logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ ނޯތު ހާބަރުން ނަގާ ފީތައް ބޮޑުކުރަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއް: އެމްޕީއެލް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 02:32
ނޯތު ހާބަރު، ފޮޓޯ: އެމްޕީއެލް
ނޯތު ހާބަރު، ފޮޓޯ: އެމްޕީއެލް

މާލޭ ނޯތު ހާބަރުން ނަގާ ފީތައް ބޮޑުކުރުމަށް ސަރުކާރާ އެކު އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ވިދާޅުވެއްޖެއެވެ.

އެ ކުންފުނިން މިހެން ވިދާޅުވީ ނޯތު ހާބަރުގެ ފީތައް ބޮޑުކުރަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައާއި ބައެއް ފަރާތްތަކުން ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްޕީއެލުން ނެރުނު ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި ފީ ބޮޑުކުރާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް، ޙަޤީޤަތާ ޚިލާފު ވާހަކަތަކެކެވެ.

އެ ކުންފުނިން އިތުރަށް ވިދާޅުވީ ހާބަރުގެ ޚިދުމަތްތައް ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

މިގޮތުން، ނޯތު ހާބަރުގެ 'އޭ ޒޯން' ބޭނުންކުރާ އުޅަނދުފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތް ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ދަނީ ކުރަމުންނެވެ. މިއީ އެ ސަރަޙައްދު ބޭނުންކުރާ އުޅަނދުފަހަރަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މީގެ އިތުރުން، މުދާ އުފުލާ ބޯޓުފަހަރު ކިއުގައި މަޑުކުރަންޖެހޭ ވަގުތު ކުޑަކުރުމަށްޓަކައި، އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް މި މަހުގެ 14 އިން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށްވެސް އެމްޕީއެލުން ވިދާޅުވިއެވެ. މި ބަދަލާއެކު ބޯޓުފަހަރަށް މުދާ ބޭލުމާއި ބަރުކުރުމުގެ ކަންކަން އަވަސްވެގެންދާނެ ކަމަށް ބެލެވެއެވެ.

މަސްވެރި އުޅަނދުތަކާ ގުޅޭގޮތުން އެމްޕީއެލުން ވިދާޅުވީ، "މަސްވެރި އުޅަނދުތަކަށް ޚާއްސަ ޒޯންތަކުން މިހާރުވެސް އެއްވެސް ފީއެއް ނުނަގާނެ" ކަމަށެވެ. ނަމަވެސް އެ ސަރަޙައްދު ބޭނުންކުރެވޭނީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި ކަމަށް އެ ކުންފުނިން ވަނީ ހަނދާންކޮށްދީފައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ނޯތު ހާބަރުން ނަގާ ފީތައް ބޮޑުކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް: އެމްޕީއެލްޚަބަރު | 2 ގަޑިއިރު ކުރިންނޯތު ހާބަރުގައި އުޅަނދުތަކަށް ޖާގަ ދިނުމުގެ އުސޫލަށް ބަދަލުތަކެއްޚަބަރު | 5 ދުވަސް ކުރިން އެމްޕީއެލް އިން މިމަހުގެ މިހާތަނަށް 38،000 އަށްވުރެ ގިނަ ކޮންޓެއިނަރ ކްލިއަރކޮށްފިވިޔަފާރި | 6 ދުވަސް ކުރިންހަފްތާއެއް ތެރޭ 29,321.9 ފްރައިޓް ޓަނުގެ މުދާ އެމްޕީއެލްއިން ކްލިއަރކޮށްފިވިޔަފާރި | 19 ދުވަސް ކުރިން