logo
Bank of Maldives

Bank of Maldives

ރިޕޯޓް

''ފެނޭ'': ތާރީޚީ ބަދަލަކަށް ރަނުގެ ފުރުސަތެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
13 މާރިޗު 2026 - 12:35
''ފެނޭ'': ތާރީޚީ ބަދަލަކަށް ރަނުގެ ފުރުސަތެއް

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުގެ ވާހަކައަކީ މިއަދު އަލަށް އުފަންވި ޚިޔާލެއް ނޫނެވެ. މިއީ ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙުގައި މާކުރިންވެސް ފިކުރު ހިންގައި، ބަހުސްކުރެވި، ރަސްމީ ސިފައެއްގައި ހުށަހެޅިފައިވާ މުހިންމު ކަމެކެވެ. މިކަމުގެ ތާރީޚީ ފެށުމަށް ބަލާއިރު، މިހާރު މިއަމަލުކުރާ ފެހި ޤާނޫނުއަސާސީ އެކުލަވާލުމުގެ މަސައްކަތް ކުރި ރައްޔިތުންގެ ޚާއްޞަ މަޖިލީހުގައިވެސް މި ބަހުސް ވަނީ ފުޅާދާއިރާއެއްގައި ކުރެވިފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙުމަދު ނާޒިމް ދާދިފަހުން ހަނދާން އައުކޮށްދެއްވި ގޮތުގައި، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ޚާއްޞަ މަޖިލީހަށް ތިން ހުށަހެޅުމެއް އޭރު ހުށަހެޅުނެވެ. އެއީ މާލޭ މެންބަރު އިބްރާހީމް އިސްމާޢީލާއި، މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޢަލީ ވަޙީދާއި، ހަމަ އެ ދާއިރާގެ މެންބަރު ޝާހީން ޙަމީދު ހުށަހެޅުއްވި އިޞްލާޙުތަކެވެ. މި ހުރިހާ އިޞްލާޙެއްގެވެސް މައިގަނޑު ބޭނުމަކީ ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފަށާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުއެކީގައި ބޭއްވުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް މުޢިއްޒު: ރައްޔިތުންނަށް ގެއްލުންވާނެ ކަމެއް ނުކުރަށްވާނެކަން ޔަގީން

މާރިޗް 8، 2026 ގައި  ގްރޭޓަރ އައްޑޫ ވިޝަންގެ ތަފްސީލު ލޯންޗުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ މި މައުލޫއަށް އަލިއަޅުއްވާލައްވާފައެވެ. ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާމެދު ޤާނޫނު އަސާސީއަށް ގެނެސްފައިވާ އިސްލާޙާމެދު ރައްޔިތުންގެ ވިސްނުން ހުރި ގޮތެއް ބެލުމަށް ނެގުމަށް ހަމަޖެހިފައިވާ ވޯޓާއި ގުޅިގެން އެ ރޭ ރައީސް ރައްޔިތުންނަށް ދެއްވި ޔަގީންކަމަކީ ދިވެހި ރައްޔިތުންނާއި ޤައުމަށް ގެއްލުންވާނެ ކަމެއްގައި އެރައްޔިތުންގެ ގާތުގައި ނާއްސަވާނެކަމެވެ. ރައްޔިތުންނަށް މަންފާއެއް އޮތް ކަމެއް ކަމަށް އެމަނިކުފާނަށް ފެނިވަޑައިނުގަންނަވާ އެއްވެސް ކަމެއްގައި ރައްޔިތުންގެ ގާތަށް ނުދާނެ ކަމަށެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް އެމަނިކުފާނު ތާޢީދު ކުރައްވަނީ އެކަމުގެ ގިނަ ފައިދާތަކެއް ހުރުމުން ކަމަށާ ރިޔާސީ އިންތިޚާބު ބާއްވާތާ އެންމެ ހަ މަސް ފަހުން މަޖިލީސް އިންތިޚާބު ބޭއްވުމުން އެކަމުގައި ޤައުމާއި ރައްޔިތުންނަށް އޮތީ ގެއްލުން ކަމުގައި ރައީސް ވިދާޅުވި އެވެ. ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ވޯޓްލާން ނިކުންނަ މީހުން އިތުުރުވެ އިންތިޚާބު މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ ބޮޑު ތާޢީދަކާއެކު ވަޑައިގަންނަވާ ބޭފުޅުންނަށް ވާނެ ކަމަށާއި، އަދި އެމަނިކުފާނުގެ ސަރުކާރަށް ފުރަތަމަކޮޅު ދިމާވި ފަދަ ކަންކަން ކުރުމަށް އެއްވެސް ބަޔަކަށް ފުރުސަތު ނުލިބޭނެ ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި، ދެ އިންތިހާބު ދެ އިރެއްގައި ބޭއްވުމުން ފައިދާއަށް ވުރެ ލިބޭ ގެއްލުން ބޮޑެވެ.

"އެންމެ ބޮޑު ގެއްލުމަކީ ގައުމުގައި ހަމަޖެހުން ގެއްލިގެން ދިއުން. އަޅުގަނޑުގެ މައިގަނޑު އެއް ސިޔާސަތަކީ ހަމަޖެހުން ގާއިމްކުރުން،" ރައީސް ވިދާޅުވި އެވެ.

ޤާސިމް: މިކަން ކުރަން ލަސްވެސް ވެއްޖެ

މިކަމަށް ތާއީދުކުރައްވައި މަޖިލީހުގެ ކުރީގެ ރައީސް ކަމާއި، ޚާއްސަ މަޖިލީހުގެ ރައީސްކަން ކުރަށްވާފައިވާ މާމިގިލީ ދާއިރާގެ މެމްބަރު، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވީ، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަކީ ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައި މިހާރު ކުރަން ލަސްވެފައިވާ ކަމެއް ކަމަށެވެ. އިންތިޚާބުތައް ވަކިވަކިން އޮތުމުން، ވެރިކަމަށް އަންނަ ރައީސަކަށް މަޖިލީހުގެ މެޖޯރިޓީ ހޯދުމަށް ފުރަތަމަ ހަ މަސްދުވަސް ހޭދަކުރަންޖެހުމާއި، އިދިކޮޅު މަޖިލީހަކުން ސަރުކާރުގެ ބަޖެޓަށް ހުރަސްއަޅައި ޖެއްސުންކުރުމުގެ ފުރުސަތު އޮންނަކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، މިކަމުގެ ސަބަބުން ދައުލަތުގެ ބަޖެޓުން 120 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމަތްކުރެވޭނެކަންވެސް ޤާސިމް ފާހަގަކުރެއްވިއެވެ.

''އެހެން ކަމުން ޤައުމުގެ ސިޔާސީ ހަމަޖެހުމަށްޓަކައިވެސް މިއީ މިހާރު ކުރަން ލަސްވެފައިވާ ކަމެއްކަމުގައި އަޅުގަނޑު ދެކެމެވެ. މަޖިލީހުން ގެންނެވި މި އިސްލާޙް ރައީސް ތަސްދީޤް ކުރައްވާނީ، ރައްޔިތުންގެ މިކަމަށް އާބަސް ބުނުމުންކަމަށްވާތީ، އަޅުގަނޑު އެދެނީ އަންނަ އެޕްރީލް މަހު، ކުރީކޮޅު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ވޯޓާއި އެކު އޮންނަ ރައްޔިތުންގެ "ފެންނަނުފެންނަ" ވޯޓުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުން އެގޮތަށް "ފެންނަ" ކަމަށް ވޯޓު ދެއްވުމެވެ. '' ޤާސިމް ވިދާޅުވެފަވެއެވެ.

ސިޔާމްގެ އެމްޑީއޭ: ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެއް

ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) އިސްކޮށް ހުންނަވާ އެމް.ޑީ.އޭ އިންވެސް ވަނީ މި ނިންމުމަށް މަރުޙަބާ ކިޔާފައެވެ. އެ ޕާޓީން ދެކޭގޮތުގައި މިއީ ރާއްޖޭގެ އިޤްތިޞާދީ ޙާލަތާއި ދައުލަތުގެ ދަރަނި މެނޭޖްކުރުމަށް އެޅޭނެ ވަރަށް މުހިންމު ފިޔަވަޅެކެވެ. އިޤްތިޞާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަން އިސްކުރުމަކީ ޒިންމާދާރު ސިޔާސަތެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

"މިއީ ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ،" އެމްޑީއޭއިން ނެރުނު ބަޔާނުގައިވެއެވެ.

"އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް މި ޕާޓީން އިއުތިރާފުވަމެވެ،" އެމްޑީގެ ބަޔާނުގައި އިތުރަށް ބުނެފަވެއެވެ.

ޝިހާބު: ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އިންތިޚާބުތަކުގެ އިންސާފުވެރިކަން ކަށަވަރުވާނެ

މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ޝިހާބު ވިދާޅުވި ގޮތުގައި، އިރުއިރުކޮޅާ އިންތިޚާބުތައް ބޭއްވުމަކީ ރާއްޖެފަދަ ކުޑަ ޤައުމަކަށް އެންމެ ފައިދާހުރި ގޮތެއް ނޫނެވެ. އިންތިޚާބުތައް އެއްކޮށް ބޭއްވުމުން ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އިންތިޚާބުތަކުގެ އިންސާފުވެރިކަން ކަށަވަރުވާނެއެވެ. އަދި ދެ އިންތިޚާބަށް އެއްފަހަރާ ވޯޓުލާއިރު ރައީސަކަށް އަންނާނީ ކޮން ބޭފުޅެއްކަން ނޭނގޭތީ، ނުފޫޒު ފޯރުވުމަށް އޮތް ފުރުޞަތުވެސް ހަނިވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެނަށް އިއްތިފާގުވެވޭ ކަމެއް

އިންތިޚާބުތައް އެއްކޮށްލުމަކީ ޚަރަދު ކުޑަވެ، ސިޔާސީ ހަމަޖެހުން ގާއިމުވެ، ރައްޔިތުންނަށް އެންމެ ފައިދާބޮޑު ގޮތް ކަމަށް ގިނަ ސިޔާސީ ލީޑަރުންނާއި ޕާޓީތަކުން މިހާރު އެއްބަސްވެއެވެ. ސިޔާސީ ތަޖުރިބާ ކާރުންނާއި، ޤައުމަށް އެކި ދުވަސްވަރު ބޮޑެތި ޚިދުމަތްތައް ކުރެއްވި ޚިދުމަތްތެރީންނާއި، ވިޔަފާރި ވެރިންނާއި މިހެންގޮސް އެތައް ބަޔަކު މިކަމަށް މިދަނީ އިއްތިފާގުވަމުންނެވެ. އެހެންކަމުން އަންނަ އޭޕްރީލް މަހު ބޭއްވުމަށް ހުށަހެޅިފައިވާ ފެންނަނުފެންނަ ވޯޓަކީ މި ތާރީޚީ ބަދަލަށް ރައްޔިތުންގެ ބަސް އިއްވުމަށް ލިބޭނެ މުހިންމު ފުރުޞަތެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

''ފެނޭ'': ތާރީޚީ ބަދަލަކަށް ރަނުގެ ފުރުސަތެއްރިޕޯޓް | 2 ގަޑިއިރު ކުރިންއަޤްޞާ މިސްކިތަށް ވަނުން ހަނިކުރާތީ ރާއްޖޭން ކުށްވެރިކޮށްފިޚަބަރު | 21 ގަޑިއިރު ކުރިންއަޅުގަނޑުގެ ތާއީދު ލިބޭ ކެންޑިޑޭޓުން ތިބޭނީ ހަމައެކަނި ޕީއެންސީގެ ޓިކެޓުގައި: ރައީސް ޑރ. މުޢިއްޒުޚަބަރު | 2 ދުވަސް ކުރިންވަޠަނީ ޚިދުމަތުގެ 3 ވަނަ ބުރުގައި ބައިވެރިވާން ހުޅުވާލައިފިޚަބަރު | 3 ދުވަސް ކުރިން