logo
Bank of Maldives

Bank of Maldives

ޚަބަރު

ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަށް ސޮއިކޮށްފި

މުޙައްމަދު އަފްރާޙް
16 މާރިޗު 2026 - 09:04
ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްޤީކުރުމަށް ސޮއިކޮށްފި

ޒަމާނީ ޔޮޓް މެރީނާއެއް ހއ. އުލިގަމުގައި ތަރައްޤީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ސަސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓަޑްއާ ހަވާލުކޮށް، އެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެމް.ޕީ.އެލްގެ ހެޑް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި އެމް.ޕީ.އެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޗީފް އެގްޒެކުޓިވް އޮފިސަރ އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަވާދެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސަސް އީ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ދަށުން 18 ޔޮޓަށް އެއް ފަހަރާ ބަނދަރުކުރެވޭ މެރީނާއެއް ތަރައްޤީކުރެވޭނެއެވެ. މި މެރީނާއިން ޔޮޓް ފަހަރަށް ބޭނުންވާ މައިގަނޑު ޚިދުމަތްތައް ލިބިގެންދާނެއެވެ. އަދި މީގެ އިތުރުން އިމިގްރޭޝަނާއި ކަސްޓަމްސްގެ ޚިދުމަތްވެސް މި މެރީނާއިން އިން ފޯރުކޮށްދޭނެއެވެ.

އެމް.ޕީ.އެލް އިން ދަނީ ޔޮޓް މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްޤީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ.

އުލިގަމަކީ ރާއްޖޭން ބޭރުން އަންނަ ޔޮޓުތައް އާންމުކޮށް ބަނދަރުކުރާ މަންޒިލެކެވެ. އުލިގަމަށް ޚާއްސަ އިޤްތިސާދީ މަސައްކަތެއްގެ ގޮތުގައި، ޔޮޓް މެރީނާއެއް ތަރައްޤީކޮށް މި ޚިދުމަތް ފުޅާކޮށް، އިޤްތިސާދީ ނަފާ ހޯދުމަކީ އަދުގެ ސަރުކާރުގެ އަމާޒެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެމްޕީއެލްގެ ބޯޑަށް މުޙައްމަދު ލަމްޢާން އައްޔަންކޮށްފިޚަބަރު | 5 ގަޑިއިރު ކުރިންއަހަރުގެ މިހާތަނަށް ރާއްޖެއަށް 745،706 ފަތުރުވެރިން ޒިޔާރަތްކޮށްފިޚަބަރު | 9 ދުވަސް ކުރިންއެމްޕީއެލްގެ އެމްޑީއަކަށް ހުސައިން ޝަފީގް އައްޔަންކޮށްފިޚަބަރު | 9 ދުވަސް ކުރިންހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރުމަށްޓަކާ އެމްޕިއެލްގެ އިދާރީ މުވައްޒަފުންގެ ގަޑި ކުރުކޮށްފިޚަބަރު | 22 ދުވަސް ކުރިން