިމެނެއެވެ.

މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ގިނަ ފަހަރަށް ކުދިން ހައްޔަރުކުރަނީ ދެބަދޭތެރޭގައި ރޭގަނޑު ގެތަކަށް ވަދެ ހިންގާ ރޭޑްތަކުގައެވެ. ކުދިން ހައްޔަރުކޮށްގެން ގެންދަނީ ބިޑިއަޅުވައި، ލޯމަތީގައި ފޮތިގަނޑު އަޅުވައިގެން ކަމަށާއި، އެކުދިން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި ބަންދުގައި ބޭތިއްބުމުގެ ތެރޭގައި ތަޅާ އަނިޔާކުރާ ކަމަށް ހެކިބަސްތަކާ ހަވާލާދީ ރިޕޯޓުގައި ބުނެފައިވެއެވެ. އަދި ވަކީލެއް ނުވަތަ އާއިލާގެ މެންބަރެއްގެ ހާޒިރުގައި ނޫނީ ގިނަ ވަގުތު ސުވާލުކޮށް ހަދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

ބަންދުގައި ތިބޭ ކުދިންނަށް އެކަހެރިކޮށް ބަންދުކުރުމާއި، ބިރުދެއްކުމާއި، ނިދި މަހުރޫމްކުރުމާއި، މަޖުބޫރުކުރުވުން ފަދަ ނަފްސާނީ އަދި ޖިސްމާނީ އަނިޔާތަކާ ކުރިމަތިލާން ޖެހެއެވެ. އެ ސެންޓަރުން ބުނާ ގޮތުގައި މިއީ އެކުދިންނަށް ނުފޫޒު ފޯރުވުމަށް އިސްރާއީލުން ރޭވުންތެރިކަމާއެކު ކުރާ ކަންކަމެވެ.

ޖަލުގައި ތިބޭ ބަލި ކުދިންނަށް އެކަށީގެންވާ ބޭސްފަރުވާ ނުދޭ ކަމަށާއި، މުހިންމު ސާޖަރީތައް ކުރުން ލަސްކުރުމާއި، ވަގުތީ ގޮތުން ތަދު ކަނޑުވާ ބޭސްތަކަށް އެކަނި ބަރޯސާވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން، ކާނާގެ ނުކަތާ މިންވަރާއި ދިރިއުޅުމުގެ ހާލަތު ދަށްވުމުގެ ސަބަބުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. ސާފުތާހިރުކަން ކުޑަވުމާއި ސިއްހީ ހިދުމަތް މަދުވުމުގެ ސަބަބުން ޖަލުތަކުގައި ހަމުގެ ބަލިތައް ފެތުރެމުންދާ ކަމަށް ވެސް ރިޕޯޓުގައިވެއެވެ.

ޕަލަސްޓީނިއަން ސެންޓަރ ފޯ ދަ ޑިފެންސް އޮފް ޕްރިޒަނާސް އިން މި ހާލަތްތައް ސިފަކޮށްފައިވަނީ، ކުޑަކުދިންގެ ހެދިބޮޑުވުމުގެ މުހިންމު މަރުހަލާތަކުގައި އެކުދިންނަށް އަމާޒުކޮށްގެން ހިންގާ ސިސްޓަމެޓިކް ނުވަތަ ރޭވުންތެރި އުސޫލުތަކެއްގެ ގޮތުގައެވެ. މިއީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފަށް ހިންގާ އަމަލުތަކެއް ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮކްޓޯބަރު 2023 އިން ފެށިގެން އިސްރާއީލުން ހުޅަނގު އައްސޭރިން 1،700 ފަލަސްތީނު ކުދިން ހައްޔަރުކޮށްފައިވޭ: ރިޕޯޓްދުނިޔެ | 2 ގަޑިއިރު ކުރިންފަލަސްތީނުގެ މީހުންނަށް މަރުގެ އަދަބު ދޭން ބިލެއް ފާސްކޮށް، އިސްރާއީލުގެ ހަރުކަށި މިނިސްޓަރު ރާފުޅި ހިފައިގެން ނަށައިފިދުނިޔެ | 16 ދުވަސް ކުރިންއިސްރާއީލުން ފަލަސްތީނުގައި ހިންގަނީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު އަމަލުތަކެއް: ޑރ. ޚަލީލުޚަބަރު | 2 މަސް ކުރިންއިސްރާއީލުގެ ސަލާމަތަށްޓަކާ ޣައްޒާ ނައްތާލަން ޖެހޭ: ލިންޑްސީދުނިޔެ | 2 މަސް ކުރިން