logo
Bank of Maldives

Bank of Maldives

ދުނިޔެ

ސައުދީ އަރަބިއްޔާގެ މެދުތެރެއަށް އަމާޒުކުރި ކްރޫޒް މިސައިލެއް އެގައުމުން ހުއްޓުވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
7 މާރިޗު 2026 - 03:39
ސައުދީގެ މެދުތެރެއަށް އަމާޒުކުރި ކްރޫޒް މިސައިލެއް އެގައުމުން ހުއްޓުވައިފި

ސައުދީ އަރަބިއްޔާގެ މެދުތެރެއަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް އެގައުމުގެ އެއާ ޑިފެންސް ސިސްޓަމްތަކުން ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށް އެގައުމުން ހުކުރު ދުވަހު ބުނެފިއެވެ.

އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި، އެކްސްގައި ޑިފެންސް މިނިސްޓްރީގެ ތަރުޖަމާނަކު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، އަލް-ޚަރްޖް ގަވަރުނަރޭޓްގެ އިރުމަތިން ކްރޫޒް މިސައިލެއް ހުއްޓުވައި ހަލާކުކޮށްލާފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ ނުވަތަ މުދަލަކަށް ގެއްލުންވިކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ހުކުރު ދުވަހުގެ ކުރީކޮޅު އެ ގައުމުން ބުނެފައިވަނީ، ސައުދީގެ ޕްރިންސް ސުލްތާން އެއާ ބޭސްއަށް އަމާޒުކޮށް ފޮނުވާލި ތިން ބެލިސްޓިކް މިސައިލެއް ވެސް ހުއްޓުވާފައިވާ ކަމަށެވެ.

ފެބްރުއަރީ 28 އިން ފެށިގެން އީރާނުން ދަނީ އިސްރާއީލަށާއި، އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުންނަ ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދެމުންނެވެ. މީގެ ތެރެއިން ބައެއް ހަމަލާތަކުގައި މީހުން މަރުވެ، ބަނދަރުތަކާއި މީހުން ދިރިއުޅޭ އިމާރާތްތައް ހިމެނޭހެން އާންމުންގެ ތަންތަނަށް ގެއްލުންތައް ލިބިފައިވެއެވެ.

ތެހެރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ، އީރާނުގެ އެންމެ މަތީ ވެރިޔާ އަލީ ޚާމަނާއީ އާއި އަސްކަރީ އިސް އޮފިޝަލުން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު މަރުވި، އެމެރިކާ އާއި އިސްރާއީލުގެ އަސްކަރީ ކެމްޕޭނަށް ރައްދު ދިނުމުގެ ގޮތުން ދޭ ހަމަލާތަކެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނާ އެކު ކުރިއަށްދިޔަ ވާހަކަތައް ހުއްޓާލުމަށް ޓްރަމްޕް އަމުރުކުރައްވައިފިދުނިޔެ | 20 ދުވަސް ކުރިންޓްރަމްޕްގެ ވިސްނުމަކީ އީރާނަށް އިގްތިސާދީ ގޮތުން ފިއްތުންތައް އިތުރުކުރުވުންދުނިޔެ | މަހެއް ކުރިންހޮރްމޫޒް ކަނޑުއޮޅީގެ މައްސަލައިގައި އޮމާނާއި އީރާނުގެ މަޝްވަރާތައް ކުރިއަށް، ހުޅުވޭނެ ދުވަހެއް ނޭނގޭދުނިޔެ | މަހެއް ކުރިންއެމެރިކާއާއެކު ސީދާ އެއްވެސް މަޝްވަރާއެއް ކުރިއަކަށްނުދޭ: އީރާންދުނިޔެ | މަހެއް ކުރިން