logo
MPL

MPL

ޚަބަރު

މާލެ ވެޓް މާކެޓް މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

ޒިދާން މުޙައްމަދު
15 މާރިޗު 2026 - 14:53
މާލެ ވެޓް މާކެޓް މަޝްރޫއު ބަޔަކާ ހަވާލުކޮށްފި

މާލެ މަސްމާރުކޭޓް ކުރިމަތީގައި ހުންނަ ލޯކަލް މާރުކޭޓް ސަރަހައްދުގައި މާލޭ ވެޓް މާކެޓް ކޮމްޕްލެކްސް ތަރައްގީކުރަން ބަޔަކާ ހަވާލުކޮށްފިއެވެ.

މިމަސައްކަތް ހަވާލުކޮށްފައި ވަނީ ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ހައުސިން މިނިސްޓްރީގެ ފަރާތުން މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޢަބްދުލް ހާދީއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރި މި މަޝްރޫއުގެ އަގަކީ 126.35 މިލިއަން ރުފިޔާއެވެ.

ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މިއަދު ސޮއިކުރި މި މަޝްރޫއުގެ އަގަކީ 126.35 މިލިއަން ރުފިޔާއެވެ.

މި މަޝްރޫއުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި 6 ފަންގިފިލާގެ ވެޓް މާކެޓް ކޮމްޕްލެކްސްއެއް އެޅުން، ބޭސްމަންޓް – ޕާކިން، ގްރައުންޑް ފްލޯ – މަސް މާރުކޭޓް އަދި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ފްލޯ – ތަރުކާރީ މާކެޓްގެ އިތުރުން 4 ވަނަ ފްލޯ – ފުޑް ކޯޓު ހިމެނެއެވެ.

މި މަޝްރޫއުގެ މަސައްކަތް 600 ދުވަހުން ނިންމަން ވަނީ އެއްބަސްވެފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"ވެށިފަހި މާލެ'" ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ގަންނަން ފުރުސަތު ހުޅުވާލަން ނިންމައިފިޚަބަރު | 4 ދުވަސް ކުރިންގެދޮރު، ޞިއްޙީ ފަރުވާ އަދި އިޤްތިޞާދީ ފައިދާ: ޑރ. މުއިއްޒު ސަރުކާރުގެ އަމާޒުރިޕޯޓް | 16 ދުވަސް ކުރިންބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފިޚަބަރު | 22 ދުވަސް ކުރިންމަރާމާތަށް ފަހު ރަސްފަންނު މިއަދު ހުޅުވަނީޚަބަރު | 5 މަސް ކުރިން