logo
Bank of Maldives

Bank of Maldives

ޚަބަރު

ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
21 ފެބްރުއަރީ 2026 - 10:04
ރަހީނުގެ މައްސަލާގައި ހައްޔަރުކުރި މީހާ، އޭނާ އަކީ ވަގަށް އުޅޭ ބިދޭސީއެއް، ފޮޓޯ: ފުލުހުން
ރަހީނުގެ މައްސަލާގައި ހައްޔަރުކުރި މީހާ، އޭނާ އަކީ ވަގަށް އުޅޭ ބިދޭސީއެއް، ފޮޓޯ: ފުލުހުން

މާލޭގައި މީހަކު ރަހީނުކޮށް، ހުއްދަނޫން ގޮތުގައި ހިފަހައްޓާފައި ހުރި މައްސަލައެއްގައި ބިދޭސީއަކު ހައްޔަރުކޮށް، ރަހީނުކުރި މީހާ ސަލާމަތްކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން ބުނި ގޮތުގައި، ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 2026 ފެބްރުއަރީ 19 ވީ ބުދަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. މި ރިޕޯޓާ ގުޅިގެން ފުލުހުން ކުރި ތަހުގީގީ މަސައްކަތުން، އެ މީހާ ރަހީނުކޮށްފައި ހުރި ތަން ވަނީ ދެނެގަނެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެރޭ ދަންވަރު 02:29 އެހައިކަންހާއިރު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން އެތަނަށް ވަދެ، ހިފަހައްޓާފައި ހުރި މީހާ ސަލާމަތްކޮށްފައެވެ.

ފުލުހުން ބުނީ ސަލާމަތްކުރި މީހާއަށް ބޭރުފުށުން އެއްވެސް އަނިޔާއެއް ލިބިފައި ނުވާ ކަމަށެވެ.

މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަނގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 35 އަހަރުގެ އިޤްބާލް މިއާ އެވެ. އޭނާއަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅެމުންދާ މީހެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

އިޤްބާލް މިއާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާ 30 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން މަޢުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަހީނުކޮށްފައި ހުރި މީހަކު ފުލުހުން ސަލާމަތްކޮށްފިޚަބަރު | ގަޑިއިރެއް ކުރިންމާލޭން ޒުވާނަކު ގެއްލިގެން ހޯދަނީޚަބަރު | 19 ގަޑިއިރު ކުރިން ހޯމަ ދުވަހުން ފެށިގެން, ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރަނީޚަބަރު | ދުވަހެއް ކުރިންސްޕެޝަލް ކޮންސްޓެބިއުލަރީ އަސާސީ ތަމްރީނު ކޯހުގެ 8 ވަނަ ބުރު ފަށައިފިޚަބަރު | ދުވަހެއް ކުރިން