logo
އަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްBank of Maldives

Bank of Maldives

ދުނިޔެ

37 އަހަރު ފަހުން ނައިޖީރިއާގެ ވެރިއަކު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއް ފަށްޓަވައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މާރިޗު 2026 - 11:17
ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫ
ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫ

ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫ އިނގިރޭސިވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅު މި ހަފުތާގައި ފަށްޓަވައިފިއެވެ.

މިއީ 1989 ވަނަ އަހަރުގެ ފަހުން ނައިޖީރިއާގެ ދައުލަތުގެ ވެރިއަކު އިނގިރޭސިވިލާތަށް ކުރައްވާ މިފަދަ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ދަތުރުފުޅުގައި ނައިޖީރިއާގެ ރައީސް ބޯލާ ޓިނޫބޫއާއި އެ ޤައުމުގެ ފަސްޓް ލޭޑީ އޮލުރެމީ ޓިނޫބޫއަށް ވިންޑްސަރ ކާސަލްއިން މަރުހަބާ ވިދާޅުވާނީ އިނގިރޭސިވިލާތުގެ ރަސްގެފާނު ޗާލްސް ތިންވަނައާއި ރާނީ ކެމީލާއެވެ. ބުދަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި އިސްތިقبالަކީ ދެ ޤައުމުގެ ގުޅުމުގައި ތާރީޚީ މުހިންމުކަމެއް އެކުލެވިގެންވާ ކަމެކެވެ.

ނައިޖީރިއާގެ ވެރިއަކު އެންމެ ފަހުން އިނގިރޭސިވިލާތަށް މިފަދަ ޝަރަފުވެރި ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ މީގެ 37 އަހަރު ކުރިން 1989 ވަނަ އަހަރުއެވެ. އެއީ އޭރުގެ އަސްކަރީ ވެރިޔާ އިބްރާހީމް ބަބަންގީދާ، ރާނީ އެލިޒަބަތު ދެވަނައާ ބައްދަލުކުރެއްވި ދަތުރުފުޅެވެ. ނައިޖީރިއާގެ އިންޓެލިޖެންސް ކޮންސަލްޓެންސީއެއް ކަމަށްވާ އެސް.ބީ.އެމް އިންޓެލިޖެންސްގެ އޮފިޝަލެއް ކަމަށްވާ އިކޭނާ އޮކޮންކްވޯ ފާހަގަކުރެއްވި ގޮތުގައި، 1999 ވަނަ އަހަރު ނައިޖީރިއާއަށް ޑިމޮކްރަސީ އައިފަހުން، ރައްޔިތުން އިންތިޚާބުކޮށްފައިވާ ވެރިއަކަށް އިނގިރޭސި ޝާހީ އާއިލާއިން މިފަދަ މަތިވެރި ޝަރަފެއް ދެއްވާ މިއީ ފުރަތަމަ ފަހަރެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައިވާ އިޤްތިޞާދީ އަދި ސިޔާސީ ގުޅުންތައް އިތުރަށް ވަރުގަދަކުރުމެވެ. އެފްރިކާ ބައްރުގައި އިނގިރޭސިވިލާތުގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި އޮތް ނައިޖީރިއާއާއެކު ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް ވަނީ 8 ބިލިއަން ޕައުންޑަށްވުރެ (10.6 ބިލިއަން ޑޮލަރަށްވުރެ) މައްޗަށް ގޮސްފައެވެ. މީގެ އިތުރުން، 2024 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމުގެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކޮށްފައެވެ.

ކަން މިހެން އޮތް ނަމަވެސް، އިނގިރޭސިވިލާތުގައި ދިރިއުޅޭ ނައިޖީރިއާގެ ބައެއް ރައްޔިތުންގެ މެދުގައި މި ދަތުރުފުޅާ މެދު ވަނީ ޚިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. ލަންޑަނުގައި ވިޔަފާރިކުރާ މޮނިކާ ނަމަކަށް ކިޔާ މީހަކު އަލްޖަޒީރާއަށް ބުނި ގޮތުގައި، ރައީސް ޓިނޫބޫ މިފަދަ ދަތުރުފުޅުތައް ކުރެއްވުމުގެ ބަދަލުގައި، ނައިޖީރިއާގެ އެތެރޭގައި ހުރި އިޤްތިޞާދީ ބޮޑެތި މައްސަލަތަކާއި ހަމަނުޖެހުންތައް ހައްލުކުރުމަށް އިސްކަންދެއްވަން ޖެހެއެވެ.

މި ދަތުރުފުޅަކީ އިނގިރޭސިވިލާތާއި ނައިޖީރިއާގެ ޒަމާންވީ ގުޅުން އައު ހަރުފަތަކަށް ގެންދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ސިޔާސީ މުޙައްލިލުން ދެކެވަޑައިގަންނަވައެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

37 އަހަރު ފަހުން ނައިޖީރިއާގެ ވެރިއަކު އިނގިރޭސިވިލާތަށް ރަސްމީ ދަތުރުފުޅެއްދުނިޔެ | ގަޑިއިރެއް ކުރިންއީރާނުގެ ހަމަލާތަކުގައި އިޒްރޭލުގެ 3,369 މީހަކު ޒަޚަމްވެއްޖެޚަބަރު | 16 ގަޑިއިރު ކުރިންނޭޓޯއާއި ގަލްފު ގައުމުތަކުން ހަނގުރާމާގައި ބައިވެރިވެދިނުމަށް އެދި ޓްރަމްޕް އާދޭސްކުރަނީދުނިޔެ | ދުވަހެއް ކުރިންއޮސްކާ އެވޯޑް ހަފުލާގައި ސްޕެއިންގެ މަޝްހޫރު ފަންނާނު ހަވިއޭ ބާޑެމް ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލައިފިދުނިޔެ | ދުވަހެއް ކުރިން