logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ޚަބަރު

އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
16 މާރިޗު 2026 - 20:44
އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެ

މިދިޔަ މަހުގެ ފަހުކޮޅުން ފެށިގެން އީރާނުން ދެމުންދާ މިސައިލާއި ޑްރޯން ހަމަލާތަކުގައި މަދުވެގެން 3,369 މީހުން ޒަޚަމްވެފައިވާ ކަމަށް އިޒްރޭލުގެ ހެލްތު މިނިސްޓްރީން ހޯމަ ދުވަހު ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އީރާނުން ދިން ހަމަލާތަކުގައި 142 މީހުން ޒަޚަމްވެގެން ހޮސްޕިޓަލްތަކަށް ގެންގޮސްފައިވާ ކަމަށެވެ. މީގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން، މިހާރުވެސް 81 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު، އޭގެ ތެރެއިން ހަތް މީހެއްގެ ހާލު ވަރަށް ނާޒުކު ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.

ތެލް އަވީވް ޔުނިވަރސިޓީގެ އިންސްޓިޓިއުޓް ފޯ ނޭޝަނަލް ސެކިއުރިޓީ ސްޓަޑީޒްގެ ތަފާސްހިސާބުތަކަށް ބަލާއިރު، އީރާނާއެކު މިހާރު ހިނގަމުންދާ ހަނގުރާމަ ފެށުނީއްސުރެ އިޒްރޭލުގެ 14 މީހަކު ވަނީ މަރުވެފައެވެ.

ހަނގުރާމައިގައި ލިބޭ އިންސާނީ އަދި މާއްދީ ގެއްލުންތަކުގެ މައުލޫމާތާއި ވީޑިއޯތައް އާންމުކުރުމުގައި އިޒްރޭލުން ހަރުކަށި ފިޔަވަޅުތަކެއް އަޅާފައިވާތީ، ހަގީގީ މަރުގެ އަދަދު މިހާރު އިއުލާނުކޮށްފައިވާ އަދަދަށްވުރެ މާ މަތިވުން އެކަށީގެންވާ ކަމަށް ބެލެވެއެވެ.

މި ތަފާސްހިސާބުތައް އާންމުކޮށްފައިވަނީ ފެބްރުއަރީ 28 އިން ފެށިގެން އިޒްރޭލުން އީރާނަށް ދެމުންދާ ހަމަލާތަކުގައި ގާތްގަނޑަކަށް 1,300 އެއްހާ މީހުން މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މަރުވި މީހުންގެ ތެރޭގައި އޭރުގެ ރޫހާނީ ލީޑަރު އަލީ ޚާމަނާއީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ބުނެފައިވެއެވެ.

އިޒްރޭލުގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ތެހެރާނުން ވަނީ އިޒްރޭލުގެ އިތުރުން އުރުދުން، އިރާގު އަދި ގަލްފުގެ ގައުމުތަކަށް އަމާޒުކޮށް ޑްރޯން އަދި މިސައިލް ހަމަލާތައް ދީފައެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަލާތަކަކީ އެ ސަރަހައްދުތަކުގައި ހުރި "އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް" އަމާޒުކޮށް ދީފައިވާ ހަމަލާތަކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެޚަބަރު | ގަޑިއިރެއް ކުރިންނޭޓޯއާއި ގަލްފު ގައުމުތަކުން ހަނގުރާމާގައި ބައިވެރިވެދިނުމަށް އެދި ޓްރަމްޕް އާދޭސްކުރަނީދުނިޔެ | 10 ގަޑިއިރު ކުރިންއޮސްކާ އެވޯޑް ހަފުލާގައި ސްޕެއިންގެ މަޝްހޫރު ފަންނާނު ހަވިއޭ ބާޑެމް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައިފިދުނިޔެ | 11 ގަޑިއިރު ކުރިންއީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ރޭވި ގޮތަށް ކުރިއަކަށް ނުދޭ: އިސްރާއީލްޚަބަރު | 12 ގަޑިއިރު ކުރިން