logo
Bank of Maldives

Bank of Maldives

ޚަބަރު

ދެ އިންތިޚާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ހަދަނީ މެމްބަރުންގެ މުސާރަ ހަ މަސްދުވަހަށް އުނިވާނެތީ: ފަލާހް

މުހައްމަދު މޫސާމުހައްމަދު މޫސާ
24 ފެބްރުއަރީ 2026 - 09:12
ދެ އިންތިޚާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ހަދަނީ މެމްބަރުންގެ މުސާރަ ހަ މަސްދުވަހަށް އުނިވާނެތީ: ފަލާހް

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް އިދިކޮޅު އެމްޑީޕީން ދެކޮޅު ހަދަނީ އެ ޕާޓީގެ މަޖިލިސް މެމްބަރުންގެ މުސާރަ 6 މަސްދުވަހަށް ނުލިބިދާނެތީ ކަމަށް ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރު، އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ މެޖޯރިޓީ ލީޑަރު އިބްރާހީމް ފަލާހް ވިދާޅުވެއްޖެ އެވެ.

ގދ. ތިނަދޫ ސިޓީގެ ކައުންސިލަށް ވާދަކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ މާލެ ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ފަލާހް ވިދާޅުވީ އެމްޑީޕީގެ ސިޔާސީ ލީޑަރުންނަކީ އަބަދު ވެސް އަމިއްލަ މަސްލަހަތަށް މަސައްކަތްކުރާ ބައެއް ކަމަށެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮލުމުން ދައުލަތަށް އެތައް ފައިދާއެއް ލިބެން އޮތް ނަމަވެސް އެމްޑީޕީން އެކަމާ ދެކޮޅު ހަދަނީ އަމިއްލަ މަންފާއަށްޓަކައި ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

"މި ދައްކަނީ ދައުލަތަކަށް ސަލާމަތްވާ އެތައް ސަތޭކަ މިލިއަން ރުފިޔާއަކާއި އެމްޑީޕީގެ 12 މެންބަރަކަށް ލިބޭ ހަ މަސްދުވަހުގެ މުސާރައިން ލިބޭ ލާރިކޮޅަކާ އަޅުވާ ކިޔާ ވާހަކަ،" ފަލާހް ވިދާޅުވި އެވެ.

ޕީއެންސީއަށް ފަހުގައި ދައުލަތުގެ ބަޖެޓުން އެންމެ ގިނައިން ފައިސާ ލިބެނީ އެމްޑީޕީއަށް ނަމަވެސް، އަންނަ ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް ކެންޑިޑޭޓުންނަށް އެ ޕާޓީން ހަރަދުނުކުރާ ކަމަށް ފަލާހް ވިދާޅުވި އެވެ. އޭނާ ތުހުމަތުކުރެއްވި ގޮތުގައި އެ ފައިސާ ވެސް ހަރަދުކުރަނީ އެމްޑީޕީގެ ލީޑަރުންގެ މުސާރަ ދިނުމަށެވެ.

"އެމްޑީޕީއަށް ލިބޭ 9 މިލިއަން ރުފިޔާ ވެސް ހަރަދުކުރަނީ އެމްޑީޕީގެ ވެރިންނަށް. ކޮންމެ ވެރިއަކު ލައްކައިން ކޮންމެ މަހަކު މުސާރަ ނަގަން ވެގެން،" ފަލާހް ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގެ ޕީއެންސީގެ ކެމްޕެއިން މެނޭޖަރުކަން ވެސް އަދާކުރައްވާ ފަލާހް ވިދާޅުވީ އެމްޑީޕީ މިހާރު ވެސް އޮތީ ބޮޑުތަނުން ބަލިވެފައި ކަމަށެވެ. އެގޮތުން ކައުންސިލްތަކުގެ 1352 ގޮނޑީގެ ތެރެއިން 450 އެއްހާ ގޮނޑިއަށް އެމްޑީޕީން ވާދަނުކުރާ ކަމަށާއި، އެއީ ވާދަކުރާނެ ކެންޑިޑޭޓުން ނުލިބުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލާހް އިތުރަށް ވިދާޅުވީ އެމްޑީޕީ ދެން ނަގާ ކޮޅަކަށް ނުޖެހޭނެ ކަމަށާއި، އެ ޕާޓީގެ ލީޑަރުންނަށް އެންމެ ރަނގަޅު ގޮތަކީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުން ކަމަށެވެ. ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަން ބޭނުންވާނަމަ އާ ޕާޓީއެއް އުފެއްދުމަށް އޭނާ ވަނީ އެމްޑީޕީގެ ލީޑަރުންނަށް ގޮވާލައްވާފަ އެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެ އިންތިޚާބު އެއްކޮށްލަން އެމްޑީޕީން ދެކޮޅު ހަދަނީ މެމްބަރުންގެ މުސާރަ ހަ މަސްދުވަހަށް އުނިވާނެތީ: ފަލާހްޚަބަރު | ގަޑިއިރެއް ކުރިންރާއްޖޭގައި މިހާރު އިިދިކޮޅު ޕާޓީއެއް ނެތް, އެމްޑީޕީގެ ތާއީދު ރާއްޖޭގައި ދަށަށް ގޮސްފި: ފަލާހުޚަބަރު | 4 ގަޑިއިރު ކުރިންކައުންސިލް އިންތިޚާބުގައި ހުރިހާ ރައްޔިތުން ވެސް އެމްޑީޕީ އަށް ނޫނެކޭ ބުނަންޖެހޭ: ފަލާހްޚަބަރު | 13 ދުވަސް ކުރިންރައީސް މުޢިއްޒު އަކީ މި ޤައުމަށް ލިބިފަހުރި ޖަވާހިރެއް: ފަލާޙްޚަބަރު | 3 މަސް ކުރިން