logo
Bank of Maldives

Bank of Maldives

ދުނިޔެ

ދުބާއީ އެއާޕޯޓް ކައިރި އަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާން ރޯވުމުން އެއާޕޯޓް ހުއްޓުމަކަށް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 02:24
ދުބާއީ އެއާޕޯޓް ކައިރި އަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާން ރޯވުމުން އެއާޕޯޓް ހުއްޓުމަކަށް

ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓު ކައިރީގައި ހުރި ތެޔޮ ރައްކާކުރާ ޓޭންކަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ ހިނގި އަލިފާނުގެ ހާދިސާ، ސިވިލް ޑިފެންސް ޓީމުތަކުން ކާމިޔާބުކަމާއެކު ކޮންޓްރޯލްކޮށްފައިވާ ކަމަށް އޮފިޝަލުން ހޯމަ ދުވަހުގެ ފަތިހު ހާމަކޮށްފިއެވެ.

"މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ،" އެމެރިކާގެ ސޯޝަލް މީޑިއާ ކުންފުނި 'އެކްސް' މެދުވެރިކޮށް ދުބާއީ މީޑިއާ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ އޮފީހުން ކުރި އިތުރު ޕޯސްޓެއްގައި ބުނި ގޮތުގައި، މުވައްޒަފުންނާއި ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، "ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން" ދުބާއީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ވަނީ ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުގެ ފްލައިޓްތައް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

"ދަތުރުވެރިން އެމީހަކު ދަތުރުކުރާ އެއާލައިންތަކާ ގުޅައިގެން ފްލައިޓްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށް އިރުޝާދު ދެން. އަދި އިތުރު މައުލޫމާތު ލިބުނުވަރަކުން ރަސްމީ ވަސީލަތްތައް މެދުވެރިކޮށް ހާމަކުރަމުންދާނެ،" އެ ބަޔާނުގައިވެއެވެ.

މީގެކުރިން އެ އޮފީހުން ވަނީ ދުބާއީ އެއާޕޯޓު ހިމެނޭ ސަރަހައްދުގައި ހުރި ތެޔޮ ޓޭންކަކަށް ޑްރޯން ހަމަލާއެއް އަމާޒުވެ ހިނގި އަލިފާނުގެ ހާދިސާއަކަށް ކަމާބެހޭ ފަރާތްތަކުން އިޖާބަދެމުންދާ ކަމަށް ބުނެފައެވެ.

މި ހާދިސާ ހިނގާފައިވަނީ ފެބުރުއަރީ 28 ވަނަ ދުވަހު އިސްރާއީލާއި އެމެރިކާއިން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން ސަރަހައްދީ މަސްލަހަތު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެ ހަމަލާތަކުގައި އީރާނުގެ އޭރުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނޭއީ ހިމެނޭހެން މިހާތަނަށް 1,300 އެއްހާ މީހުން ވަނީ މަރުވެފައެވެ.

މީގެ ބަދަލުހިފުމުގެ ގޮތުން އީރާނުން ދަނީ އިސްރާއީލަށާއި، އުރުދުން، އިރާގު އަދި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ހުރި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދެމުންނެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދުބާއީ އެއާޕޯޓް ކައިރި އަށް ޑްރޯން ހަމަލާއެއް އަމާޒުވެ އަލިފާން ރޯވުމުން އެއާޕޯޓް ހުއްޓުމަކަށްދުނިޔެ | ގަޑިއިރެއް ކުރިންދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ޢީދުގައި ބައިވެރިކުރުމަށް 40،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | 17 ގަޑިއިރު ކުރިންއެމެރިކާ އަށް ސްވިޒަލެންޑު ވައިގެ ސަރަހައްދު މަނާކޮށް އަސްކަރީ ދެ ބޯޓު އަނބުރާ ފޮނުވާލައިފިދުނިޔެ | 18 ގަޑިއިރު ކުރިންތެލުގެ އަގު އުފުލުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ޓްރަމްޕް މާބޮޑު ސަމާލުކަމެއްނެތްދުނިޔެ | ދުވަހެއް ކުރިން