logo
Bank of Maldives

Bank of Maldives

ޚަބަރު

ޕީއެންސީގެ ވިމެންސް ވިންގް އާއި ޔޫތް ވިންގްގެ ފަރާތުން އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއް

މުޙައްމަދު އަފްރާޙް
15 ފެބްރުއަރީ 2026 - 14:15
ޕީއެންސީގެ ވިމެންސް ވިންގް އާއި ޔޫތް ވިންގްގެ ފަރާތުން އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއް

ކޮންގްރެސް ޕާޓީގެ ވިމެންސް ވިންގް އަދި ޔޫތް ވިންގްގެ ފަރާތުން ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ހާއްސަ ހަރަކާތެއް ބާއްވައިފިއެވެ.

މި ހަރަކާތާގުޅޭގޮތުން މެންދުރު ޓީވީ އަށް މައުލޫމާތު ދެއްވަމުން މަލްޝާ ވިދާޅުވީ ޕީއެންސީގެ ޔޫތް ވިންގާއި ވިމެންސް ވިންގް ގުޅިގެން ހިންގި މި ވޯކްޝޮޕަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ހިންގި ހަރަކާތެއް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވޯކްޝޮޕްގައި އެޕާޓީގެ ފަރާތުން އިންތިހާބުތަކުގައި ވާދަކުރާ ކެންޑިޑޭޓުންނާއި ޕާޓީގެ އެކްޓިވިސްޓުން އަދި ބައެއް މެމްބަރުން ބައިވެރިވިކަމަށެވެ. އަދި މި ވޯކްޝޮޕްގައި ކެންޑިޑޭޓުންނާއި މެމްބަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

އެއްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ވޯކްޝޮޕުގައި 100 އަށްވުރެ ގިނަ މީހުން ބައިވެރިވިކަމަށާއި ކުރިއަށް ވެސް މިފަދަ ވޯކްޝޮޕްތައް ރާވާނެ ކަމަށެވެ. އަދި މިއީ ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި އަތޮޅުތަކުގައި ވެސް މިފަދަ ވޯކްޝޮޕްތައް ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަކަމުގައި ވެސް މަލްޝާ ވިދާޅުވިއެވެ.

މަލްޝާ ވިދާޅުވީ ފުރަތަމަ އަމާޒަކީ އާބާދީ ބޮޑެތި ސިޓީތަކަށް ކަމަށާއި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ހަރަކާތް ބާއްވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ވިމެންސް ވިންގް އާއި ޔޫތް ވިންގްގެ ފަރާތުން އިންތިހާބަށް ތައްޔާރުވުމަށް ހާއްސަ ހަރަކާތެއްޚަބަރު | ގަޑިއިރެއް ކުރިންކައުންސިލްތައް ޕީއެންސީ އަށް ނޫން ބަޔަކަށް ދީގެން ކުރެވޭނެ އެއްވެސް ކަމެއް ނެތް: ގާސިމްޚަބަރު | ދުވަހެއް ކުރިންޤައުމު މިއަދު ހިފަހައްޓަނީ ރައީސް ޑރ. މުޢިއްޒުގެ ކުޅަދަނާކަމާއި ޤާބިލްކަމުން: ގާސިމްޚަބަރު | 2 ދުވަސް ކުރިންއާޒިމްގެ ޗޮއިސް އަކީ ވެސް ޖަލީލު: އެއީ ބުންވަރުހުރި ނަމޫނާ ބަތަލެއް، ފިސާރީ ކެރޭ ސަހުސެއްރިޕޯޓް | 2 ދުވަސް ކުރިން