logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވިނީގެ ދެ ޕެނަލްޓީއާއެކު ރެއާލް ތާވަލުގެ އެއްވަނައަށް

އަބްދުﷲ ޣާނިމް
15 ފެބްރުއަރީ 2026 - 04:35
ވިނީގެ ދެ ޕެނަލްޓީއާއެކު ރެއާލް ތާވަލުގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރެއާލް ސޮސިއެޑާޑް 4-1 އިން ބަލިކޮށް، ބާސެލޯނާ ފަހަތަށް ޖައްސާލުމަށްފަހު ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފިއެވެ. އަލްވާރޯ އަރުބެލޯގެ އިރުޝާދުގެ ދަށުން ކުޅޭ ރެއާލް މެޑްރިޑަށް މި މޮޅާއެކު ތާވަލުގެ ކުރީގައި ދެ ޕޮއިންޓުގެ ލީޑެއް ލިބިފައިވަނީ ބާސެލޯނާ އިން ހޯމަ ދުވަހު ޖިރޯނާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިންނެވެ.

މެޗުގެ ފަސްވަނަ މިނެޓުގައި ރެއާލް މެޑްރިޑުން ވަނީ ލީޑު ނަގާފައެވެ. އަނިޔާއިން ސަލާމަތްވެ އަލުން ޓީމާ ގުޅުނު ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް ފޮނުވާލި ހިތްގައިމު ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ގޮންޒާލޯ ގާސިއާއެވެ. ނަމަވެސް މެޗުގެ 21 ވަނަ މިނެޓުގައި ޑީން ހައުސެން އަތުން ބައިކޮޅަށް ލިބުނު ޕެނަލްޓީއަކުން މިކޭލް އޮޔާޒަބަލް ވަނީ ސޮސިއެޑާޑުން ނަތީޖާ އެއްވަރުކޮށްދީފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސޮސިއެޑާޑްން ނަތީޖާ އެއްވަރުކުރިތާ ހަތަރު މިނެޓު ފަހުން، ވިނީޝިއަސް ޖޫނިއަރއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ލިބުނެވެ. ވިނީޝިއަސް ވަނީ މި ޕެނަލްޓީ ކާމިޔާބުކޮށް އަލުން ޓީމަށް ލީޑު ހޯދައިދީފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން، 31 ވަނަ މިނެޓުގައި ފެޑެރީކޯ ވަލްވާޑޭ ވަނީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގެ ތެރޭގައި ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ޕެނަލްޓީ ކާމިޔާބުކޮށް ރެއާލް މެޑްރިޑަށް ތިން ލަނޑުގެ ލީޑެއް ކަށަވަރުކޮށްދީފައެވެ. މިއީ ސޮސިއެޑާޑްގެ އަރަމްބުރު އަތުން ވީ ފައުލަކަށް ދިން ޕެނަލްޓީއެކެވެ. ވިނީޝިއަސް މެޗުގައި ހެޓްރިކެއް ފުރިހަމަކުރި ކަމަށް ބެލެވުނު ނަމަވެސް، އޭނާ ޖެހި ތިންވަނަ ލަނޑު އޮފްސައިޑްވުމުގެ ސަބަބުން ބަލައިގަނެފައެއް ނުވެއެވެ.

މިމެޗުން ރެއާލް މޮޅުވެ ތާވަލުގެ އެއްވަނައިގައި މިވަގުތު އޮތްނަމަވެސް، މާދަމާރޭގައި ބާސެލޯނާ ކުޅޭ މެޗުން މޮޅުވެއްޖެނަމަ އަލުން އެނބުރި ތާވަލުގެ އެއްވަނައަށް އަރާނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސްއާއި ނަސްލީގޮތުން ދިމާކުރި އާޖެންޓީނާގެ ކުޅުންތެރިޔާ ޕްރެސްޓިއާނީ ސަސްޕެންޑްކޮށްފިކުޅިވަރު | 2 މަސް ކުރިންވިނީސިއަސްއާއި ނަސްލީ ތަފާތުކުރި މައްސަލައިއާއި ގުޅިގެން ފީފާގެ ގަވާއިދު ބަދަލުކުރަނީކުޅިވަރު | 2 މަސް ކުރިންވިނީގެ ދެ ޕެނަލްޓީއާއެކު ރެއާލް ތާވަލުގެ އެއްވަނައަށްކުޅިވަރު | 2 މަސް ކުރިންވިނީޝިއަސް ގެ ސޮއި ހޯދުމަށްސަޢޫދީިއިން 1 ބިލިޔަން ޑޮލަރުގެ ކޮންޓްރެކްޓެއް ހުށަހަޅަނީކުޅިވަރު | 3 މަސް ކުރިން