logo
މަސްދޯންޏެއްގައި ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފި

އައިޝަތު ނަޝާ
15 ފެބްރުއަރީ 2026 - 08:00
 މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފި

ފޭސްބުކް މަރކެޓް ޕްލޭސް މެދުވެރިކޮށް ހިންގާ ސްކޭމްތަކުގައި އިސްކޮށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވޭ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގއ. ގެމަނަފުއްޓަށް ނިސްބަތްވާ 36 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 11 ވަނަ ދުވަހުގެ ރޭ ކޯޓުއަމުރެއްގެ ދަށުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

big_XDb0tvsMj8TpS8fVfh2i5SB7o.png

 

އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު ކޭޝް ކާޑުތަކަކާއި، ސިމް ކާޑުތަކަކާއި، މޯބައިލް ފޯނުތަކެއްގެ އިތުރުން ދިވެހި ރުފިޔާއާއި ޑޮލަރު އޭނާގެ އަތުން ފެނިފައިވެއެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ފޭސްބުކް މެދުވެރިކޮށް މުދާ ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން މީހެއްގެ އަތުން ފައިސާ ހޯދައި، އެ ފައިސާ އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުވައިގެން ނަގާފައިވާ މައްސަލައާ ގުޅިގެންނެވެ.

މީގެ އިތުރުން ފޭސްބުކް މާކެޓް ޕްލޭސް މެދުވެރިކޮށް މުދާ ވިއްކާކަމަށްބުނެ އޮޅުވާލައިގެން ފައިސާ ހޯދާ އިތުރު މައްސަލައެއްގައި ބިދޭސީއަކުވެސް ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

big_TJLwGUbztoq5W7f7HZWwDnssA.png

 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނޭޕާލް ރައްޔިތެއް ކަމަށްވާ ނަކުލް ކޭ ސީ، (23އ) އެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ފެބުރުވަރީ މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށް އަލަމާރިއެއް ވިއްކާނެ ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާނެ ކަމަށެވެ.

ނަދީފްގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދެއްގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި ނަކުލް ކޭ ސީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 12 ދުވަހަށް ބަންދުކުރުމަށްވަނީ އަމުރުކޮށްފައެވެ.

އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލަތައް އާންމުވެފައި ވާއިރު ފުލުހުން ގެންދަނީ މިފަދަ ކަންކަމަށް ރައްޔިތުން ހޭލުންތެރި ކުރުމަށް އެކިއެކި ޕްރޮގްރާމްތައް ބާއްވަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން 36 ކިލޯގެ ޑްރަގް އެތެރެކުރި ބަޔަކު ހައްޔަރުކޮށްފިޚަބަރު | 15 މިނިޓު ކުރިން މާކެޓް ޕްލޭސް މެދުވެރިކޮށް ފައިސާ ހޯދި ދެ މީހަކު ހައްޔަރު ކޮށްފިޚަބަރު | 2 ގަޑިއިރު ކުރިންމަސްދޯންޏެއްގައި ރޯވެ އަނދަނީޚަބަރު | ދުވަހެއް ކުރިންރޯދަ ބޯވަތިވެއްޖެ; ވިޔަފާރިކުރާއިރު ސްކޭމަރުންގެ އަވައިގައި ނުޖެހޭތި!ޚަބަރު | 2 ދުވަސް ކުރިން