logo
Bank of Maldives

Bank of Maldives

ޚަބަރު

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގަން އެއްބަސްވުމެއް

އިސްމާޢިލް ރާތިޢު
25 ފެބްރުއަރީ 2026 - 13:15
ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގަން އެއްބަސްވުމެއް

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ކޯހެއް ހިންގުމަށް ތައުލީމީ ވުޒާރާއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ތައުލީމީ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދުއެވެ. އެމްއެންޔޫގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒްއެވެ.

މި ޕްރޮގްރާމަކީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ފޯރުކޮށްދޭ އެހީތެރިކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ގައުމީ ފެންވަރުގައި ކުރިއަށްގެންދާ މުދައްރިސުން ތަމްރީނުކުރުމުގެ މަޝްރޫއުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ބައެކެވެ. މި ކޯހުގައި ބައިވެރިވާ ދަރިވަރުންގެ ކޯސް ފީގެ ހުރިހާ ހަރަދެއް ވުޒާރާއިން ހަމަޖައްސައިދިނުމުގެ އިތުރުން، ކޮންމެ ދަރިވަރަކަށް މަހަކު -/1،500 ރުފިޔާގެ ސްޓައިޕެންޑެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމުގެ ދާއިރާއިން، ސަރުކާރުން ހުރިހާ ޚަރަދެއް ހަމަޖައްސައިދޭ ގޮތަށް އެމްއެންޔޫ އާއެކު އެއްބަސްވެފައިވަނީ ޑިޕްލޮމާ ފެންވަރުގެ ކޯހެއް ހިންގުމަށެވެ. އެމްއެންޔޫގައި މި ކޯސްފެށުމަށް އެއްބަސްވުން އެކުލަވާލާފައިވާއިރު އައިޔޫއެމްއާއި ވިލާ ކޮލެޖުގައި މިކޯސް ފެށިގެން މިހާރުވެސް ކުރިއަށް އެބަދެއެވެ.

މި ކޯހުގައި ކްލާސްރޫމްގައި ކިޔަވައިދިނުމުގެ އިތުރަށް އަމަލީ ތަޖުރިބާގެ ބައިވެސް ކުރިއަށް ގެންދާނެއެވެ. އަދި އެކި މަސައްކަތު ބައްދަލުވުންތައް ބޭއްވުމާއި ސްކޫލްތަކަށް ގޮސް އަމަލީ ތަޖުރިބާ ހޯދުންވެސް މިކޯހުގެ ބައިތަކުގެ ތެރޭގައި ހިމެނެއެވެ.

އުގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ތަމްރީންކުރުމުގެ މަސައްކަތް ތައުލީމީ ވުޒާރާއިން ކުރިއަށްގެންދަނީ މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްގެ ތެރޭގައި ހިމަނައިގެންނެވެ. މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުފުޅެކެވެ.

ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ސެން ޓީޗަރުންނަށް ރިސްކް އެލަވަންސް ނުވަތަ ޚާއްސަ އިނާޔަތެއް ލިބޭނެ ގޮތް ސަރުކާރުން ހަމަޖައްސަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ތައުލީމީ ނިޒާމުގެތެރެއިން އެއްވެސް ކުއްޖަކު ބާކީނުކޮށް ހަމަހަމަ ފުރުޞަތާއެކު ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިންނަށްވެސް ފުރުޞަތު ފަހިކޮށްދިނުމަކީ ސަރުކާރުގެ މުހިންމު ޢަމާޒެކެވެ. އެގޮތުން ތަޢުލީމާއި އަދި ވަޒީފާގެ މާޙައުލުން ފުރުޞަތު އިތުރުކުރުމުގެ މަސައްކަތްތައް ސަރުކާރުން ވަނީ ފައްޓަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސެން ޓީޗަރުން ތަމްރީނުކުރުމުގެ ޑިޕްލޮމާ ކޯހެއް ހިންގަން އެއްބަސްވުމެއްޚަބަރު | 4 ގަޑިއިރު ކުރިންސްމާޓް ކްލާސްތަކާއެކު މަޖީދިއްޔާ ސްކޫލް އިމާރާތް އެޅުމަށް، ދަރުމަވަންތަ ބައު އިމާރާތް ތަޅާލައިފިޚަބަރު | 15 ދުވަސް ކުރިންދަރިވަރުންގެ ތަރުބިއްޔަތުގެ "ބިންގާ" އަޅައިދިނުމަށް ތައްޔާރުވެއްޖެޚަބަރު | މަހެއް ކުރިންވިލުފުށީގައި އެމްއެންޔޫ ކެމްޕަހެއް ޤާއިމްކުރަނީޚަބަރު | 5 މަސް ކުރިން