logo
Bank of Maldives

Bank of Maldives

ވިޔަފާރި

އެމްޕީއެލް އިން މިމަހުގެ މިހާތަނަށް 38،000 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފި

މުޙައްމަދު އަފްރާޙް
10 މާރިޗު 2026 - 10:22
 އެމްޕީއެލް އިން މިމަހުގެ މިހާތަނަށް 38،000 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފި

މޯލްޑިވްސް ޕޯރޓްސް ލިމިޑެޓް (އެމްޕީއެލް) އިން މިމަހުގެ މިހާތަނަށް 38،000 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފިއެވެ.

އެމްޕީއެލްގެ ތަފާސްހިސާބުން ދައްކާގޮތުގައި މި ހިނގާ މާރިޗު މަހުގެ ފުރަތަމަ 8 ދުވަހު ވަނީ38،836 ކޮންޓެއިނަރ ކްލިއަރކޮށްފައެވެ. މީގެތެރޭގައި 20 ފޫޓުގެ ކޮންޓެއިނަރއާއި 40 ފޫޓުގެ ކޮންޓެއިނަރ ހިމެނޭކަމަށް ތަފާސްހިސާބުން ދައްކައެވެ. އަދި މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ކޮންޓެއިނަރ ކްލިއަރކޮށްފައިވަނީ މިމަހުގެ 3 ވަނަ ދުވަހު ކަމަށާއި އެ ދުވަހު 6544 ކޮންޓެއިނަރ ކްލިއަރކޮށްފައިވާކަަމަށް ދައްކައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން މިދިޔަ ހަފްތާގައި މާލޭ ވިޔަފާރި ބަނދަރުން އެންމެ ގިނައިން ކްލިއަރކޮށްފައިވަނީ ބިސް، ފިޔާ އަދި އަލުވި ފަދަ އަސާސީ ކާބޯތަކެތީގެ ބާވަތްތައްކަަމަށް އެމްޕީއެލްގެ ތަފާސްހިސާބުން ވަނީ ދައްކާފައެވެ. އޭގެތެރެއިންވެސް އެންމެ ގިނައިން ކްލިއަރ ކޮށްފައިވަނީ ބިހެވެ. އެއީ، 26،536 ކޭހެވެ.

އެމްޕީއެލް އިން އެންމެގިނައިން ކްލިއަރކޮށްފައިވާ ބާވަތްތަކަށް ބަލާއިރު، ބިސް، ކަރާ، ދޮންކެޔޮ، ފިޔާ، އަލަނާސި، އަލުވި އަދި ޓޮމާޓޯ ހިމެނެއެވެ. އެމްޕީއެލް އިން ބުނެފައިވަނީ ކްލިއަރކުރާ ކޮންޓެއިނަރގެ އަދަދު އިތުރުވަމުންދާއިރު، އެކުންފުނީގެ އޮޕަރޭޝަންތައް އަވަސްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންއަންނަކަމަށެވެ. އެގޮތުން މީގެކުރިއާ އަޅާބަލާއިރު އެމްޕީއެލްއިން މުދާ ކްލިއަރކުރުމަށް ނަގާ ވަގުތު ވަނީ އެތައް ގުނައަކުން ކުޑަވެފައިކަން ފާހަގަކުރެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލް އިން މިމަހުގެ މިހާތަނަށް 38،000 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފިވިޔަފާރި | ގަޑިއިރެއް ކުރިންހަފްތާއެއް ތެރޭ 29,321.9 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފިވިޔަފާރި | 13 ދުވަސް ކުރިން140 ޓަނަށްވުރެ ގިނަ މުދާ 'ސީ-ޓޫ-އެއަރ' މެދުވެރިކޮށް ރާއްޖޭން ބޭރުކޮށްފިވިޔަފާރި | 16 ދުވަސް ކުރިންއިތުރު ފައްތިޔާތަކާއެކު އުޅަނދު ފަހަރަށް ބޮޑު ލުޔެއް، ކުރިން ލިބެން ނެތް ކަރަންޓާއި ފެން ފޯރުކޮށްދެނީޚަބަރު | 16 ދުވަސް ކުރިން