logo
Bank of Maldives

Bank of Maldives

ޚަބަރު

ވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

މުޙައްމަދު އަފްރާޙް
18 މާރިޗު 2026 - 17:56
ވޯޓަރސް ލިސްޓުގައި ސޮއިކުރުން މެދުކަނޑާލައިފި

އަންނަމަހު ބާއްވާ ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމެޓީތަކުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ފައިނަލް ރަޖިސްޓަރީގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ފައިނަލް ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް މެދުކަނޑާލީ އިންތިޚާބާބޭހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނުގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާތީކަމަށެވެ. ވޯޓަރސް ލިސްޓުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ތާރީޚެއް ފަހުން އަންގާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލެވޭ މީހުންގެ ލިސްޓުގައި ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަން ހުޅުވާލީ މިމަހުގެ 17 ވަނަ ދުވަހުއެވެ. އަދި 19 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އެޕްރީލް މަހުގެ 4 ވަނަ ދުވަހު 3 ވޯޓެއް ނަގާނެއެވެ. އެއީ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އަދި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެވެ. ވޯޓާސް ލިސްޓުގައި ކެންޑިޑޭޓުން ސޮއިކުރަން ހަމަޖެހިފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ އިންތިޚާބާ ބެހޭ މަރުކަޒުގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ޝަކީލް އައްޔަންކުރައްވައިފިޚަބަރު | 4 ގަޑިއިރު ކުރިންއީސީގެ މެންބަރުކަމަށް ޝަކީލް އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފިޚަބަރު | ދުވަހެއް ކުރިންދ. މީދޫ ކައުންސިލް ރައީސް ހޮވުމަށް ބޭއްވި އިންތިހާބު ޕީއެންސީ އިން ކާމިޔާބުކޮށްފިޚަބަރު | 11 ދުވަސް ކުރިންދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބާއްވާ އިންތިޚާބުގެ ވޯޓުލުން ފަށައިފިޚަބަރު | 11 ދުވަސް ކުރިން