logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރަށުންބޭރުގައި އެޓަލާންޓާ ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ އެހެންޓީމުތަކަށް ބަޔާންއިން ވަރުގަދަ މެސެޖެއް

އަބްދުﷲ ޣާނިމް
11 މާރިޗު 2026 - 04:55
ރަށުންބޭރުގައި އެޓަލާންޓާ ހަމަބިމަށް ތިރިކޮށް ޗެންޕިއަންސް ލީގުގެ އެހެންޓީމުތަކަށް ބަޔާންއިން ވަރުގަދަ މެސެޖެއް

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ރޭ ކުޅުނު މެޗުގައި ބަޔާން މިއުނިކުން އެޓަލާންޓާގެ މައްޗަށް 6-1 ގެ ބޮޑު މޮޅެއް ހޯދައި، މުބާރާތުގެ ކުއާޓާ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. މި މެޗުގައި ބަޔާންގެ މައިކަލް އޮލީސޭ ވަނީ ދެ ލަނޑު ޖަހައި އިތުރު ލަނޑެއް ޖެހުމަށް އެހީތެރިވެދީ މޮޅު ކުޅުމެއް ދައްކާފައެވެ.

ނިއު ބެލެންސް އެރީނާގައި ކުޅުނު މި މެޗުގެ 12 ވަނަ މިނެޓުގައި ބަޔާނުން ވަނީ ލީޑު ނަގާފައެވެ. ސާޖް ގްނެބްރީ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޖޯސިޕް ސްޓަނިސިޗްއެވެ. އޭގެ 10 މިނެޓު ފަހުން އޮލީސޭ ވަނީ ހިތްގައިމު ގޯލެއް ޖަހައި ބަޔާންގެ ލީޑު ފުޅާކޮށްދީފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި އޮލީސޭ ދިން ބޯޅައަކުން ގްނެބްރީ ވަނީ ބަޔާންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ހަތް މިނެޓު ތެރޭގައި ނިކޮލަސް ޖެކްސަން ވަނީ ބަޔާންގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. އަދި މެޗުގެ 60 ވަނަ މިނެޓުގައި އޮލީސޭ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކުރިއިރު، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ޖަމާލް މުސިއާލާ ވަނީ 67 ވަނަ މިނެޓުގައި ބަޔާންގެ ހަވަނަ ލަނޑު ޖަހާފައެވެ. އެޓަލާންޓާގެ ހަމައެކަނި ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މާރިއޯ ޕަސަލިޗްއެވެ.
މިމޮޅާއެކު ބަޔާން ވަނީ މިމުބާރާތުގެ ކުއާޓަރ ފައިނަލާއި ފިޔަވަޅަކާއި ގާތަށް ޖެހިލައި، މުބާރާތުގައި ބައިވެރިވާ އެހެން ޓީމުތަކަށް މިފަހަރު ބަޔާން އަކީ މިމުބާރާތުގައި ސީރިއަސް ޓީމެއްކަން ދައްކާލާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަޔާން ބަލިކޮށް ޕީއެސްޖީ ޖެހިޖެހިގެން ދެވަނަ ފަހަރަށް ޗެންޕިއަންސް ލީގުގެ ތަށި ހޯދުމުގެ ފުރުސަތު ހޯދައިފިކުޅިވަރު | މަހެއް ކުރިންޗެންޕިއަން ޕީއެސްޖީ އިން ސެމީގައި ބަޔާންކޮޅަށް ފަސްގޯލުޖަހައި ފައިނަލުގެ ޖާގައަކާއި ގާތަށްޖެހިލައިފިކުޅިވަރު | 2 މަސް ކުރިން4 މެޗު ބާކީއޮއްވައި ބަޔާން ލީގު ކަށަވަރުކޮށްފި، ހުރިހާ އަމާޒެއް ޗެންޕިއަންސް ލީގަށްކުޅިވަރު | 2 މަސް ކުރިންސެއިންޓް ޕައުލީ ބަލިކޮށް ބަޔާން މިއުނިކް ބުންޑެސްލީގާގެ ތަށި ހޯދުމާ ގާތަށްކުޅިވަރު | 2 މަސް ކުރިން