logo
MPL

MPL

Business

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓެއް ރާއްޖެއަށް

އަޙްމަދު ޒަލީފް
8 އޮކްޓޯބަރު 2024 - 12:00
ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނީގެ ބޯޓެއް ރާއްޖެއަށް

ދުނިޔޭގެ އެންމެ ބޮޑު ޝިޕިން ކުންފުނި ކަމަށްވާ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީ (އެމްއެސްސީ) ގެ ބޯޓެއް ފުރަތަމަ ފަހަރަށް ރާއްޖެ އަތުވެއްޖެ އެވެ.

އެ ބޯޓު މިއަދު ވަނީ މާލޭގައި ބަނދަރު ކޮށްފަ އެވެ. މިއީ އެމްއެސްސީގެ ބޯޓެއް ރާއްޖެ އައި ފުރަތަމަ ފަހަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިކަމާ ގުޅޭގޮތުން، އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމް ވިދާޅުވެފައިވަނީ، ރާއްޖެއަށް އައި އެމްއެސްސީގެ ބޯޓުން 800 ކޮންޓެއިނާ ގެނައި ކަމަށާއި، އެބޯޓުން ގެނައީ ޖެނެރަލް ކާގޯ ކަމަށެވެ.

އެމްއެސްސީގެ އެ ބޯޓު އައުމާ ގުޅިގެން މަރުހަބާ ކިޔުމަށް ހާއްސަ ރަސްމިއްޔާތެއް މާދަމާ ބޭއްވުމަށް އެމްޕީއެލް އިން ވަނީ ނިންމައިފަ އެވެ.

ދުނިޔޭގައި ބޭނުންކުރާ ޝިޕިންލައިން ބޯޓުތަކުގެ ކޮންޓެއިނާ ކެޕޭސިޓީގެ 20 ޕަސެންޓު ނިސްބަތް ވަނީ މެޑިޓެރޭނިއަން ޝިޕިން ކޮމްޕެނީއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްއިން މިދިޔަ ހަފުތާ އެކަނިވެސް 1655 ކޮންޓެއިނަރ ކްލިއާ ކޮށްފައިވޭވިޔަފާރި | 7 ދުވަސް ކުރިންޕޯޓު ތިލަފުއްޓަށް ބަދަލުކުރުމާ ގުޅޭ ގޮތުން އެމްޕީއެލުން އޭޖެންޓުންނާއި ޑްރައިވަރުންނާ އެކު މަޝްވަރާކޮށްފިޚަބަރު | 12 ދުވަސް ކުރިންމައި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫއުގެ ދަށުން  އިންޓަނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް ހަދަން ހަވާލުކޮށްފިޚަބަރު | މަހެއް ކުރިންއެމްޕީއެލްއިން ހަފްތާއެއްގެ ތެރޭ 1800 ކޮންޓެއިނަރ ކްލިއަރ ކޮށްފިވިޔަފާރި | މަހެއް ކުރިން