logo
Bank of Maldives

Bank of Maldives

ޚަބަރު

ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި

މުޙައްމަދު އަފްރާޙް
14 ފެބްރުއަރީ 2026 - 07:45
ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފި

ހއ. ފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ.

އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ރަސްމިއްޔާތުގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޡީމް އާއި ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެންބަރު ޝަރީފް ވިދާޅުވީ، މަގުތައް ހެދުމަކީ ފިއްލަދޫގެ މުސްތަޤުބަލަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ނަޡީމް ވިދާޅުވީ، ފިއްލަދޫގެ މަގު ހެދުމުގެ މަސައްކަތް އެ ކުންފުނިން ވަރަށް ގާތުން މޮނިޓަރު ކުރަމުންދާނެ ކަމަށެވެ. އަދި އުންމީދަކީ ވީހާވެސް އަވަހަކަށް މަސައްކަތް ނިންމާލައި، ރައްޔިތުންނަށް އޭގެ ފައިދާ ހޯދައިދިނުން ކަމަށެވެ.

މީގެ އިތުރުން މަސައްކަތް ހަލުވިކުރުމަށްޓަކައި އާރްޑީސީގެ ވޯކް ސައިޓް ބޮޑުކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި މަޝްރޫޢަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ރަށަށް ގެންދެވޭނެ ކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި މިހާރުވެސް އާރްޑީސީގެ ފަސް ޕްރޮޖެކްޓެއް އެ ރަށުގައި ކުރިއަށްދާ ކަމަށް ވެސް ވިދާޅުވިއެވެ.

މި މަޝްރޫޢު ނިމުމުން ފިއްލަދޫގެ އެއްގަމުގެ ދަތުރުފަތުރަށް ފަސޭހަކަން ލިބިގެންދާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަމީނީ މަގުގެ ބައެއް އަލުން ތަރައްގީ ކުރަނީޚަބަރު | 21 ދުވަސް ކުރިންޕާކެއް ހެދުމަށް ޣާޒީ ބިލްޑިންގ ހުރި ބިން ސާފުކުރަނީޚަބަރު | 2 މަސް ކުރިންފިއްލަދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރަން ފަށައިފިޚަބަރު | 3 މަސް ކުރިންވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތަށް ވަގުތީ ގޮތުން އަމާން ހިޔާއަށް ބަދަލުކުރަނީޚަބަރު | 5 މަސް ކުރިން