ރެފްރީންނަކީވެސް އިންސާނުންކަމަށްބުނެ ދިފާޢުކުރި ބާސާއިން އުނބަށްޖަހައި ރެފްރީންގެ ޝަކުވާ ރަސްމީކޮށް ހުށަހަޅައިފި
14 ފެބްރުއަރީ 2026 - 04:01

ވޭތުވެދިޔަ މެޗުން ބަލިވުމާ ގުޅިގެން ބާސެލޯނާގެ މެނޭޖްމަންޓާއި ސަޕޯޓަރުންގެ މެދުގައި ބޮޑު ނުރުހުމެއް ވަނީ އުފެދިފައެވެ. ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން، އެ ކްލަބުން މިހާރު ދަނީ ރަސްމީކޮށް ޝަކުވާ ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
ބާސެލޯނާއިން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވަނީ އެރިކް ގާސިއާއަށް ދެއްކި ރަތް ކާޑާއި، އޮފްސައިޑް ކަމަށް ނިންމި ނިންމުމާ ގުޅިގެންނެވެ. މާކާ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލަބުގެ މަސްދަރުތަކުން ބުނެފައިވަނީ، "އަބަދުވެސް ރެފްރީންގެ ނިންމުންތަކުގެ ސަބަބުން އަހަރެމެންނަށް ގެއްލުންވޭ" އަދި "ވީއޭއާރްއާ އެކު މިފަދަ ކަމެއް ދުވަހަކުވެސް ނުދެކޭ" ކަމަށެވެ.

Ad by Hajj Corporation
މި ހާދިސާ ހިނގާފައިވަނީ މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު، ބާސެލޯނާ 4-0 އިން ބަލިވަމުން ދަނިކޮށް ނަތީޖާ އަނބުރާލުމަށް މަސައްކަތް ކުރަމުންދިޔަ ވަގުތެއްގައެވެ. ރިޕޯޓްތައް ބުނާގޮތުގައި އޮފްސައިޑް ނިންމުން ލަސްވީ ސެމީ-އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީއަށް ދިމާވި މައްސަލައަކާ ގުޅިގެންނެވެ. އެހެންކަމުން ވީއޭއާރް ރެފްރީ ޕަބްލޯ ގޮންޒާލެޒްއަށް ޖެހުނީ އަމިއްލައަށް ރޮނގުތައް ކުރަހައިގެން އެކަން ބަލާށެވެ.
ސީޓީއޭ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ގިނަ އަދަދެއްގެ ކުޅުންތެރިން އެއް ސަރަހައްދެއްގައި ތިބުމުގެ ސަބަބުން ސިސްޓަމަށް ރޮނގުތައް ކުރަހަން އުނދަގޫވި ކަމަށެވެ. ނަމަވެސް، ރޮބާޓް ލެވަންޑޯސްކީގެ ފައިގައި ބޯޅަ ޖެހުނު ވަގުތު ކުބާސީ ހުރީ އޮފްސައިޑްގައި ކަމަށް ބަލައި، އެ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށް އެ ފަރާތުން ދިފާއުވެއެވެ. މިކާމާއި ގުޅިގެން ރެފްރީންގެ ކޮމިޓީއިންވަނީ މިކަން ހިނގާދިޔަގޮތް އޮޅުންފިލުވައިފިނުމަށް ބޮޑު ބަޔާނެއް ނެރެފައެވެ.
އާރްއޭސީ1 އިން ރިޕޯޓްކުރާ ގޮތުގައި، ބާސެލޯނާއިން މިހާރު ވަނީ ރޯޔަލް ސްޕެނިޝް ފުޓްބޯލް ފެޑެރޭޝަނަށް (RFEF) ޝަކުވާ ހުށަހެޅުމަށް ނިންމާފައެވެ. ވީއޭއާރްގެ ނިންމުންތަކުގެ އިތުރުން، ޖިއުލިއާނޯ ސިމިއޯނީއަށް ރަތް ކާޑު ނުދެއްކި މައްސަލައިގައި ވެސް ބާސެލޯނާއިން ވަނީ ބޮޑު ހިތްހަމަނުޖެހުމެއް ފާޅުކޮށްފައެވެ.
ބާސެލޯނާއިން ވަނީ މިސީޒަނުގެ ކުރީކޮޅުގައި ރެއާލް މެޑްރިޑުން ރެފްރީންނާއި ދިމާލަށް ފާޑުކިޔާތީ އެކަމާ ހިތްހަމަ ނުޖެހި، ރެފްރީންގެ ދިފާޢޫގައި އޭރު ފާޅުގައި ނިކުމެފައެވެ. އެގޮތުން އޭރުގައި އެކަންތައްތަކަށް ރިޢާޔަށްކޮށް ބާސައިން ބުނެފައިވަނީ ރެފްރީންނަކީ ވެސް އިންސާނުން ކަމަށާއި، ރެފްރީންނަށްވެސް މިސްޓޭޚް ހެދޭނެ ކަމަށެވެ. ނަމަވެސް މިއަދު މިވަނީ އެކަންތައް އުނބަށް ޖަހައި ރެފްރީންނާއި ދިމާލަށް ފާޑުކިޔަން ފަށާފައެވެ.


