logo
Bank of Maldives

Bank of Maldives

ޚަބަރު

ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް

އިސްމާޢިލް ރާތިޢު
11 މާރިޗު 2026 - 09:42
މާލޭ ނޯތު ހާބަރ، ފޮޓޯ: އެމްޕީއެލް
މާލޭ ނޯތު ހާބަރ، ފޮޓޯ: އެމްޕީއެލް

އުޅަނދުތަކަށް ޖާގަ ދިނުމަށް އަމަލު ކުރަމުންދާ އުސޫލު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި، މާލޭގެ ނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއް ގެނެސްފައިވާ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.
އެމްޕީއެލްއިން ބުނީ، މިހާރު ގެނެސްފައިވާ ބަދަލާއެކު މުދަލާއި ފަސިންޖަރުން އުފުލާ އުޅަނދުފަހަރު، މާލެ ނޯތު ހާބަރުގެ ކީވޯލަށް ދައްކަންޖެހޭ ފައިސާ ދައްކާ ނިމުމަށްފަހު، ފުރާ ވަގުތުން ފެށިގެން ކޮންްމެ ކިޔު އެއްގައިވެސް ނޯޓު ކުރެވޭނެކަމަށެވެ.

ކިޔު ތަރުތީބުން ކީވޯލުން ޖާގަދިނުމަށް ނޯތު ހާބަރު އޮފީހުން ގުޅުމުން، އެއްވެސް ސަބަބަކާ ހުރެ 2 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރިނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ނުގުޅިއްޖެ ހާލަތެއްގައި، އެ އުޅަނދެއް އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން ވަގުތީގޮތުން "ހޯލްޑް" ކުރެވޭނެކަމަށާއި ކިޔުގައި ދެން ހުރި އުޅަނދުތަކަށް ތަރުތީބުން ގުޅާ ޖާގަ ދެމުންގެންދާނެކަމަށް ވިދާޅުވެފައިވެއެވެ.

މި ދެ ޒޯނުން "ހޯލްޑް" ކުރެވޭ އުޅަނދުތައް އަލުން ކިޔުއަށް އިތުރުކުރެވޭނީ، އެ އުޅަނދެއް ގްރޭޓަރ މާލެ ސަރަހައްދަށް ވަނުމަށްފަހު ނޯތު ހާބަރު އޮފީހަށް ގުޅައި އެކަމަށް އެދުމުންނެވެ. މިގޮތަށް ގުޅައި "އަންހޯލްޑް" ކުރުމަކީ އެ އުޅަނދެއްގެ ފަރާތުން ފުރިހަމަކުރަންޖެހޭ ޒިންމާއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުގައި "ހޯލްޑް" ކުރުމަށްފަހު އަލުން ކިޔުއަށް އިތުރުކުރާ އުޅަނދުތަކަށް، ޖާގައެއް ހުސްވެއްޖެނަމަ ގުޅާނީ "އަންހޯލްޑް" ކުރިތާ 2 ގަޑިއިރު ފަހުންނެވެ. އެ ވަގުތު ހަމަވުމުން އޮފީހުން ގުޅުމުންވެސް، އެއްވެސް ސަބަބަކާ ހުރެ ޖާގައަށް ކައިރި ނުކުރެވިއްޖެނަމަ ނުވަތަ ފޯނަށް ޖަވާބު ނުދެވިއްޖެނަމަ ޖާގަ ފަސްކުރާނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މިގޮތަށް ފަސްކޮށްދެވޭނީ ގިނަވެގެން 3 ފަހަރެވެ. 4 ވަނަ ފަހަރު ކިޔުއިން ކެންސަލްވާނެއެވެ.
އޭ-ޒޯން އަދި ސީ-ޒޯންގައި "ހޯލްޑް" ކުރުމުގެ ފުރުސަތު އޮތް ނަމަވެސް، އެކްސްޕްރެސް ކިޔުގައި ފަސްކުރުމެއް ނޯންނާނެއެވެ. އެކްސްޕްރެސް ކިޔުއިން ޖާގައެއް ހުސްވެގެން ގުޅުމުން، އެ ޖާގައަށް ކައިރިކުރުމަށް ލިބޭނީ 4 ގަޑިއިރުގެ ވަގުތެއްކަމަށާއި، އެ ވަގުތަށް ކީވޯލް ޗާޖް ނަގާނެކަމަށްވެސް އުސޫލުގައި ބުނެފައިވެއެވެ. އަދި މި 4 ގަޑިއިރު ތެރޭގައި ކީވޯލަށް ކައިރި ނުކުރެވިއްޖެނަމަ، އެ އުޅަނދެއް ކިޔުއިން ކެންސަލްވާނެއެވެ.

އޭ-ޒޯން އަދި ސީ-ޒޯން ކިޔުއިން "ހޯލްޑް" ކުރުމަށްފަހު، "އަންހޯލްޑް" ނުކޮށް ގިނަވެގެން ބޭއްވޭނީ 5 ދުވަސް ނުވަތަ 120 ގަޑިއިރަށެވެ. މި މުއްދަތު ހަމަވުމުން ކިޔުއިން އުޅަނދު އުނިކުރެވޭނެކަމަށް އެމްޕީއެލްއިން ބުނެއެވެ. މާލެ ނޯތު ހާބަރުން ފުރުމަށްފަހު ކިޔުގައި ނޯޓު ކުރުމާއި، ކިޔުއިން ކެންސަލްވުމަށްފަހު އަލުން ނަން ނޯޓުކުރުމަކީ އެ އުޅަނދެއްގެ ޒިންމާއެކެވެ.

މި ބަދަލަށް ޢަމަލުކުރަން ފަށާނީ 14 މާރިޗުވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:00 އިން ފެށިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނޯތު ހާބަރުގައި ވަކި ކިއުއެއް ހަދާގޮތަށް، އެމްޕީއެލްއިން އުސޫލަށް ބަދަލުތަކެއް ގެނެސްފިވިޔަފާރި | 4 ގަޑިއިރު ކުރިންއޭ-ޒޯނުން އުޅަނދުފަހަރަށް ކަަރަންޓާއި ފެނުގެ ހިދުމަތް: ފަޅުވެރިންނަށް ބޮޑެތި ފަސޭހަތަކެއްޚަބަރު | 2 ދުވަސް ކުރިންަހަފްތާއެއްތެރޭ އެމްޕީއެލް އިން 35,000 ޓަނުގެ މުދާ ކްލިއާކޮށްފިވިޔަފާރި | 2 ދުވަސް ކުރިންވިޔަފާރި ބަނދަރު ރަނގަޅު ކުރުމަށް މިހާރުން މިހާރަށް އެޅޭނެ ފިޔަވަޅުތައް ދަނީ ބަލަމުން: ސައީދުޚަބަރު | 2 ދުވަސް ކުރިން