logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށް

އަބްދުﷲ ޣާނިމް
16 މާރިޗު 2026 - 04:34
ރެލިގޭޝަން ޓީމުތަކަށް ލިވަޕޫލުން ހަދިޔާ ބަހަނީ، މިފަހަރު ޓޮޓްނަމްއަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ލިވަޕޫލާއި ރެލިގޭޝަނަށް ވާދަކުރާ ޓޮޓެންހަމް ހޮޓްސްޕާ ބައްދަލުކުރި ފޯރިގަދަ މެޗު، ފަހު ވަގުތު ރިޗާލިސަން ކާމިޔާބުކޮށްދިން ލަނޑުން 1-1 އިން އެއްވަރުވެގެން ނިމިއްޖެއެވެ. އެންފީލްޑްގައި ކުޅުނު މި މެޗުން ލިބުނު ޕޮއިންޓާއެކު، ލީގުގައި ދެމިއޮތުމަށް ޓޮޓެންހަމުން ކުރަމުންދާ މަސައްކަތަށް ވަނީ އުންމީދެއް ލިބިފައެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ލިވަޕޫލުންނެވެ. މެޗުގެ 18 ވަނަ މިނެޓުގައި ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ޑޮމިނިކް ސޮބޮސްލާއީއެވެ. މިއީ މި ސީޒަނުގައި އޭނާ ކާމިޔާބުކުރި ހަތަރުވަނަ ހިލޭ ޖެހުމުގެ ލަނޑެވެ. މިއާއެކު އޭނާ ވެފައިވަނީ ލިވަޕޫލްގެ ތާރީޚުގައި އެއް ސީޒަނެއްގައި އެންމެ ގިނަ ހިލޭ ޖެހުން ކާމިޔާބުކުރި ކުޅުންތެރިޔާއަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ލިވަޕޫލުން ލީޑު ނެގި ނަމަވެސް، މެޗުގެ ފަހުކޮޅު ޓޮޓެންހަމުން ވަނީ ކުޅުން ރަނގަޅުކޮށް ލިވަޕޫލްގެ ގޯލަށް ނުރައްކާކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 90 ވަނަ މިނެޓުގައި ބްރެޒިލްގެ ފޯވާޑް ރިޗާލިސަން ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ޓޮޓެންހަމްގެ އާ ކޯޗު އީގޯ ޓުޑޯގެ އިރުޝާދުގެ ދަށުން އެ ޓީމުން ހޯދި ފުރަތަމަ ޕޮއިންޓެވެ.

މި ލަނޑާއެކު ރިޗާލިސަން ވަނީ ޕްރިމިއާ ލީގުގައި 100 ގޯލް ކޮންޓްރިބިއުޝަން (73 ލަނޑާއި 27 އެސިސްޓް) ހަމަކޮށްފައެވެ. އޭނާއަކީ މި ޝަރަފު ހޯދި ތިންވަނަ ބްރެޒިލް ކުޅުންތެރިޔާއެވެ. މީގެ އިތުރުން ރިޗާލިސަން އަކީ އެންފީލްޑްގައި ޒިޔާރަތްކުރާ ޓީމެއްގެ ކުޅުންތެރިއެއްގެ ގޮތުގައި މެޗުގެ 90 މިނެޓު ފަހުން ދެ ލަނޑު ޖެހި ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.

ލިވަޕޫލަށް ބަލާއިރު، މިއީ މި ސީޒަނުގައި މެޗުގެ 90 މިނެޓު ފަހުން އެ ޓީމު ކޮޅަށް ވަން އަށްވަނަ ލަނޑެވެ. މިއީ އެ ކްލަބުގެ ތާރީޚުގައިވެސް އެއް ސީޒަނެއްގައި މި ވަގުތުކޮޅު ތެރޭ އެންމެ ގިނަ ލަނޑު ވަން ފަހަރެވެ. އަދި މިއީ މި ސީޒަނުގައި މޮޅުވަމުން ގޮސް އެންފީލްޑްގައި ޕޮއިންޓް ގެއްލުނު ހަތްވަނަ ފަހަރެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމަށް ވަނީ ކުރިއަށް އޮތް ނޮޓިންހަމް ފޮރެސްޓް މެޗުގެ ކުރިން އިތުރު ހިތްވަރެއް ލިބިފައެވެ. 2026 ވަނަ އަހަރު ފެށުނު ފަހުން އަދި މިހާތަނަށް ލީގު މެޗަކުން މޮޅުނުވެ އޮތީ ޓޮޓެންހަމްގެ އިތުރުން ޝެފީލްޑް ވެނެސްޑޭ އެކަންޏެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލިވަޕޫލަށް ދޯކާދިނުމަށްފަހު ޔާން ދިއޮމާންޑޭ ޕީއެސްޖީއަށް ގުޅެން ނިންމައިފިކުޅިވަރު | 8 ދުވަސް ކުރިންއަންޑޯނީ އިރައޯލާ ލިވަޕޫލްގެ ކޮންޓްރެކްޓްގައި މިއަދު ސޮއިކުރަނީކުޅިވަރު | މަހެއް ކުރިންވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | 2 މަސް ކުރިންލިވަޕޫލުގެ ހަތުރުވެރިންނަށް އުފާވެރި ޚަބަރެއް, އަންނަ ސީޒަނުގައި ކޯޗުކަމުގައިވެސް ހުންނާނީ ސްލޮޓްކުޅިވަރު | 2 މަސް ކުރިން