logo
Bank of Maldives

Bank of Maldives

ޚަބަރު

ރައީސް ޑރ. މުއިއްޒު، ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި

މުޙައްމަދު އަފްރާޙް
19 ފެބްރުއަރީ 2026 - 12:17
ރައީސް ޑރ. މުއިއްޒު، ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި، ޕީއެންސީން މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމުގެ ގޮތުން “ދޮރުންދޮރަށް” ކެމްޕެއިން ޕްރޮގްރާމް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ފައްޓަވާދެއްވައިފިއެވެ.

މި ޕްރޮގްރާމްގެ ފެށުމުގެ ގޮތުން މާފަންނު ހުޅަނގު ދާއިރާގެ ބައެއް ގެތަކަށް ޒިޔާރަތް ކުރައްވާ، ރައީސް ވަނީ ގިނަ ބަޔަކާ ބައްދަލުކުރައްވާފައެވެ. އެ މަނިކުފާނުގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި، ޕީއެންސީގެ އިސް ބޭފުޅުންނާއި، އެ ޕާޓީގެ ޓިކެޓުގައި މާލޭގެ ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި، ރައްޔިތުންގެ މަޖިލީހުގައި ޕީއެންސީ ތަމްސީލު ކުރައްވާ ބައެއް މެންބަރުން ވެސް ގޭގެ އަށް ވަޑައިގެންނެވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލް ވެސް ކެމްޕެއިންގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޒިޔާރަތްތަކުގައި ރައްޔިތުންނާ ބައްދަލުކުރައްވާ، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާފައި ވެއެވެ. އަދި ޕީއެންސީގެ މެނިފެސްޓޯއާއި ސިޔާސަތުތައް ވެސް ވަނީ ހިއްސާކުރައްވާފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ޕީއެންސީން މަދުވެގެން 800 ގޮނޑި ކާމިޔާބު ކުރާނެ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާހު ވަނީ ވިދާޅުވެފައެވެ. އަދި މިހާރު ވެސް ވަނީ އިންތިހާބަކާ ނުލާ 69 ގޮނޑި ކާމިޔާބު ކޮށްފައިކަން ފަލާހު ފާހަގަކުރެއްވިއެވެ. ފަލާހު ވިދާޅުވީ ގާތްގަނޑަކަށް 800 ނުވަތަ 900 ގޮނޑި މި އިންތިހާބުގައި ޕީއެންސީ އަށް ކާމިޔާބު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޕީއެންސި އިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި އެކި އަވަށްތަކަށް ވެސް ރައީސް ޒިޔާރަތް ކުރައްވާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުއިއްޒު، ޕީއެންސީ ކެންޑިޑޭޓުންނަށް ދޮރުންދޮރަށް ކެމްޕެއިން ފައްޓަވައިފި ޚަބަރު | 2 ގަޑިއިރު ކުރިންތިނަދޫ ސިޓީގެ ކުރިމަގަށް އައު އުންމީދެއް: ކެނޑިޑޭޓް އައިޝަތު ފަޟީލާގެ ވަރުގަދަ ތަޞައްވުރުރިޕޯޓް | 2 ގަޑިއިރު ކުރިންޒަހީނާ: ގދ. ތިނަދޫ ދެކުނު މެދު ދާއިރާގެ ތަރައްޤީއަށް އައު އުންމީދެއްރިޕޯޓް | ދުވަހެއް ކުރިންޒަމާނީވަންތަކަމާއެކު ތަރައްގީކުރި ބަރުބަރީ މިސްކިތް ހުޅުވައިފިޚަބަރު | ދުވަހެއް ކުރިން