logo
Bank of Maldives

Bank of Maldives

ޚަބަރު

މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

މުޙައްމަދު އަފްރާޙް
23 ފެބްރުއަރީ 2026 - 06:13
ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ، ފޮޓޯ: ވީއައިއޭ
ފަތުރުވެރިންތަކަކަށް މަރުހަބާ ކިޔަނީ، ފޮޓޯ: ވީއައިއޭ

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 4 ލައްކައަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކައިފިއެވެ.

މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 418،034 ފަތުރުވެރިން އައިސްފައިވާކަމަށް ދައްކައެވެ. ނިމިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ އައިސްފައިވަނީ 381،870 ފަތުރުވެރިންނެވެ. ތަފާސް ހިސާބުން ދައްކާގޮތުގައި މިއީ ފައިބެއަހަރުގެ މި މުއްދަތާއި އަޅާބަލާއިރު 9.5 އިންސައްތައިގެ ކުރިއެރުމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އައިސްފައިވަނީ ޗައިނާއިންނެވެ. އެގައުމުން 67،185 ފަތުރުވެރިން އައިއިރު، ރަޝިއާ އިން 46،636 ފަތުރުވެރިން، އިޓަލީން 40،345 ފަތުރުވެރިން އައިކަމަށް ދައްކައެވެ. އަދި އިނގިރޭސިވިލާތުން 38،162 ފަތުރުވެރިންނާއި ޖަރުމަނުން 24،980 ފަތުރުވެރިން އައިކަމަށް ވެސް ދައްކައެވެ.

މި މުއްދަތުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 283،272  ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރިއިރު، ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ. އެއީ 111،390 ފަތުރުވެރިންނެވެ.

މިނިސްޓްރީގެ ތަފާސް ހިސާބުން ދައްކާގޮތުގައި އެވްރެޖްކޮށް މިހާރު ދުވާލެއްގެ މައްޗަށް ރާއްޖެއަށް 8000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މިހާތަނަށް 4 ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެޚަބަރު | ގަޑިއިރެއް ކުރިން"ޖީ.ސީ.އެފް ޕްރޮޖެކްޓް ޕްރޮޕޯޒަލް – އިނީޝިއަލް ސްޓޭކްހޯލްޑަރ ވޯކްޝޮޕް" ބާއްވައިފިޚަބަރު | 7 ދުވަސް ކުރިންމި އަހަރު ދެވަނަ ފަހަރަށް ޓޫރިސްޓުންގެ ރެކޯޑު މުގުރާލައިފިޚަބަރު | 13 ދުވަސް ކުރިންފަތުރުވެރިކަމުގެ އައު ރެކޯޑެއް: އެއް ދުވަހާ 10،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށްޚަބަރު | 20 ދުވަސް ކުރިން