logo
Bank of Maldives

Bank of Maldives

ދުނިޔެ

އެޕްސްޓީން ފައިލްސް: އެމެރިކާގެ ކުރީގެ ދެ ރައީސަކު ޔޮޓެއްގައި ފިރިހެންކުއްޖު ''ރޭޕް''ކުރި ކަމުގެ ތުހުމަތު

މުހައްމަދު މޫސާމުހައްމަދު މޫސާ
14 ފެބްރުއަރީ 2026 - 06:16
އެމެރިކާގެ ކުރީގެ ދެ ރައީސުންކަމަށްވާ ބުޝް އާއި ކްލިންޓަން
އެމެރިކާގެ ކުރީގެ ދެ ރައީސުންކަމަށްވާ ބުޝް އާއި ކްލިންޓަން

އާންމުވެފައިވާ އެޕްސްޓީން ފައިލްތަކުގެ އެންމެ ފަހުގެ ލިޔެކިޔުންތަކުން، އެމެރިކާގެ ކުރީގެ ރައީސް ބިލް ކްލިންޓަން އާއި ޖޯޖް ބުޝްގެ މައްޗަށް ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ(ރޭޕް) ކުރި ކަމުގެ ބޮޑެތި ތުހުމަތުތަކެއް ހާމަވެއްޖެއެވެ.

މި ބިރުވެރި ތަފްސީލްތައް ހާމަވެފައިވަނީ 27 އޮގަސްޓް 2019 ގައި އެމެރިކާގެ ތަހުގީގީ އިދާރާ، އެފް.ބީ.އައި ގެ އެޖެންޓަކަށް އެ ފިރިހެން ކުއްޖާ ދީފައިވާ އިންޓަވިއުއަކުންނެވެ. އޭނާ ކިޔައިދިން ގޮތުގައި، 2000 ވަނަ އަހަރު ލޯންޗެއްގެ ތެރޭގައި ޖެފްރީ އެޕްސްޓީން އޭނާއަށް ޖިންސީ ގޯނާކުރިއިރު، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް އެ ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިންޓަވިއުގެ ޓްރާންސްކްރިޕްޓްގައިވާ ގޮތުން، އެޕްސްޓީން އާއި ކްލިންޓަން އޭނާއަށް ޖިންސީ ގޯނާކުރިއިރު، އޭނާ ހުރީ މަސްތުވާތަކެތީގެ ވަރަށް ބޮޑު ނުފޫޒެއްގެ ދަށުގައެވެ. މީގެ އިތުރުން ވެސް އިންތިހާއަށް ހިތްނުތަނަވަސްވާ ފަދަ ވާހަކަތަކެއް އޭނާ ވަނީ ހިއްސާކޮށްފައެވެ. އެގޮތުން، އެ އުޅަނދުގައި އެފްރިކަން އެމެރިކަން ފިރިހެނުންތަކެއް ދޮން އަންހެނުންތަކަކާ އެކު ބަދުއަހުލާގީ އަމަލު ހިންގަމުންދިޔައިރު، އެ އަންހެނުންގެ ހަށިގަނޑުން ލޭ އަންނަމުންދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާއަކީ ކޮންމެވެސް ކަހަލަ ގުރުބާނީގެ ރަސްމިއްޔާތެއްގެ ޝިކާރައަކަށް ވި މީހެއް ކަމަށާއި، ކަނޑިއަކުން އޭނާގެ ފައި ބުރިކޮށްލި ނަމަވެސް އެއްވެސް ލަކުނެއް ނެތް ކަމަށް އޭނާ ދައުވާކުރިއެވެ. މީގެ އިތުރުން، ތުއްތު ކުދިންގެ ގުނަވަންތައް ވަކިކޮށް، ގޮހޮރު ނަގައި، އެތަކެތި ބޭނުންކޮށްގެން ބައެއް މީހުން މުޑުދާރު އަމަލުތަކެއް ހިންގި ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

އެފް.ބީ.އައިގެ ލިޔެކިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ވާހަކަތައް ކިޔައިދިން މީހާއަކީ މާޒީގައި ސިކުނޑިއަށް އަސަރުކުރާ ފަދަ މަޝްރޫމްތަކާއި އެހެނިހެން މަސްތުވާތަކެތި ބޭނުންކޮށްފައިވާ، އަދި މިހާރު ވެސް މަރުވާނާ ބޭނުންކުރާ މީހެކެވެ. އޭނާ ބުނި ގޮތުގައި، އުމުރުން 5 އަހަރުން ފެށިގެން 22 އަހަރާ ހަމައަށް އޭނާގެ ގާތް ތިމާގެ މީހެއްގެ ފަރާތުން އޭނާއަށް ޖިންސީ ގޯނާ ލިބެމުންދިޔައެވެ. އަދި އެޕްސްޓީންއާ އޭނާ ފުރަތަމަ ބައްދަލުވީ އުމުރުން 5 އަހަރުގައި ކަމަށާއި، އޭގެ ފަހުން 8 އަހަރުގައި ވެސް ބައްދަލުވި ކަމަށް އޭނާ ބުންޏެވެ.

ނަމަވެސް، މި ހާދިސާތަކާ ގުޅޭ އެއްވެސް ހެއްކެއް ނުވަތަ ކަމުގެ ސައްހަކަން ކަށަވަރުކޮށްދޭނެ އިތުރު މައުލޫމާތެއް އޭނާއަށް ދެއްކިފައެއް ނުވެއެވެ. އޭނާ ބުނާ ގޮތުގައި މިކަން ހިނގީ އޭނާ މަސްތުގެ ހާލަތުގައި ހުއްޓައެވެ. މި މީހާ އެފް.ބީ.އައި އަށް ގެންދިޔައީ "ކޮންސްޕިރަސީ ތިއަރީ" ތައް ފަތުރާ ކަމަށް ބައެއް މީހުން ތުހުމަތުކުރާ މައިކަލް މޯ ނަމަކަށް ކިޔާ މީހެކެވެ. މި ވާހަކަތައް އޭނާ ކިޔައިދޭން ފެށީ 2016 ވަނަ އަހަރު ތެރަޕީ ނަގަން ފެށުމަށްފަހު، ކުރިން ހަނދާނުން ކެހިފައިވާ ކަންތައްތަކެއްގެ ގޮތުގައެވެ.

އެފް.ބީ.އައި އިން މި މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށް ނުގެންދިޔައީ، އޭނާއަކީ ނަފްސާނީ ގޮތުން ހަމަނުޖެހޭ މީހެއް ކަމަށް ބަލާފައެވެ. އެހެންނަމަވެސް، އިންޓަވިއު ދިން ވަގުތު އޭނާ ހުރީ މަސްތުގެ ހާލަތެއްގައި ނޫން ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެޕްސްޓީން ފައިލްސް: އެމެރިކާގެ ކުރީގެ ދެ ރައީސަކު ޔޮޓެއްގައި ފިރިހެންކުއްޖު ''ރޭޕް''ކުރި ކަމުގެ ތުހުމަތުދުނިޔެ | ގަޑިއިރެއް ކުރިންކިއުބާއަށް ތެޔޮ ލިބުން ދަތިވަމުން އަންނާތީ ރަޝިއާ އިން ކަންބޮޑުވުން ފާޅުކޮށްފިދުނިޔެ | 5 ދުވަސް ކުރިންއެމެރިކާއިން ގްރީންލޭންޑް ހޯދަން ޓްރަމްޕް ގެންގުޅުއްވާ ވިސްނުމަށް އެންމެ އަރިސް ބޭފުޅުން ދެކޮޅުދުނިޔެ | 23 ދުވަސް ކުރިންއެމެރިކާއިން ކެނެޑާއަށް އަރައިގަނެފި ހާލަތެއްގައި، ކެނެޑާއިން ގެރިއްލާ ހަނގުރާމައަކަށް ތައްޔާރުވަނީދުނިޔެ | 24 ދުވަސް ކުރިން